ޢައިޝަތު ޝިރާނީ

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޝިރާނީ ފިލްމީ ދާއިރާއާ މިހާރު ވަނީ އަލްވަދާޢު ކިޔާފައި

ޢައިޝަތު ޝިރާނީ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ޝިރާނީގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.ޝިރާނީއަކީ ދިވެހިން އެންމެ އިޙްތިރާމްކުރާ،އެންމެ ބަލައިގަންނަ ފިލްމީ ފަންނާނެވެ.ޝިރާނީ ފިލްމީ ދާއިރާ ދޫކޮށް ދިޔައިރު އަޚްލާގީގޮތުން އެއްވެސް ކުންޔެއްޖެހިފަޔެއް ނުވެޔެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޢައިޝަތު ޝިރާނީ އަކީ މާލެ އަށް އުފަން ފިލްމީ ތަރިއެކެވެ. ޒަވާޖީ ޙަޔާތެއް ފަށައިގެން އުޅޭ ޢައިޝަތު ޝިރާނީގެ ކުރީގެ ފިރިމީހާ އަކީ މަޝްހޫރު އަލްބަމް ޕްރޮޑިއުސް ކުރުންތެރިޔާ މުޙައްމަދު ޝިހާމް ނުވަތަ ޓާކޫރޭ އެވެ.މިހާރު ކައިވެނިކޮށްގެން އުޅެނީ ދިރާގުގެ އައިޓީ ސެކިއުރިޓީ މެނޭޖަރު،އަޙްމަދު ޝުޖާއުއާއެވެ.ފަހުން ކުރި ކައިވެންޔަށް ފިރިހެން ބޭފުޅަކު ލިބިވަޑައިގަންފައި ވެޔެވެ.

ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ޢައިޝަތު ޝިރާނީ ފިލްމީ ދާއިރާ ނިކުތީ ފިލްމީ ތަރި ގިޔާސް އާއެކު ކުޅުނު ހިތާ ރޫހުން މިވީޑިއޯ ލަވަ އިންނެވެ. އެއަށްފަހު ތަފާތު ވީޑިއޯ ލަވަތައް ކުޅެފައިވެއެވެ. ފުރަތަމަ ކުޅުނު ދިވެހި ފިލްމަކީ ނަސީބު އެވެ.

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ޢައިޝަތު ޝިރާނީ ވަނީ ތަފާތު އެތައް ފިލްމް ތަކެއްގައި ހަރަކާތްތެރި ވެފައެވެ. މިގޮތުން 14 އަށްވުރެ ގިނަ ފިލްމުގައި ހަރަކާތްތެރި ވެއެވެ. ޢައިޝަތު ޝިރާނީ ކުޅުނު ފުރަތަމަ ދިވެހި ފިލްމަކީ ނަސީބު އެވެ. ޑައިރެކްޓަރ ފާތިމަތު ނަހުލާގެ 4 ފިލްމެއް ޝިރާނީ ކުޅެދީފައި ވެއެވެ. އެފިލްމް ތަކަކީ ޞަބާޙް އާއެކު ކުޅެފައިވާ ފުން އަސަރު، އެތޫފާނީ ރޭ މޫސާ ޒަކަރިއްޔާ އެކު ކުޅުނު ލައިލާ، އަދި ޔޫސުފު ޝަފީޢު އާއެކު ކުޅެފައިވާ ކަލާޔާ ނުލާ ހިމެނެއެވެ. މީގެ އިތުރުން ޝިރާނީ ކުޅެފައިވާ އެހެން ފިލްމް ތަކުގެ ތެރޭގައި ސަބަބު،ދޮންކަމަނަ، ހީލަތް ފަދަ ފިލްމްތައް ހިމެނެއެވެ.

ފިލްމް ލިސްޓް[އުނިއިތުރު ގެންނަވާ]

  • ނަސީބު
  • ޒަޚަމް
  • ނަފުރަތު
  • ހިތްހެޔޮ ކުރާތި
  • ކުލުނު
  • ރިހުން
  • ލައިލާ
  • ފުން އަސަރު
  • އެތޫފާނީ ރޭ
  • ކަލާޔާ ނުލާ
  • ސަބަބު
  • ހީލަތް
  • ޒަލްޒަލާ
  • ނަމޫނާ

ޢައިޝަތު ޝިރާނީ ވަނީ ތަފާތު ޓީވީ ޑްރާމާ ސިލްސިލާތަކުން ވެސް ފެނިފައެވެ. އަދި ވީޑިއޯ ލަވަތަކުން ވެސް ފެނިފައެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ސިލްސިލާ ތަކުގެ ތެރޭގައި މަންޒިލް، ކައްތިރި ފަދަ ސިލްސިލާތައް ހިމެނެއެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

  • ބެސްޓް ސަޕޯޓިންގ އެކްޓްރެސް - މިއަދު ކްރިސްޓަލް އެވޯޑް - 2007 - ޢާއިޝަތު ޝިރާނީ - ކަލާޔާ ނުލާ

އިތުރު ފޮޓޯތައް[އުނިއިތުރު ގެންނަވާ]

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]