މަރިޔަމް ނާޒިމާ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މަރިޔަމް ނާޒިމާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ނިއުމާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

މަރިޔަމް ނާޒިމާ ތަފާތު ފިލްމްތަކުގައި ހަރަކާތްތެރިވެފައިވޭ

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

މަރިޔަމް ނާޒިމާ އަކީ ދިވެހި ރާއްޖޭގެ ވެރިރަށް މާލެއަށް އުފަން ފިލްމީ ތަރިއެކެވެ. މ.ސަލްޖަމްގެ އާއިލާ އަކަށް ނިސްބަތްވާ ނާޒިމާ ފިލްމް ކުޅެން ފެށުމުގެ ކުރިން މީހަކާ އިދެފައިވާ ކަމަށް ބުނެއެވެ. ނަމަވެސް މިކަމުގެ މާބޮޑު ތެދު ޙަގީގަތެއް ނޭގެއެވެ. މިހާރު ނާޒިމާ ކައިވެނި ކޮށްގެން އުޅެނީ ކުރިން ވީޑިއޯ ލަވަތަކުންނާއި މަދު ފިލްމް ތަކުން ފެނިފައިވާ ދިވެހި ޓީވީގެ މުއައްޒަފެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފައިވާ ޝުޖާއު އާއެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

މަރިޔަމް ނާޒިމާ ކެމެރާ ކުރިމައްޗަށް ނެރުނީ 1996ވަނަ އަހަރު ޓެޑްރީ މުހަންމަދު ނިޔާޒުއެވެ. ޖޭޒް ގާޑުން ކިޔާ ރެސްޓޯރެންޓެއްގެ އިޝްތިހާރު ނާޒިމާ ކުޅުނީ އޭރުގެ ފިރިމީހާ އާއިއެކުގައެވެ. މަރިޔަމް ނާޒިމާ ފިލްމީ ދާއިރާ އަށް ނިކުމެފައިވަނީ ކޮރޯނާ އާޓްސް އިން އަބްދުﷲ ޝުޖާއު ޑައިރެކްޓްކުރި ވީޑިއޯ ލަވަ ފެންނާތީ ބަލަންޏާ ލޯބިން ހީލާނަމޭ ހިތުގައިވޭ އިންނެވެ. މިލަވައިގައި ނާޒިމާ އާއެކު ހަރަކާތްތެރިވެފައިވަނީ ވީޑިއޯ ލަވަތަކުން ފެންނަ މަޝްހޫރު ބޮޑީ ބިލްޑަރ ދޮންޖޭމް ޢަބުދުﷲ އެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

މަރިޔަމް ނާޒިމާ

މަރިޔަމް ނާޒިމާ ވަނީ ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައެވެ. މިގޮތުން ނާޒިމާ ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ދޮން އަންނާރު ރަޝީދުގެ އެކަނިވެރިޔާނުވަތަ ހިތު ވިންދު، 2004 ވަނަ އަހަރު ނިކުތް އިމޭޖް ވިލެޖްގެ ސާހިބާ، އަދި 2005 ވަނަ އަހަރު ނިކުތް މާޕާގެ ލޯބި ނުވެވުނު ނަމަ ފަދަ ފިލްމްތައް ހިމެނެއެވެ. މީގެ އިތުރުން ބައެއް ޓީވީ ޑްރާމާތަކާއި ލަވަތަކުގައި ވެސް ނާޒިމާ އެކްޓްކޮށްފައި ވެއެވެ. މީގެ ިއތުރުން އަރާ މަގު ދޮން ކަމަނަ

އޯޑިއޯ އަދި ވީޑިއޯ ލަވަ އަލްބަމް ޕްރޮޑިއުސް ކުރުމަކީ ވެސް ނާޒިމާ ކުރާ މަސައްކަތެކެވެ. އެގޮތުން ފެނިލިޔަސްގެ ނަމުގައި ނެރުނު އޯޑިއޯ އަދި ވީޑިއޯ އަލްބަމް ފާހަގަ ކޮށްލެވެއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

މަރިޔަމް ނާޒިމާ އަށް ފިލްމީ ދާއިރާގައި ފާހަގަ ކުރެވޭ ފަދަ އެވޯޑެއް އަދި ލިބިފައެއް ނުވެއެވެ.

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]