Jump to content

ޢަބުދުލް ފައްތާޙް

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް
ޢަބްދުލްފައްތާޙު
އުފަންވީހއ. ކެލާ، ދިވެހިރާއްޖެ
އަވަހާރަވީ30 ޑިސެންބަރު 2025
ހއ. ދިއްދޫ، ދިވެހިރާއްޖެ
ފަސްދާނުލެވިފައިވަނީދިއްދޫ ދެކުނު ސަހަރާ
ދަރިން2
ތަޢުލީމްއީޕީއެސް ސްކޫލު
އިނާމުތައްމުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2004
އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ވޭން
އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ޅަފުރާ
އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ވަދާޢު
ޖަޖުން ހޮވި އެންމެ މޮޅު ޑައިރެކްޓަރު - ހުރީމޭ އިންތިޒާރުގައި - މިއަދު ކްރިސްޓަލް އެވޯޑު - 2007

ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް (ކާނިގަސްދޮށުގެ / ހއ. ކެލާ) ކުރީގެ ފިލްމު ޑައިރެކްޓަރެކެވެ. ޕްރޮޑިއުސަރެކެވެ. އެެކްޓަރެކެވެ. ޢަބްދުލްފައްތާޙު ވަނީ ތަފާތު ފިލްމުތައް ޑައިރެކްޓްކޮށްދީފައެވެ. އަދި ތަފާތު ޑްރާމާތައް އުފައްދައިފައިވެއެވެ.

އަމިއްލަ ދިރިއުޅުން

[އުނިއިތުރު ގެންނަވާ]

ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމަކީ ހއ. ކެލާއަށް އުފަން މީހެކެވެ. ޒަވާޖީ ޙަޔާތެއް ފަށައިފައިވެއެވެ.

ފިލްމީ ދާއިރާއަށް ނުކުތުން

[އުނިއިތުރު ގެންނަވާ]

ޢަބްދުލްފައްތާޙު ފިލްމީ ދާއިރާ އަށް ނުކުތީ އީޕީއެސް ސްކޫލުގައި ތަޢުލީމު ޙާޞިލުކުރަމުން ދިޔަ ދުވަސްވަރު އެ ސްކޫލްގެ ފަރާތުން ތައްޔާރުކުރީ ޓީވީ ޑްރާމާ "ނާދިރު" އިންނެވެ. އެ ޑްރާމާ އަކީ ޢަބްދުލްފައްތާޙުގެ އެކްޓިންގ ފެނުނު ޑްރާމާއެކެވެ. އޭގައި އޭނާ ކުޅެފައިވަނީ މުއްސަނދި ބައްޕައެއްގެ ރޯލެވެ.

ޑައިރެކްޝަންގެ ދާއިރާއަށް ނުކުތުން

[އުނިއިތުރު ގެންނަވާ]

އީޕީއެސް ނިންމުމަށް ފަހު ޢަބްދުލްފައްތާޙު ވަނީ ސިފައިންގެއަށެވެ. އެއަށްފަހު ސިފައިންގެ ފަރާތުން އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ބައިވެރިކުރި ތަފާތު 3 ޑްރާމާއެއް 3 ޑައިރެކްޓްކޮށް ޖެހިޖެހިގެން 3 އަހަރު އޮފީސްތަކުގެ ޑްރާމާ މުބާރާތުގެ އެންމެ މޮޅު ޑައިރެކްޓަރުކަން ޢަބްދުލްފައްތާޙު ވަނީ ހޯދައިފައެވެ. ސިފައިންގެ ތެރޭގައި އުޅެމުން އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި ޢަބްދުލްފައްތާޙު ޑައިރެކްޓްކޮށް ބައިވެރިކުރި 3 ޑްރާމާ އަކީ ވަދާޢު، ޅަފުރާ، ވޭން، މި 3 ޑްރާމާއެވެ.

ޑައިރެކްޓަރު ޢަބްދުލްފައްތާޙު

ޑައިރެކްޓްކުރި ފިލްމްތައް

[އުނިއިތުރު ގެންނަވާ]
  • ވޭން
  • ޅަފުރާ
  • ވަދާޢު
  • ހިމޭން ދުނިޔެ - 2000
  • އާނ! އަަހަރެން ވެސް ލޯބިވީން - 2001
  • ވެހޭ ވާރޭގެ ތެރެއިން - 2002
  • އޭނާ - 2004
  • ރަންމުތް - 2004
  • ހުރީމޭ އިންތިޒާރުގާ - 2005
  • ވިރެމުންދާ ހިތްމަގޭ - 2005 - މި ފިލްމު ނުކުމެފައެއް ނުވެއެވެ.
  • ޖިންނި - 2010

ޑައިރެކްޓްކުރި ޑްރާމާތައް

[އުނިއިތުރު ގެންނަވާ]
  • އައިޝާ - 1999
  • ރޭޝަމް - 2000
  • ތިޔޭ މި ހިތުގެ ވިންދަކީ - 2004
  • ހިނިތުންވެލާށޭ ކަލާ - 2007
  • ވަމޭ ކައިރީގައި ކަލާ - 2007
  • އަހަރެންގެ ޅަ ޑެޑީ - 2007

ޕްރޮޑިއުސްކުރި ފިލްމްތައް

[އުނިއިތުރު ގެންނަވާ]
  • ވާ ލޯބި އެނގޭ ނަމަ - 2007

ލިބިފައިވާ އެވޯޑުތައް

[އުނިއިތުރު ގެންނަވާ]
  • މުނިފޫހިފިލުވުމުގެ ދާއިރާއިން؛ ފިލްމު ޑައިރެކްޓް ކުރުމުގެ ރޮނގުން، ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު - 2004
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ވޭން
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ޅަފުރާ
  • އެންމެ މޮޅު ޑައިރެކްޓަރު - އޮފީސްތަކުގެ ޑްރާމާ މުބާރާތް - ވަދާޢު
  • ޖަޖުން ހޮވި އެންމެ މޮޅު ޑައިރެކްޓަރު - ހުރީމޭ އިންތިޒާރުގައި - މިއަދު ކްރިސްޓަލް އެވޯޑު - 2007

ފިލްމީ ދާއިރާ ދޫކޮށްލުން

[އުނިއިތުރު ގެންނަވާ]

ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް ފިލްމީ ދާއިރާ ދޫކޮށްލީ 2017ވަނަ އަހަރުގައެވެ. އޭގެފަހުން އޭނާ ދިރިއުޅެމުން އައީ އުފަން ރަށް ހއ. ކެލާގައެވެ. އެގޮތުން ކެލާގައި އޭނާ ވަނީ އަމިއްލަ ރެސްޓޯރެންޓެއް ހުޅުވައި ހިންގައިފައެވެ.

ޢަބްދުލްފައްތާޙު ޢަބްދުލްޤައްޔޫމް ނިޔާވީ 2025 ޑިސެންބަރު 30ވަނަ ދުވަހުއެވެ. އޭނާ ނިޔާވީ ކެލާގައި ހުއްޓައި ހާޓްއެޓޭކެއް ޖެހިގެން ހއ. ދިއްދޫއަށް ގެނެސް ފަރުވާދެމުން ދަނިކޮށް ހއ. އަތޮޅު ހޮސްޕިޓަލުގައެވެ. ޢަބްދުލްފައްތާޙުގެ މައްޗަށް ކަށުނަމާދުކޮށްފައިވަނީ 2025 ޑިސެންބަރު 31ވީ ބުދަ ދުވަހުގެ ފަތިސް ނަމާދަށް ފަހު ހއ. ދިއްދޫ މަސްޖިދުލްޣުފްރާން (ހުކުރު މިސްކިތް) ގައެވެ. ވަޅުލައިފައިވަނީ ދިއްދޫ ދެކުނު ސަހަރާގައެވެ.