ނީޓޫ ސިންގ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ނީޓޫ ސިންގ ނުވަތަ ނީޓޫ ކަޕޫރުގެ ހުނަރު ކުޑަކުއްޖެއްގެ ގޮތުގައި ފުރަތަމަ ފެނިގެން ގޮސްފައިވަނީ 1966 ގައި ނިކުތް ސޫރަޖް އިންނާއި، 1968 ގައި ނިކުތް ދޯ ކަލިޔާން އިންނެވެ. ބަތަލާއެއްގެ ހައިސިއްޔަތުން ފުރަތަމަ ފެނިގެން ދިޔައީ 1973ގައި ރަންދީރު ކަޕޫރާއި އެކު ކުޅެފައިވާ ރިކްޝަވާލާ އިންނެވެ.

ނީޓޫ ސިންގ ހިންދީ 25 އަށްވުރެ ގިނަ ފިލްމްތަކުގައި ހަރަކާތްތެރި ވެފައި ވެއެވެ. އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި 1968 ގައި ނިކުތް ދޯކަލިޔާން، 1975ގައި ނިކުތް ކޭލްކޭލް މޭ، ދީވާރު، 1976ގައި ނިކުތް ކަބީކަބީ، 1977ގައި ނިކުތް ދަރަމް ވީރު، ޕްރިޔާތަމާ، އަމަރް އަކްބަރު އެންތޮނީ، ދޫޝްރީ އާދްމީ، ޕަރްވަރިޝް، 1978ގައި ނިކުތް ކަސްމޭ ވާދޭ، އަދި 1979ގައި ނިކުތް ކާލާ ޕަތަރު ފަދަ ފިލްމްތައް ހިމެނެއެވެ.

1979 ގައި ރިޝީ ކަޕޫރު އާއި ކައިވެނި ކުރުމަށްފަހު ނީޓޫ ސިންގ ވަނީ ފިލްމު ކުޅުން ހުއްޓާލާފައެވެ. ރިޝީ ކަޕޫރާއި ނީޓޫ ސިންގ އަށް ދެކުދިން ލިބިފައި ވެއެވެ. އެއީ ރަންބީރު ކަޕޫރު އަދި ރިދިމާ ކަޕޫރު އެވެ. ރަންބީރު ކަޕޫރު މިހާރު ދަނީ ފިލްމީ ބަތަލް އަނިލް ކަޕޫރުގެ ދަރިފުޅު ސޮނާމް ކަޕޫރު އާއެކު ސާވަރިޔާ ކިޔާ ފިލްމަކުން ފިލްމީ މަސްރަހަށް ނިކުތުމަށް ތައްޔާރު ވަމުންނެވެ.