އަދިތްޔާ ކަޕޫރު

ވިކިޕީޑިއާ އިންވިކިޕީޑިއާ

އަދިތްޔާ ރާޖް ކަޕޫރު ނުވަތަ އަދިތްޔާ ކަޕޫރު އަކީ ޝައްމީ ކަޕޫރު ގެ ފިރިހެން ދަރިއެކެވެ. ދުވަސް ނުފުރާ ދުނިޔެއަށް އުފަންވި އަދިތްޔާ އަކީ ޝިމްލާގެ ލޯރެންސް ސްކޫލުން ތައުލީމް ޙާޞިލްކުރި ދަރިވަރެކެވެ. 1 ޖުލައި 1956 ގައި އުފަންވި އަދިޔްތާ އަށް އެކި ދުވަސްވަރު ތަފާތު ނަންތަކުން މުޚާތަބު ކުރެވިފައި ވެއެވެ. އޭގެތެރޭގައި ލައްޑޫ، ކެލްވާ، އަދި މިކީ ފަދަ ނަންތައް ހިމެނެއެވެ.

އަދިތްޔާ ކަޕޫރު ސުކޫލްގައި ގްރޭޑް 11އިން ފޭލްވުމުން އާއިލީ މަސައްކަތުގައި ބައިވެރިވިއެވެ. އެގޮތުން ބޮޑުބޭބެ ރާޖް ކަޕޫރު އާއެކު އާއިލީ ފިލްމް ސްޓޫޑިއޯ އާރްކޭ ފިލްމްސް ހިންގުމުގައި ހަރަކާތްތެރި ވެފައިވެއެވެ. އަދިތްޔާ ކަޕޫރު އާރްކޭ ފިލްމްސްގައި މަސައްކަތް ކުރި 5 އަހަރު ދުވަހުގެ ތެރޭގައި ޑައިރެކްޓްކުރި ފިލްމްތަކުގެ ތެރޭގައި ބޮބީ، ކަރަމް ދަރަމް، އަދި ޝަތްޔަމް ޝިވަމް ސުންދަރަމް މިތިން ފިލްމް ހިމެނެއެވެ.

އޭގެ ފަހުން ބިޒިނަސް ދާއިރާ އިން މަތީ ތަޢުލީމް ހާޞިލް ކުރުމަށްފަހު އެސްކޮޓްސް ކިޔާ ކުންފުންޏަކާއި އަދިތްޔާ ކަޕޫރު ގުޅިފައި ވެއެވެ. މިބުނި ކުންފުންޏަކީ އަދިތްޔާ ކަޕޫރު ގެ ދެބެން ދެދަރި ދައްތަ އެއްކަމަށްވާ ރީޓޫ ކަޕޫރުގެ ފިރިމީހާ ރާޖަން ނަންދާ ހިންގާ ކުންފުންޏެކެވެ.

އަދިތްޔާ ކަޕޫރު އާއި ޕްރިތީ ކައިވެނި ކުރެވުނީ 1982 ވަނަ އަހަރު އެވެ. އެދެމީހުންނަށް ދެކުދިން ލިބިފައިވެއެވެ. އެއީ ތުލްސީ ކަޕޫރު އަދި ވިޝްވަޕްރަޓަޕް ރާޖް އެވެ.