މަރިޔަމް ނިޝާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
މަރިޔަމް ނިޝާ

މަރިޔަމް ނިޝާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ނިޝާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

މަރިޔަމް ނިޝާ ވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. އަދި 3 ކުދިން ލިބިފައި ވެއެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

މަރިޔަމް ނިޝާ ފިލްމީ ދާއިރާ އަށް ނިކުތީ ވީޑިއޯ ލަވަ ގެންދަންޏާ ގެންދަންވާށޭ، މިވީޑިއޯ ލަވައިންނެވެ. ކުރިން ދިވެހި ޓީވީ އިން ރޯދަމަހު ދެއްކި ލަވަ ޕްރޮގްރާމް މަހުރަބު ގައި ބައިވެރިވެ، މަލިކު މުޙައްމަދު އާއެކު ނިޝާ އެކްޓް ކުރި މިލަވަ އެޕްރޮގްރާމްގެ 1 ވަނަ ލަވަޔަށް ވެސް ހޮވުނެވެ. ފިލްމީ ދާއިރާ އަށް ނިޝާ އަށް ނިކުމެވުނީ މިގޮތުގެ މަތީންނެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

މަރިޔަމް ނިޝާ ވަނީ ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައެވެ. މިގޮތުން ނިޝާ ކުޅެފައިވާ އެންމެ ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި ޙައްޤު، ލޯބީގަ އަނިޔާ، ފަހުނޭވާ، ހިމޭން ދުނިޔެ، ނާއުއްމީދު، ލޯބި ނުވެވުނުނަމަ، ސަނދުރަވިރޭ އަދި ޒުލޭޚާ ފަދަ ފިލްމުތައް ހިމެނެއެވެ. ޑްރާމާތަކުގެ ތެރެއިން އުންމީދު އަދި ރޭޝަމް ޚާއްސަ ގޮތެއްގައި ފާހަގަކޮށްލެވެއެވެ.

ދިގު ފިލްމުތައް[އުނިއިތުރު ގެންނަވާ]

  • ނަތީޖާ (1994) ------------------- ރިލީޒް ނުކުރޭ
  • ދެހިތެއްގެ ލޯބި (1995) - ހަނާ ޝަރީފް
  • ބިރު (1995) - ޒީނިޔާ
  • މަސްތު (1995)
  • ދުޝްމަން (1995) - ނިޝާ
  • ޙައްޤު (1996) - ލަމްހާ
  • ލޯބީގަ އަނިޔާ (1997) - ސޮފާ
  • ހިތް ޝައްކު (1997) - ރީމާ --------------- ރިލީޒް ނުކުރޭ
  • އަނިޔާ (1997) ------------------------ ރިލީޒް ނުކުރޭ
  • ފަހުނޭވާ (1998) - ފަޒީލާ
  • އޮޅުނުވި ހިތް (1998) - ޝީބާ
  • މިލަ ހަނދުވަރު (1998) - މަރިޔަމް
  • ވިރާޝާ (1999) - ނިޝާ ("ވަނީ ހާސް ނޭވާ" ލަވައިގައި)
  • ޤުރުބާނީ (1999) - މަރިޔަމް ނިޝާ
  • ހިމޭން ދުނިޔެ (2000) - ސޮފީ
  • ޝާލިނީ (2000) - ޝާލިނީ
  • މަޖުބޫރު ލޯބި (2000) - ޝިފްނާ
  • ހިތި ނިމުން (2001) - ނާޒިމާ
  • ނާއުއްމީދު (2001) - ޒޭނާ
  • ލޯބި ނުވެވުނުނަމަ (2002) - ލަހުފާ
  • ސަނދުރަވިރޭ (2002) - ޔާޝާ / ޝަފްޤާ
  • ގިނިހިލަ (2003) - ސަޖުނާ
  • އެދިއެދި ހޯދީމޭ (2003) - މީރާ
  • ސަނދުރަވިރޭ 2 (2004) - ޔާޝާ / ޝަފްޤާ
  • އޭނާ (2004) - އާނީ
  • ޒުލޭޚާ (2005) - ޒުލޭޚާ
  • ބާރައިގެ ފަސް (2009) - އަފީފާ
  • ލޫދިފާ (2011) - ޝާއިރާ
  • 14 ވިލޭރޭ (2011) - ސައީދާ

ކުޅެފައިވާ ކުރު ފިލްމުތައް[އުނިއިތުރު ގެންނަވާ]

  • ކޭމާޓް (2004) - ސަންޕާ
  • ނޯ މަނީ ފުލް ބެގީ (2008) - ޚާއްސަ ފެނިލުމެއްގައި ("ކަތިލީ ރީތި ނަޒަރެކޭ" ލަވައިގައި)

ކުޅެފައިވާ ޑްރާމާތައް[އުނިއިތުރު ގެންނަވާ]

  • މަންޒިލް (1994) - ނާޒިމާ
  • ދިރިއުޅުމަކީ މިއީބާ؟ (1995) - އައިންތު (އެޕިސޯޑް: "މޯންޑޭ")
  • ދިރިއުޅުމަކީ މިއީބާ؟ (1996) - އައިސްތު (އެޕިސޯޑް: "ޗެކް ވަން")
  • އުންމީދު (1997) - ނިއުޝާ
  • ކުޅޭބޭބެ (1998)
  • ޢައިޝާ (1998-1999) - ނީނާ
  • މާފްކުރާށޭ (1999)
  • ރޭޝަމް (2000) - ޒުލްފާ / ރޭޝަމް
  • ހިނިތުންވެލާށޭ ކަލާ (2006-2008) - ޒުބޭދާ

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]