ފާތިމަތު ނަހުލާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފާތިމަތު ނަހުލާ

ފާތިމަތު ނަހުލާ އަކީ ކުޅަދާނަ ވާހަކަ ލިޔުންތެރި އެކެވެ. އަދި މޮޅު ފިލްމް ޑައިރެކްޓަރެއް ވެސް މެއެވެ. ހަމަ މިހެން ފިލްމް ޕްރޮޑިއުސަރެއް ވެސް މެއެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ފާތިމަތު ނަހުލާ އަކީ ކުރިން ޖަމާލުއްދީން ސުކޫލްގެ ޓީޗަރެއްގެ ވަޒީފާ އަދާކުރި މީހެކެވެ. ފަހުން ވާހަކަ ލިޔަން ފެށިއެވެ. އަދި ފިލްމް ޑައިރެކްޓް ކުރަން ފެށިއެވެ. ޒަވާޖީ ހަޔާތެއް ފަށައި ދެކުދިން ލިބިފައިވާ ނަހުލާގެ މިމަސައްކަތަށް އޭނާގެ އާއިލާ އާއި ފިރިމީހާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭކަމަށް މިއަދު ކްރިސްޓަލް އެވޯޑް ދިނުމަށް ބޭއްވި ހަފްލާގައި ނަހުލާގައި ބުނެފައި ވެއެވެ.

ވާހަކަ ލިޔުމާއި ފިލްމު އުފެއްދުން[އުނިއިތުރު ގެންނަވާ]

ފުރަތަމަ ލިޔުނު ދިގު ވާހަކަ އަކީ ލައިލާ އެވެ. ފާތިމަތު ނަހުލާ ފުރަތަމަ ޑައިރެކްޓް ކުރި ފިލްމަކީ ވެސް ކްރޯނާ އާޓްސް އިން ޕްރޮޑިއުސްކުރި ލައިލާ އެވެ. އެއަށްފަހު މިހާތަނަށް 7 ފިލްމް ޑައިރެކްޓް ކޮށްފައި ވެއެވެ. އޭގެތެެރެއިން އެންމެ ކާމިޔާބު ފިލްމަކީ ޒުލޭޚާ އެވެ. މިފިލްމް ވަނީ މިއަދު ކްރިސްޓަލް އެވޯޑް 2007ގައި 8 އެވޯޑް ޙާޞިލް ކޮށްފައެވެ. މިހާރު ނަހުލާ ހަދަމުން ގެންދަނީ ޔޫސުފް ކިޔާ ފިލްމެކެވެ.

ފާތިމަތު ނަހްލާގެ ފިލްމް ތަކުގައި އާންމު ގޮތެއްގައި އެއްބަޔަކު ތަކުރާރުކޮށް ބޭނުންކުރާކަން ފާހަގަ ކުރެވިފައި ވެއެވެ. މިގޮތުން ފުރަތަމަ އުފެއްދި ފިލްމް ތަކުގައި ޢައިޝަތު ޝިރާނީ، މަރިޔަމް ނިޝާ، ޙުސައިން ޞޮބާޙް، ޖަމްޝީދާ ހަރަކާތްތެރިވެފައިވާއިރު ފަހުން ނިކުތް ފިލްމް ތަކުގައި ގިނައިން ހަރަކާތްތެރި ވެފައިވަނީ ޔޫސުފް ޝަފީއު، ޝީލާ، އަދި ނިއުމާ މުޙައްމަދު ފަދަ ތަރިންނެވެ.

ފާތިމަތު ނަހުލާ ފުރަތަމަ ފިލްމީ ދާއިރާގައި ކުރި މަސައްކަތަކީ ކޮރޯނާ އާޓްސްގެ ފަރާތުން 1998 ވަނަ އަހަރު ނެރުނު ދިވެހި ފިލްމް ލައިލާ އެވެ. މިއީ ޢެސިސްޓެންޓް ޑައިރެކްޓަރެއްގެ ހައިސިއްޔަތުން ނަހުލާ ހަރަކާތްތެރި ވި ފިލްމެކެވެ. ނަހުލާގެ ފުރަތަމަ ޑައިރެކްޝަން އަކީ އޭނާ ވާހަކަ ލިޔެ ތައްޔާރުކުރި ފިލްމް ފަހުނޭވާ އެވެ. ފަހުނޭވާގެ 26 ޝޯ އޮލިމްޕަހުގައި ދެއްކި އެވެ. އޭގެ ފަހުން 2001 ވަނަ އަހަރު މާޕާގެ ނާއުއްމީދު އެވެ. ނާއުއްމީދުގެ 28 ޝޯ އޮލިމްޕަހުގައި ދެއްކިއެވެ. އޭގެ ފަހުން 2002 ވަނަ އަހަރު ނިކުތް ކަލާޔާނުލާ އެވެ. އޭގެ 30 ޝޯ ދެއްކި އެވެ. އޭގެ ފަހުން 2005 ވަނަ އަހަރު ނިކުތް ޒުލޭޚާ އެވެ. ޒުލޭޚާގެ 33 ހައުސްފުލް ޝޯ އޮލިމްޕަހުގައި ދެއްކި އެވެ. އަދި އޭގެ ފަހުނ 2008 ވަނަ އަހަރު ނިކުތް ޔޫސުފް އެވެ. ޔޫސުފްގެ ވެސް 33 ހައުސް ފުލް ޝޯ ދެއްކި އެވެ. އަދި އެތީނާ ސިނަމާގައި 16 ހައުސްފުލް ޝޯ ދެއްކި އެވެ.

ނަހުލާ ލިޔުނު ވާހަކަތަކާއި އުފެއްދި ބައެއް ފިލްމްތައް ތިރީގައި މިވަނީއެވެ.

ނަހުލާ ވާހަކަ ލިޔެ ޑައިރެކްޓްކުރި ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ލައިލާ - 1997 ------- އެސިސްޓެންޓް ޑައިރެކްޓަރ
  • ފަހުނޭވާ - 1998
  • ނާއުއްމީދު - 2001
  • ލޯބި ނުވެވުނަމަ - 2002 ------- އެސިސްޓެންޓް ޑައިރެކްޓަރ
  • ކަލާޔާނުލާ - 2003
  • ޒުލޭޚާ - 2005
  • ޔޫސުފް - 2008
  • 4426 - 2016

ނަހުލާގެ ވާހަކަ ލިޔެދީފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ފުން އަސަރު - 1996
  • ހިނިތުން - 1997
  • އެތޫފާނީ ރޭ - 1998
  • ކުށްވެރިޔާ - 1998
  • އުމުރަށް - 1999
  • މާޒީ - 2000
  • ސާހިބާ - 2000
  • ވީރާނާ - 2010
  • ހެޔޮނުވާނެ - 2010
  • މިހަށީން ފުރާނަ ދަންދެން - 2012
  • ބޮސް - 2017

ނަހުލާ ލިޔެ ޑައިރެކްޓްކުރި ޑްރާމާތައް[އުނިއިތުރު ގެންނަވާ]

  • ބަދުނާމު - 1996
  • އޮޔާދިޔަ ޙަޔާތް - 1997
  • އުންމީދު - 1997
  • ކުޅޭބޭބެ - 1998
  • އެހަނދާން - 1998
  • އެދުވަސް އެނބުރި އަންނާނެނަމަ - 2003
  • ކަލާގެ ހައްގުގައި - 2005
  • ސޫރަ - 2008
  • އަދިވެސް އެލޯތްބަށް ޤަދަރުކުރަން - 2012
  • އަދިވެސް އެލޯތްބަށް ޤަދަރުކުރަން 2 - 2013
  • ވަކިވުމުގެ ކުރިން - 2015
  • އުމުރަށް ސަލާން - 2016
  • ހުވާ - 2018-2019
  • ހުވާ 2 - 2020

ނަހުލާ ވާހަކަ ލިޔެދީފައިވާ ޑްރާމާތައް[އުނިއިތުރު ގެންނަވާ]

  • ޤުރުބާން - 1994
  • ކައްތިރި - 1997-1999[
  • ޒަޚަމް - 1999
  • ލޯބި ނުލިބުނަސް - 2004-2005
  • ބައިވެރިޔާ - 2005
  • ވިމްލާ - 2007

ނަހުލާ ލިޔެފައިވާ ވާހަކަތައް[އުނިއިތުރު ގެންނަވާ]

  • ވޭނީ އިންތިޒާރު
  • އަސަރު
  • މަންޖެ
  • ރަތްވިލާ
  • ޤުރުބާނީ
  • ހޮނުގުގުރި
  • ހިތް ދީފިން
  • ކެތްކުރީން

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ނަހުލާގެ ފިލްމް ޒުލޭޚާ އަށް ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ބެސްޓް އެކްޓަރ - މިއަދު ކްރިސްޓަލް އެވޯޑް -2007 - ޔޫސުފް ޝަފީއު - ޒުލޭޚާ
  • ބެސްޓް ޗައިލް އާޓިސްޓް - މިއަދު ކްރިސްޓަލް އެވޯޑް -2007 - މަރިޔަމް އިނާޝް - ޒުލޭޚާ
  • ބެސްޓް ސަޕޯޓިންގ އެކްޓަރ - މިއަދު ކްރިސްޓަލް އެވޯޑް -2007 - މުޙައްމަދު މަނިކު - ޒުލޭޚާ
  • ބެސްޓް ޑައިރެކްޓަރ - މިއަދު ކްރިސްޓަލް އެވޯޑް -2007 - ފާތިމަތު ނަހުލާ - ޒުލޭޚާ
  • ބެސްޓް ސްޓޯރީ - މިއަދު ކްރިސްޓަލް އެވޯޑް -2007 - ފާތިމަތު ނަހުލާ - ޒުލޭޚާ
  • ބެސްޓް ފިލްމް - މިއަދު ކްރިސްޓަލް އެވޯޑް -2007 - ޒުލޭޚާ
  • ބެސްޓް މޭކަޕް - މިއަދު ކްރިސްޓަލް އެވޯޑް -2007 - ޝަރީފާ ފަޚްރީ - ޒުލޭޚާ
  • ބެސްޓް ސިނަމަޓަގްރަފީ - މިއަދު ކްރިސްޓަލް އެވޯޑް -2007 - ޒުލޭޚާ

ނަހުލާގެ ފިލްމް ތަކުން ފިލްމީ ތަރިންނަށް ލިބުނު އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ބެސްޓް ސަޕޯޓިންގ އެކްޓްރެސް - މިއަދު ކްރިސްޓަލް އެވޯޑް - 2007 - ޢާއިޝަތު ޝިރާނީ - ކަލާޔާ ނުލާ
  • ބެސްޓް އެކްޓްރެސް - މިއަދު ކްރިސްޓަލް އެވޯޑް - 2007 - ނިއުމާ މުޙައްމަދު - ކަލާޔާ ނުލާ

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • 1998 : އާންމު ޚިދުމަތުގެ އިނާމް - ވާހަކަ ލިޔުމުގެ ރޮނގުން - ދިވެހި ސަރުކާރު
  • 2009 : ގައުމީ ޚިދުމަތުގެ އިނާމް - މުނިފޫހި ފިލުވުމުގެ ދާއިރާއިން - ދިވެހި ސަރުކާރު

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]