ރަންދީރު ކަޕޫރު

ވިކިޕީޑިއާ އިންވިކިޕީޑިއާ
ރަންދީރު ކަޕޫރު
އުފަން ތާރީޚް (1947-02-15) ފެބްރުއަރީ 15, 1947 (77 އަހަރު )
India
ވަޒީފާ Actor, Producer, Director

ރަންދީރު ކަޕޫރު (އުފަންވެފައިވަނީ 15 ފެބްރުއަރީ 1947 ގައި އިންޑިޔާގައި) އަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިއެކެވެ.

ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

ރާޖު ކަޕޫރުގެ ދަރިންގެ ތެރެއިން ފިލްމީ އޮޅިގަނޑު ފުރަތަމަ ގިރާކުރީ ރަންދީރު ކަޕޫރު އެވެ. އެކްޓަރެއް، ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްގެ ގޮތުން ވެސް ރަންދީރު ހަރަކާތްތެރި ވެފައި ވެއެވެ. ފުރަތަމަ ފެނިގެންދިޔައީ ކާފަ، ބައްޕަ، އަދި އަންހެނުން ބަބީތާ އާއެކު 1971ގައި ކުޅެފައިވާ ކަލް އާޖު އައުރު ކަލް އިންނެވެ. އެއަށްފަހު 1972ގައި ޖަޔާ ބަދޫރީ އާއެކު ޖަވާނީ ދިވާނީ ކިޔާ ފިލްމަކުން ފެނިގެންދިޔައެވެ.

ރަންދީރު ކަޕޫރު ކުޅެފައިވާ ފާހަގަކޮށްލެވޭ ފިލްމްތައް[އުނިއިތުރު ގެންނަވާ]

އުފައްދާފައިވާ ފިލްމުތައް[އުނިއިތުރު ގެންނަވާ]

ޑައިރެކްޓް ކޮށްފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ޑައިރެކްޓްކޮށް އުފެއްދުން[އުނިއިތުރު ގެންނަވާ]

1991 ގައި ފުރަތަމަ ފަހަރަށް ފިލްމެއް ޑައިރެކްޓް ކޮށްފައިވެއެވެ. އެއީ 1988 ވަނަ އަހަރު ބައްޕަ ރާޖު ކަޕޫރު ދުނޔެ ދޫކުރި އިރު ހަދަން ފަށައި ނުހެދި އޮތް ފިލްމެކެވެ. ޕާކިސްތާނަށް އުފަން ޒޭބާ ބަޚްތިއާރު އަދި ރިޝީ ކަޕޫރު ކުޅެފައިވާ މިފިލްމަށްކިޔަނީ ހެނާ އެވެ. 40އަށްވުރެ ގިނަ ފިލްމްތަކުގައި ތަފާތު ބައިތައް އަދާކުރުމަށްފަހު މިހާރު ހަރަކާތްތެރިވަނީ ފިލްމު އުފެއްދުމުގެ މަސައްކަތުގައެވެ. މިއަދު އާރް ކޭ ފިލްމްސް ހިންގުމުގެ މަސައްކަތުގައި އިސްވެ ހަރަކާތްތެރި ވަނީ ވެސް ރަންދީރު ކަޕޫރެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ފިލްމީ ބަތަލާ ބަބީތާ ޝިވްދަސާނީ އާ ކައިވެނިކޮށް ދެކުދިން ލިބިފައިވެއެވެ.އެއީ ކަރިޝްމާ ކަޕޫރު،ކަރީނާ ކަޕޫރު އެވެ. ބަބީތާ އާއި ރަންދީރު ކަޕޫރު ކައިވެނިކުރީ 1972 ވަނަ އަހަރު އެވެ. ކަރިޝްމާ ލިބިފައިވަނީ 25 ޖޫން 1974 ގައެވެ. ކަރީނާ ލިބުނީ 21 ސެޕްޓެމްބަރ 1977 ގައެވެ.

ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1986 - ބެސްޓް ފިލްމް ( ރާމް ތޭރީ ގަންގާ މާލީ )
  • 1998 - އާރްކޭ ފިލްމް ސްޓޫޑިއޯ 50 އަހަރު ވަންދެން ކޮށްދީފައިވާ ޚިދުމަތަށް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]