ފާތިމަތު ރަމީޒާ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފާތިމަތު ރަމީޒާ

ފާތިމަތު ރަމީޒާ އަކީ މަޝްހޫރު ދިވެހި ފިލްމީ ތަރިއެކެވެ. ވާހަކަ ލިޔުންތެރި އެކެވެ. ރަމީޒާ ވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ރަމީޒާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ފާތިމަތު ރަމީޒާގެ ފިރިމީހާ އަކީ ދިވެހި ފިލްމީ ދާއިރާގައި ނަންހިގާ ޑައިރެކްޓަރު އަހުމަދު ނިމާލް އެވެ. ރަމީޒާގެ އާއިލާގެ ހުރިހާ މެންބަރުންނަކީ މުނިފޫހި ފިލުވުމުގެ ދާއިރާގެ ފަންނާނުންނެވެ. ރަމީޒާއާއި ނިމާލަށް މިހާރު ދެކުދިން ލިބިފައި ވެއެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ފާތިމަތު ރަމީޒާ ފިލްމީ ދާއިރާއަށް ނިކުތީ މީގެ ގާތްގަނޑަކަށް 25 އަހަރު ކުރިންނެވެ. ރަމީޒާ ފުރަތަމަ ކުޅުނު ފިލްމަކީ ބޮޑު ތަކުރުފާނު ފިލްމެވެ. މިފިލްމްގައި ރަމީޒާއާއި އެކު ލީޑްރޯލް ކުޅުނީ މަޝްހޫރު އަދީބު ކަށިމާ އަހުމަދު ޝާކިރު އެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ފާތިމަތު ރަމީޒާ ވަނީ ތަފާތު އެތަކެއް ގިނަ ދިވެހި ފިލްމް ތަކެއް ކުޅެފައެވެ. ޚާއްޞަކޮށް ކުރީގެ ވަރަށް ގިނަ ފިލްމްތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. ކުޅެފައިވާ ބައެއް ފިލްމްތައް ތިރީގައި މިވަނީ އެވެ.

  • ނުފޫޒް
  • އިންކާރު
  • މަގްޞަދު
  • ޙާޞިލް
  • ސިޓީ
  • އިއްތިފާގު
  • ލޯބިވެވިދާނެ
  • އަމާނާތް
  • އުދާސް

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމް

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]