ރިނދަވާލި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ރިނދަވާލި

ރިނދަވާލި(ސައިންޓިފިކް ނަން: Trachinotus blochii)ނުވަތަ (އިނގިރޭސި ބަހުން: Snubnose pompano އަކީ ރާއްޖޭގެ ފުންވިލާއި، ފަޅުފަޅުގައި އަދި ރަށްރަށުގެ ބޭރުމަތީގައި 20 މީޓަރަށްވުރެ ތިލަ ހިސާބު ތަކުގައި އުޅޭ މަހެކެވެ. މިއީ ހަނދީގެ އާއިލާގެ ބާވަތެކެވެ. މަދުމަދުން ނަނުގައި ބޭނޭ މަހެކެވެ. މިއީ ދިވެހިން ކެއުމަށް ބޭނުންކޮށް އުޅޭ މީރު މަހެކެވެ. ރިނދަވާލި ކުދިކުދި އައިން ހަދައިގެން ފަރުފަރުގެ ބޭރުގައި ދަތުރުކޮށް އުޅެއެވެ. ރިނދަވާލީގެ ބޮލުގެ މަތީ ހަންގަނޑުގެ އެތެރޭގައި ކުކުޅުބިސް ބުރަކަށް ހުންނަ ހަރުކަށިގަނޑެއް ހުރެއެވެ. މިހެންވެ މިއަށް ދިވެހިން ރިނދަ ކިޔާ އަދި އެމަހަށް ރިނދަވާލީގެ ނަމުން ނަންދެވިފައިވާ ކަމަށް ފެނެއެވެ. ރިނދަވާލި އެންމެ ބޮޑުވަނީ 80 ސެންޓި މީޓަރަށެވެ.

ރިނދަވާއްޔަކީ ފަތިކޮށް ކުކުޅުބިސް ބުރަށް ހުންނަ ވަރަށް ބާރަށްދުވާ މަހެކެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި 6 ހަރުކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރު ކައްޓާއެކު 18 އާއި 20 އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 16 އާއި 18 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މަހުގެ ނިގޫކައިރިން އަރިމަތީގައި ކުރަގަނޑެއް ނުހުރެއެވެ. މަހުގެ ކުލައަކީ ރިހިކުލައެވެ. ނަމަވެސް ބޮޑެތި މަހުގައި މިރިހިކުލައިގެ މައްޗަށް އޮރެންޖް ކުލައެއް ފޭދިފައި ހުންނަ ގޮތަކަށް ހުރެއެވެ. ބަނޑުދަށް ފަރާތުގެ ކޮަތަރިބައިގެ ކުލައަކީ މަޑު އޮރެންޖް ކުލައެކެވެ.