ދޮންތިކި ހަނދި

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ދޮންތިކި ހަނދި

ދޮންތިކި ހަނދި(ސައިންޓިފިކް ނަން: Carangoides fulvoguttatus)ނުވަތަ (އިނގިރޭސި ބަހުން: Yellowspotted trevally)އަކީ ރާއްޖޭގެ ފަރުފަޅުތަކުގެ ބޭރުގައި އުޅޭ ހަނދީގެ ބާވަތެކެވެ. މިބާވަތުގެ ހަނދި އާއްމުކޮށް ގިނައިން ފެނިފައި ނެތްކަމުގައި ވިޔަސް މަދުމަދުން ރާއްޖޭގެ މަސްވެރިން ބާނާއުޅެއެވެ. މިބާވަތުގެ ހަނދި ފެނިފައި ހުންނަނީ އައިން ހަދައިގެން ފަރުފަޅުގެ ބޭރުމަތީގައި ބާރަށް ދަތުރުކޮށްކޮށް ތިއްބައެވެ. މިއީ ގާތްގަނޑަކަށް 1 މީޓަރަށް ބޮޑުވާ ކެއުމަށް މީރު ހަންޖެކެވެ. މަހުގެ މަތީބައިގެ ކުލައަކީ ނޫފެހި ކުލައެވެ. ބަނޑުދަށް ފަރާތް ހުންނަނީ ރިހިކުލައިގައެވެ. މަހުގެ ދެއަރިމަތީގައި ދޮންކުލައިގެ ތިކިތަކެއް ހުރެއެވެ.

މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގައި ހަރު 8 ކަށި ހުރެއެވެ. ދެވަނަ ކޮތަރިބައިގައި ހަމަ އެކަހަލަ 1 ކައްޓާއެކު 25އާއި 30އާއި ދެމެދުގެ އަދަދަކަށް މަޑުކަށި ހުރެއެވެ. ބަނޑުދަށް ފަރާތު ކޮތަރިބައިގައި ވަކިން ހުންނަ 2 ހަރުކައްޓަށްފަހު، އިތުރު 1 ހަރުކައްޓާއި، 21 އާއި، 26 އާއި ދެމެދުގެ އަދަދަަކަށް މަޑުކަށި ހުރެއެވެ. މިމަހަށްކިޔާ ވަކި ޚާއްޞަ ނަމެއް ރިކޯޑް ކުރެވިފައި ނެތުމާއެކު މަހުގެ ސިފަޔަށާއި، މަހަށް ކިޔާ ޢިލްމީ ނަމާއި، އިގިރޭސި ނަމަށް ވިސްނާ މިމަހަށް ދޮންތިކި ހަނދި ކިޔާފައިވަނީ އެވެ. މަހުގެ އާއްމު ކާނާއަކީ ކަކުނި ފާނޑުގެ ސޫތްޕާއި، މަހެވެ.