ޚަދީޖާ އިބްރާހީމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ފުންމަވާ: ސަމުގާ, ހޯއްދަވާ

ޚަދީޖާ އިބްރާހީމް އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ދިވެހި ތަފާތު އެތައް ފިލްމްތަކެއްގައި ހަރަކާތްތެރި ވެފައެވެ. މީގެ އިތުރުން ތަފާތު ވީޑިއޯ ލަވަތަކާއި، ޓީވީ ޑްރާމާ ސިލްސިލާ ތަކުން ވެސް ހައްޖަގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ. ޚަދީޖާ އިބްރާހީމް މަޝްހޫރު ވެފައިވަނީ ކުޑަ ހައްޖަ ގެ ނަމުންނެވެ.


އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޚަދީޖާ އިބްރާހީމް އަކީ ޏ. ފުވައް މުލައް އަށް އުފަން ފިލްމީ ބަތަލާއެކެވެ. ބައްޕަ އަކީ ފުވައްމުލަކު މައްސާގުގޭ އިބްރާހީމް ޢަލީ ދީދީ އެވެ. މަންމަ އަކީ ފުވައްމުލަކު މެޒޯ ޙައްވާ ޙަސަން ދީދީ އެވެ. ހައްޖަ އަށް ވަނީ، ކުރިން ފިލްމް އަދި ވީޑިއޯ ލަވަތަކުން ފެނުނު ޒަބީރު އާ ކައިވެނިކޮށްގެން ދަރިޔަކު ލިބިފައި ވެއެވެ. ނަމަވެސް މިކައިވެނި ވަނީ ފަހުން ރޫޅިފައެވެ.


ފިލްމީ ދާއިރާއަށް ނިކުތުން[އުނިއިތުރު ގެންނަވާ]

ޚަދީޖާ އިބްރާހީމް ފިލްމީ ދާއިރާއަށް ނިކުތީ ވީޑިއޯ ލަވަޔަކުންނެވެ. އެއަށް ފަހު ތަފާތު ފިލްމް ޑުރާމާ ސިލްސިލާ ތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ.


ކުޑަ ހައްޖަ

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ޚަދީޖާ އިބްރާހީމް ވަނީ ތަފާތު ފިލްމާއި ޑްރާމާ ސިލްސިލާ ތަކުގައި ހަރަކާތް ތެރިވެފައެވެ.

ކުޅުނު ފިލްމްތައް[އުނިއިތުރު ގެންނަވާ]

  • ވެހޭ ވާރޭގެ ތެރެއިން
  • އޭނާ
  • އެދަތުރު
  • މަގޭ ދަރިފުޅު
  • ހަންޑިގަނޑުވަރު ދޮންކަމަނަ
  • ލޫދިފާ - 2010
  • ހިތްކީއްކުރާނީ - 2010

ކުޅުނު ޑްރާމާ ސިލްސިލާތައް[އުނިއިތުރު ގެންނަވާ]

  • ކުރަމޭ ވަދާޢީ ސަލާމް
  • ވައިރޯޅިއަށް ވެސް ސިއްރުން
  • ސާރާ
  • ހިނިތުން ވެލާށޭ ކަލާ
  • މަންޒިލަކީ ތީޔޭ މަގޭ
  • ވަމޭ ކައިރީގައި ކަލާ
  • ބޭވަފާ ވިޔަސް
  • އަހަރެންގެ ޅަ ޑެޑީ

އަދިވެސް ބައްލަވާ ލައްވާ[އުނިއިތުރު ގެންނަވާ]


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]