ހަނދި އާއިލާ (މަސް)
Appearance

ހަނދި އާއިލާ(ސައިންޓިފިކް ނަން: Carangidae)ނުވަތަ (އިނގިރޭސި ބަހުން: jacks, pompanos, jack mackerels, and scads)އަކީ މޫދުގައި އުޅޭ މަސްމަހާ މެހީގެ ތެރޭގައި ހިމެނޭ އާއިލާ އެކެވެ. މިއާއިލާގައި ތަފާތު 30 ޖިންސް އަކުން 151 ވައްތަރުގެ މަސް ހިމެނެއެވެ.
ދިވެހި ރާއްޖޭގެ ކަނޑު ފަޅުތަކުގައި އުޅޭކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެންޑް އެގްރިކަލްޗަރުގެ މެރިން ރިސާޗް ސެކްޝަނުން ނެރެފައިވާ ދިވެހިރާއްޖޭގައި އުޅޭ މަހުގެ މަޢުލޫމާތު މިފޮތުގައި ބަޔާންކޮށްފައިވަނީ 20 ވައްތަރެއްގެ މަހެވެ.
- ނަރުވާ ހަނދި
- ތުނބަ ހަނދި
- ފަނި ހަނދި
- މުޑަ ހަނދި
- ތިމަރަ ހަނދި
- ދަބަރު ހަނދި
- ކަޅަ ހަނދި
- ލިބާސް ހަނދި
- ދޮންތިކި ހަނދި
- ވަށްބޯ ހަނދި