ކަޕޫރު ޚާންދާން

ވިކިޕީޑިއާ އިންވިކިޕީޑިއާ

ކަޕޫރު އާއިލާގެ އަސްލު ނިސްބަތްވަނީ ޕާކިސްތާނުގެ ޕިޝާވަރަށެވެ. މިއާއިލާ ނިސްބަތްވާ ތަފާތު 5 ދަރިކޮޅެއްގެ މީހުން ހިންދީ ފިލްމީ މަސްރަހުގައި ހަރަކާތްތެރި ވެފައި ވެއެވެ. އެގޮތުން ޕްރިތްވީ ރާޖު ކަޕޫރުގެ ބައްޕަ ނުވަަތަ ރާޖު ކަޕޫރުގެ ކާފަ ދޭވަން ބޭޝެސްވަރުނާތު އިން ފެށިގެން އައިސް މިހާރު ފިލްމީ އޮޅިގަނޑު ގިރާކުރުމަށް މަސައްކަތް ކުރަމުންދާ ރަންބީރު ކަޕޫރު އާއި ހަމައަށް ތަފާތު އެތައް ފަރާތްތަކެއް ހިންދީ ފިލްމީ ދާއިރާގައި މިއާއިލާގެ ފަރާތުން ހަރަކާތްތެރި ވެފައި ވެއެވެ.

މިއާއިލާ ނިސްބަތްވާ ފަރާތްތައް ވަނީ އެކްޓްކުރުމާއި ޑައިރެކްޓް ކުރުމާއި، ފިލްމު އުފެއްދުމާއި، ސްޓޭޖް ޑްރާމާ ރާވައި އުފައްދައި ސިނަމާ ހިންގުމާއި، އަދި ފިލްމު ސްޓޫޑިއޯ ހިންގުމާއި ފޮޓޯ ގްރަފީގެ މަސައްކަތުގައި ވެސް ބައިވެރިވެފައެވެ. ތިރީގައި މިވަނީ ކަޕޫރު ޚާންދާން އަށް ނިސްބަތްވާ އިންޑިޔާގެ ފިލްމީ މަސްރަހުގައި ހަރަކާތްތެރިވި ބައެއް ފަރާތްތަކެވެ.