ގީތާ ބާލީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

ގީތާ ބާލީ ނުވަތަ ގީތާ ކަޕޫރު އަކީ ހިންދީ ފިލްމީ އެކްޓްރެސް އެކެވެ. އަދި ހިންދީ ލަވަކިޔުންތެރިއެއް ވެސް މެއެވެ. އުފަންވެފައިވަނީ 1930 ވަނަ އަހަރު ޕަންޖާބުގެ އަމްރިތުސާރު ކިޔާ ހިސާބަކަށެވެ. އަސްލު ނަމަކީ ހަރީ ކިރްތާން ކޯރު އެވެ. ފުރަތަމަ ފެނިފައިވަނީ 1940 ވަނަ އަހަރު ކުޑަކުއްޖެއްގެ ރޯލުން އޫޝާ ކިރަން ކިޔާ ފިލްމެއްގައެވެ.

ފިލްމީ ދާއިރާގައި ހޭދަކުރި 25 ވަރަކަށް އަހަރުގެ ތެރޭގައި 70 އަށްވުރެ ގިނަ ފިލްމްގައި ހަރަކާތްތެރި ވެފައި ވެއެވެ. ފާހަގަ ކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި ބަޅީ ބެހެން، އަލްބޭލާ، ޖާލް،ބާޒީ، ވައްޗަން،ޖެއިލަރ،ސުހާގު ރާތު، މޯހަރު، ޒިންދަގީ،ސޭލާބު،ޖަވާބު،ފަރާރް،ސުހާގަން، ނެއިނާ، ގުނާހު އަދި ޒަލްޒަލާ ފަދަ ފިލްމްތައް ހިމެނެއެވެ.

ޝައްމީ ކަޕޫރު އާއި ފިލްމީ ބަތަލާ ގީތާ ބާލީ ގެ ކައިވެނި ކުރެވުނީ 1955 ވަނަ އަހަރު އެވެ. އެއީ އަދިތްޔާ ރާޖު އަދި ކަންޗަން ކަޕޫރު އެވެ. 21 ޖެނުއަރީ 1965 ގައި ގީތާ ބާލީ ވަނީ މިދުނިޔެ ދޫކޮށްފައެވެ.