ނިއުމާ މުޙައްމަދު
ނިޢުމާ މުޙައްމަދު އަކީ ދިވެހި ފިލްމީ ބަތަލާ އެކެވެ. އޭނާވަނީ ދިވެހި އެތަކެއް ވީޑިޔޯ ލަވަތަކާއި، ޓީވީ ޑްރާމާ، ޑްރާމާ ސިލްސިލާ، ކުރު ފިލްމް އަދި ފީޗަރ ފިލްމް ތަކުގައި ހަރަކާތްތެރި ވެފައެވެ.
އަމިއްލަ ދިރިއުޅުން
[އުނިއިތުރު ގެންނަވާ]ނިޢުމާ މުޙައްމަދު އަކީ ގއ.ވާދޫ އަށް އުފަން ފިލްމީ ތަރިއެކެވެ. ނިޢުމާ ތަޢުލީމް ޙާޞިލްކުރީ މާފަންނު މަދަރުސާ އިންނާއި، އީޕީއެސް އިންނެވެ. އޭނާގެ ތަޢުލީމީ މަރުޙަލާ ނިންމީ އީޕީއެސްގެ ގްރޭޑް 8 ންނެވެ. ނިއުމާވަނީ މިހާތަނަށް 3 ކައިވެންޏެއް ކޮށްފައެވެ. ފުރަތަމަ ކައިވެނިކުރީ ރ.އަލިފުށީ އިބްރާހީމް ޙަބީބް އާއެވެ. ޙަބީބު އާއި ނިޢުމާ ކައިވެނިކުރީ 2002 ވަނަ އަހަރު އެވެ. ޙަބީބް ވަނީ ދާދިފަހުން އަމިއްލައަށް ދަންޖެހިގެން މަރުވެފައެވެ. ދެވަނަ ކައިވެނީ ކުރީ ފިލްމީ ބަތަލު ޢަލީ ސީޒަން އާއެވެ. އެއީ 2004 ގައެވެ. ނިއުމާ ކުރިން ކުރި ދެކައިވެނި ވެސް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ރޫޅިފައެވެ.
މިހާރު ނިއުމާ ކައިވެނިކޮށްގެން އުޅެނީ ލ.ކަޅައިދޫ ޙަސަން ކިޔާ މީހަކާއެވެ. ނިޢުމާ އާއި ޙަސަންގެ ކައިވެނި ކުރެވުނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފިލްމް ތަކެއް ކުޅުމަށް ހއ. އިހަވަންދޫ އަށް ގޮސްތިބި ތިބުމުގައި އިހަވަންދޫގައި 2007 ވަނަ އަހަރުގެ ފަހުކޮޅު ގައެވެ. އެއީ ގާތް ގަނޑަކަށް ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ 2007 ހިސާބުގައެވެ. ނިޢުމާ މިހާރު އިނީ އޭނާގެ އަލަތު ދަރިފުޅަށް ބަލިވެއެވެ.
ނިއުމާގެ ފުރަތަމަ ދަރިފުޅުގެ ނަމަކީ ޒޯޔާ ޙަސަން އެވެ.
ވަނަވަރު
[އުނިއިތުރު ގެންނަވާ]- ފުރިހަމަ ނަން: ނިޢުމާ މުޙައްމަދު
- އާންމުކޮށް ކިޔާނަން: ނިޢުމާ
- އުފަންރަށް:ގދ.ވާދޫ
- އުފަންތާރީޚް: 20 އޮކްޓޯބަރ 1978
- އިސްކޮޅު: 4 ފޫޓް 9 އިންޗި
- އެންމެ ރީތިމާ : އޯކިޑްމާ
- އެންމެ މީރު ވަސްދުވާ ސެންޓް: ފަކް ސެންޓް
- އެންމެ ރީތި ނަންބަރު: 7
- އެންމެ މޮޅު އެކްޓަރ: ބްރެޑް ޕިޓް
- ފުރަތަމަ ފެނިލުން: ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ
- އެންމެ ހިތްހަމަޖެހޭގޮތަށް ކުޅުނު ފިލްމް: ފާތިމަތު ނަޙުލާގެ ޔޫސުފް
- ބޮޑަށް ކުޅޭހިތްވަނީ: ޑްރާމާ ސިލްސިލާ
- ކުޅެން އަދި ނުލިބޭ ރޯލަކީ: ވަރަށް ނުލަފާ މީހެއްގެ ބައި
- އެމީހަކާ އެކު ފިލްމެއްގައި ހަރަކާތްތެރިވެލާން ބޭނުންވަނީ : މަރިޔަމް ނިޝާ އާއެކު
- އެންމެ ތަރުހީބު ލިބުނު ލަވަ: ދަންދަން ރަވީއާއެކު ކުޅެފައިވާ ލަވަ
- ފުރަތަމަ ޕްރޮޑިއުސްކުރި ފިލްމް: ކްރިއޭޝަން މޫވީސް ގެ ޢުމުl,lރަށް
- މިހާތަނަށް ކުޅުނު ފީޗަރ ފިލްމްގެ އަދަދު: 35
ފިލްމީ ދާއިރާގައި
[އުނިއިތުރު ގެންނަވާ]ފުރަތަމަ ފެނިލުން
[އުނިއިތުރު ގެންނަވާ]ނިއުމާ މުޙައްމަދު ދިވެހި ފިލްމީ އޮޅިގަނޑު ގިރާކުރީ 1995 ވަނަ އަހަރު ދިވެހި ޓީވީން ދެއްކި ފުރަތަމަ ދިވެހި ޑްރާމާ ސިލްސިލާ ހިތި ތަޖުރިބާ އިންނެވެ. ޢަލީ ޝަމީލް، އާމިނަތު ރަޝީދާ، އަދި ޢާރިފާ އިބްރާހީމް ލީޑްރޯލް ތަކުގައި ނިޢުމާ އެކުގައި ފެނިގެންދާ މިޑްރާމާ އަކީ ޢައިޝަތު ނީނާގެ އަވާމެންދުރު ވާހަކައިގެ މައްޗަށް ތައްޔާރު ކުރެވުނު ޑްރާމާ އެކެވެ. މިޑްރާމާގައި ނިޢުމާ ކުޅެފައިވަނީ ރާއްޖެތެރެއިން މާލެއަށް ގެންނަ ކުއްޖަކު ގޭގެ ޞާހިބު މީހާއާއި ރައްޓަހިވެ، އޭނާއާއި ކައިވެނިކޮށްގެން އުޅޭ އަންހެންކުއްޖެއްގެ ބައެވެ. މިއީ ދިވެހި ޓީޥީން ޕްރޮޑިއުސްކޮށް ޓީވީގެ ޑައިރެކްޓަރ މަރިޔަމް ޝައުގީ ޑައިރެކްޓްކޮށްފައިވާ ޑްރާމާ ސިލްސިލާ އެކެވެ.
ފާހަގަކުރެވެ ފިލްމްތައް
[އުނިއިތުރު ގެންނަވާ]ނިއުމާވަނީ މިހާތަނަށް 1000 އަށްވުރެ ގިނަ ވީޑިއޯ ލަވަ ކުޅެދީފައެވެ. އަދި 20 ޑްރާމާ އާއި، 34 ފިލްމެއްގައި ( 6ޖޫން 2008 އާއިހަމައަށް) ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ނިޢުމާ ކުޅެފައިވާ ފާހަގަ ކޮށްލެވޭ ފިލްމް ތަކުގެ ތެރޭގައި 1998 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ފަތިސް ހަނދުވަރު، 1999 ވަނަ އަހަރު ނިކުތް ފަރިވާ ފިލްމްސްގެ ބަދަލު، 2002 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފީރޯޒް އައިޝަތު ގެ ހިތް އެދެނީ، 2003 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ޢީސާ ޝަރީފްގެ ގިނި ހިލަ، 2004 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަހުލާގެ ކަލާޔާ ނުލާ، 2005 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަޙުމަދު ނިމާލް ގެ ދަރިންނަށްޓަކައި، 2006 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ އަހުމަދު ނިމާލް ގެ ހިޔަނި، އަދި 2008 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ފާތިމަތު ނަޙުލާގެ ޔޫސުފް ފަދަ ފިލްމްތައް ހިމެނެއެވެ.
ނިޢުމާ މުޙައްމަދު ކުޅެފައިވާ ފިލްމް ތަކުގެ ތެރެއިން ބެލުންތެރިންގެ ތަރުޙީބު އެންމެ ބޮޑަށް ލިބިގެން ގޮސްފައިވަނީ ފަތިސް ހަނދުވަރުގައި ކުޅެފައިވާ ރޯލަށެވެ. ނިޢުމާ، ރީކޯ މޫސާ، ޢާރިފާ، ޝަމީލް، ޝެލީ އިސްރޯލްތައް ކުޅުނު މިފިލްމްގެ 33 ހައުސް ފުލްޝޯ ދައްކާފައި ވެއެވެ. ބިންމާ ވަޙީދު ލިޔެފައިވާ ބިރުވެރި ވާހަކައަކަށް ޢީސާ ޝަރީފް ޑައިރެކްޓްކޮށް ސްލޭމް ސްޓޫޑިއޯއިން އަސްލަމް ރަޝީދު ޕްރޮޑިއުސްކުރި މިފިލްމް ވެފައިވަނީ މިހާތަނަށް ރާއްޖޭގައި ނިކުތް އެންމެ ކާމިޔާބު އެއް ދިވެހި ފިލްމަށެވެ.
ކުޅެފައިވާ ފިލްމްތައް
[އުނިއިތުރު ގެންނަވާ]- ފަތިސް ހަނދުވަރު : ރީކޯ މޫސަ އަދި ޢަލީ ޝަމީލް އާއެކު
- ބަދަލު: ޙުސައިން ޞަބާޙް އާޢެކު
- ދީވާނާ
- ހިތް ހަލާކު: ޔޫއްޕެ އާއެކު
- ހިތް އެދެނީ: ޢަލީ ސީޒަން އަދި އަސްއަދު ވަހީދު އާއެކު
- ހިތުގެ އެދުން: މުޙައްމަދު މަނިކު އަދި ސާވިން އާއެކު
- ގިނި ހިލަ: ރީކޯ މޫސަ އަދި ޢަލީ ސީޒަން އާއެކު - 2002
- ކަލާޔާ ނުލާ: ޔޫއްޕެ އާއެކު
- ދަރިންނަށްޓަކައި: ޢަލީ ސީޒަން އާއެކު
- އާއަހަރެންވެސް ލޯބިވީން: އަހުމަދު ޒަބީރު އަދި ޢަލީ ސީޒަން އާއެކު - 2002
- ހިޔަނި : ރަވީ ފާރޫގް އާއެކު
- ޒަލްޒަލާ 1
- ޒަލްޒަލާ 2
- ހަނދުކޭތަ
- އަރާމަގު ދޮންކަމަނަ - 2002
- ހަންޑިގަނޑުވަރު ދޮންކަމަނަ 2/1 2
- ހަންޑިގަނޑުވަރު ދޮންކަމަނަ
- ޔޫސުފް: މުޙައްމަދު މަނިކު އަދި ޔޫއްޕެ އާއެކު
- ބޭވަފާ: މުހައްމަދު އަބޫބަކުރު އާއެކު
- ހުވަފެން: މުޙައްމަދު އަބޫބަކުރު އާއެކު
- ހިފެހެއްޓުމެއްނެތް ކަރުނަ
- ފަހު ޞަފްޙާ
- އެރޭ
- ކަފުން
- ޕަނީނޯ - 2007
- މިޝަން 24
ކުޅެފައިވާ ޑްރާމާ، ޑްރާމާ ސިލްސިލާތައް
[އުނިއިތުރު ގެންނަވާ]- ވައިރޯޅިއަށްވެސް ސިއްރުން
- ތިޔޭ މިހިތުގެ ވިންދަކީ
- މާފުކުރާށޭ
- ބޭވަފާ ވިޔަސް
- ވަގުތު ފާއިތު ނުވަނީސް
- ރޭފަނާ
- ކައްތިރި
- އިންތިހާ
- ކަލާގެ ހައްގުގައި
ކުޅެފައިވާ ފިލްމްތައް
[އުނިއިތުރު ގެންނަވާ]އަހަރު | ފިލްމް | އެހެންތަރިން | އެހެނިހެން | ޑައިރެކްޓަރ | ވާހަކަ ލިޔުނީ |
---|---|---|---|---|---|
2002 | ކަލާޔާނުލާ (ފިލްމް) | ޔޫއްޕެ، ޝިރާނީ | މާޕާގެ ފަރާތުން ނަހުލާ ޑައިރެކްޓްކުރި ފިލްމެއް | ނަހުލާ | ނަހުލާ |
2008 | ޔޫސުފް (ފިލްމް) | ޔޫއްޕެ، ޝީލާ، މަނިކު،ނިމާލް | ކްރިސްޓަލް އެންޓަޓެއިންމަންޓްގެ ފަރާތުން ނަހުލާ ޑައިރެކްޓްކުރި ފިލްމެއް | ނަހުލާ | ނަހުލާ |
2008 | ފަހު ޞަފްހާ | ލޫއްޕެ، ނިމާލް، | ނިމާލް ޑައިރެކްޓްކުރި ކުރު ފިލްމެއް | ނިމާލް | ނޭގޭ |
2009 | ހިތް ރޮއްވާނުލާ (ފިލްމް) | ޔޫއްޕެ،ސިތޫ، މުއާ | ދެކެދެކެވެސް ގެ ފަރާތުން ޔޫއްޕެ ޑައިރެކްޓްކުރި ފިލްމެއް | ޔޫއްޕެ | ޔޫއްޕެ |
2009 | ހެޕީ ބާތުޑޭ (ފިލްމް) | ޔޫއްޕެ | ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން ޢަލީ ޝިފާއު ޑައިރެކްޓްކޮށްފައިވާ ފިލްމެއް | ޢަލީ ޝިފާއު | ނޭގޭ |
2009 | ކަރުނަވީ ބޭވަފާ (ފިލްމް) | ސީޒަން، ސިތޫ | ސީޒަނަލް މޫވީސް އިން ނިމާލް ޑައިރެކްޓްކުރި ފިލްމެއް | ނިމާލް | އާމިރު ސަލީމް |
2009 | އެދަރިފުޅު (ފިލްމް) | ޔޫއްޕެ، ޝީލާ، މަނިކު | ޔޫއްޕެ ޑައިރެކްޓްކޮށްފައިވާ ފިލްމެއް | ޔޫއްޕެ | އަހުމަދު ޝަރުމީލް |
2010 | ވީރާނާ | ޔޫއްޕެ، ޢާމިރާ | ދެކެދެކެވެސް ޕްރޮޑަކްޝަން އިން ޔޫއްޕެ ޑައިރެކްޓްކުރާ ފިލްމެއް | ޔޫއްޕެ | ނަހުލާ |
2010 | ނިޢުމާ | ޔޫއްޕެ، ނިޢުމާ | ދެކެދެކެވެސް ޕްރޮޑަކްޝަން އިން ނިޢުމާ ޑައިރެކްޓްކުރާ ފިލްމެއް | ނިޢުމާ | ބިންމާ |
2010 | މާފެއްނެތް | ސީޒަން، ،ލޫއްޕެ،ނާއްކޮ،އަމީލާ،ދަރާ ރަޝީދު | އަހުމަދު ނިމާލް ޑައިރެކްޓްކުރާ ފިލްމެއް | ސީޒަން | ޝަރީފް |
2010 | ދިންވޭނުގެ ހިތާމައިގައި | ޔޫއްޕެ،ޝީލާ،މަނިކު | ޑާރކްރެއިން އެންޓަޓެއިންމެންޓްގެ ފަރާތުން ޢަލީ ޝިފާއު ޑައިރެކްޓްކުރާ ފިލްމެއް | ޢަލީ ޝިފާއު | ޢަލީ ޝިފާއު |
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- ބެސްޓް އެކްޓްރެސް - އާފަތިސް އެވޯޑް 1997
- ބެސްޓް އެކްޓްރެސް - އާފަތިސް އެވޯޑް 1998
- ބެސްޓް ޕާރފޯމަރ އޮފް ދަ ޔިއަރ - އާފަތިސް އެވޯޑް 1998
- ބެސްޓް ޑާންސަރ - އާފަތިސް އެވޯޑް 1998
- ބެސްޓް އެކްޓްރެސް - ނިއުމާ މުހައްމަދު - ކަލާޔާނުލާ - މިއަދު ކްރިސްޓަލް އެވޯޑް 2007
- އެންމެ މޮޅު އެކްޓްރެސް : ނިއުމާ މުހައްމަދު - ކަލާޔާ ނުލާ - ގައުމީ ފިލްމް އެވޯޑް 4
- ކުރު ފިލްމް ގެ އެންމެ މޮޅު އެކްޓްރެސް : ނިއުމާ މުޙައްމަދު - ފަހު ސަފްހާ - ގައުމީ ފިލްމް އެވޯޑް -5