އާރިފާ އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
އާރިފާ އިބްރާހީމް

އާރިފާ އިބްރާހީމް އަކީ ވަރަށް ފާހަގަ ކުރެވޭ ޚިދުމަތް ތެރި ހުނަރުވެރި އެކެވެ. ގ. ޑޮލްފިން ހައުސް އަކީ ދިވެހި ފިލްމީ ތަރި އެކެވެ. ޑައިރެކްޓަރެކެވެ. އަދި ޕްރޮޑިއުސަރެއްގެ އިތުރުން ވާހަކަ ލިޔެ، ސްކްރީން ޕްލޭ ތައްޔާރުކޮށް ހައްދަވާ ފަރާތެއް ވެސް މެއެވެ. އާރިފާ އިބްރާހީމް ގެ މަންމައަކީ މަރުހޫމާ ފާތުމާ ފުޅު އެވެ. ބައްޕައަކީ މަރުހޫމް ސޮއި އިބްރާހީމް ފުޅު އެވެ. އުމުރުން 14 އަހަރު ޒަވާޖީ ޙަޔާތެއް ފެއްޓެވި އާރިފާ އިބްރާހީމް ގެ 5 އަންހެން ދަރިންނާއި، 1 ފިރިހެން ދަރިއަކު ހުރެއެވެ. އާރިފާ އިބްރާހީމް ބުނާގޮތުން އޭނާ އެންމެ ކިޔަވާހިތުން ކިޔެވީ ހިސާބު އެވެ. އަތުގައި އޮތީ ހަމައެކަނި ކާތިބާ ކަމުގެ ސަނަދު އެވެ.


ޚާއްޞަ ހުނަރު[އުނިއިތުރު ގެންނަވާ]

އާރިފާ އިބްރާހީމް އަކީ ވަރަށް މޮޅަށް ސްޓެންސިލް އިން ލިޔުއްވާ ފަރާތެކެވެ. އާރިފާ އިބްރާހީމް ބުނާގޮތުން އޭނާ މިމަސައްކަތް ދަސްކުރީ އެކަމަށް ހުރި ޝައުގެއްގެ ބޮޑު ކަމުންނެވެ. އާރިފާ އިބްރާހީމް ވަނީ ސްޓެންސިލް ލިޔުމުގެ މަސައްކަތުގައި 16 އަހަރު ހޭދަކޮށްފައެވެ. ސަރުކާރުގެ ވަރަށް ގިނަ ސެޓްފިކެޓްތައް ކޮމްޕިއުޓަރު ޢާންމުވުމުގެ ކުރިން ލިޔުއްވި އެވެ. އަދި ބައެއް ފޮތްތަކުގައި ވެސް އާރިފާގެ އަތު ލިޔުން ހިމެނެއެވެ. މިގޮތުން ސައިފް ރަސްގެފާނު ވާހަކަ ފޮތަކީ އާރިފާގެ އަތު ލިޔުން ފެނިގެނިގެންދާނެ ފޮތެކެވެ.

ސަރުކާރު ވަޒީފާ[އުނިއިތުރު ގެންނަވާ]

އާރިފާ އިބްރާހީމް އަށް އެންމެ ފުރަތަމަ ވަޒީފާ ދެއްވީ މަރުހޫމް ސައިކުރާ ޅަހުއްތު އެވެ. އާރިފާ ވަނީ 3 ފަހަރު މަތިން 21 އަހަރު ދުވަހުގެ މުއްދަތަށް ސަރުކާރަށް ޚިދުމަތް ކޮށްފައެވެ. އަދާކުރެއްވި ބައެއް ވަޒީފާތައް ތިރީގައި މިވަނީ އެވެ.

  • ކާތިބާކަން: މާލޭ މުނިސިޕަލްޓީ
  • ކާތިބާކަން: ލޭންޑް ރެޖިސްޓްރޭޝަން ޑިވިޒަން
  • ސެކެޓްރީ: ގަލޮޅު އަންހެނުގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ ( 18 އަހަރު ވަންދެން ހިލޭ ސާބަހަށް )
  • ޓީވީ މޯލްޑީވްސް ބަޖެޓް ސެކްޝަން ގައި


އެކްޓްކުރަން ފެށުން[އުނިއިތުރު ގެންނަވާ]

އާރިފާ އިބްރާހީމް އެކްޓާއި މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ނިކުތީ 1987 ވަނަ އަހަރު ގަލޮޅުގެ ފަރާތުން އޮލިމްޕަހުގައި ބޭއްވި ފެހި ވިދުވަރު ސްޓޭޖް ޝޯ އިންނެވެ. އާރިފާ އިބްރާހީމް ވަނީ މިހާތަނަށް 36 ފިލްމް ގައި އެކްޓްކޮށް، 12 ޓީވީ ޑްރާމާ އަދި 16 ސިލްސިލާ ޑްރާމާ ކުޅެ. 3 ފީޗަރ ފިލްމް ޑައިރެކްޓްކޮށް، އަދި 4 ޓީވީ ސިލްސިލާ ޑްރާމާ ޑައިރެކްޓް ކޮށްފައެވެ.

ޑައިރެކްޓްކުރި ޑްރާމާތައް[އުނިއިތުރު ގެންނަވާ]

  • ވައިސޫރި
  • ވައިރޯޅިއަށް ވެސް ސިއްރުން
  • ވަގުތު ފާއިތު ނުވަނީސް
  • ވަފާތެރި ނުވެވުނަސް
  • ވިމްލާ

ޑައިރެކްޓްކުރި ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ދައުވާ
  • ސާހިބާ

އެކްޓްކުރި ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ފަތިސް ހަނދުވަރު - 1995
  • ސާހިބާ
  • ދައުވާ
  • ދުޝްމަން - 1993
  • ދެރިޔާ - 1994
  • ނަމޫނާ - 2000
  • ކަރުނަވީ ބޭވަފާ - 2009
  • މާފެއްނެތް - 2010


ދާދިފަހުން އާރިފާ ވަނީ އެންއައިޑިއާ ނަމުގައި ފިލްމް ކުންފުންޏެއް އުފައްދާފައެވެ. މިކުންފުނިން ހަދާ ފުރަތަމަ ޑްރާމާ އަކީ ވަފާތެރި ނުވެވުނަސް އެވެ.

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]