ރާޖީވް ކަޕޫރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

ރާޖު ކަޕޫރުގެ ދަރިންގެ ތެރެއިން ތިންވަނަ އަށް ފިލްމްތަކުން ފެންނަށް ފެށީ ރާޖީވް ކަޕޫރު އެވެ. ރާޖީވް ކަޕޫރު އުފަންވެފައިވަނީ 1962 ގައެވެ. ފުރަތަމަ ހަރަކާތްތެރި ވެފައިވަނީ 1984 ގައި ނިކުތް ފިލްމް އާސްމާން ގައި ޓިނާ މުނިމް އާ އެކުގައެވެ.

ރާޖީވް ކަޕޫރު ގެ ކުރު ފިލްމީ ޙަޔާތުގައި ކުޅެފައިވާ ފިލްމް ތަކުގެ ތެރޭގައި ލާވާ، ރާމް ތޭރީ ގަންގާ މޭލް، ޒަލްޒަލާ، ނާގް ނާގިން، އަދި ޒިންމާދާރު ފަދަ ފިލްމްތައް ހިމެނެއެވެ. ރާޖީވް ކަޕޫރަކީ ޑައިރެކްޓަރެއް ވެސް މެއެވެ. ފުރަތަމަ ޑައިރެކްޓްކޮށްފައިވާ ފިލްމަކީ ޕްރޭމް ގްރާންތު އެވެ.