އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ
ވިކިޕީޑިއާ އިން
އަހުމަދު ކާމިލް ދީދީ އަކީ ދިވެހި ބަހުން ތަފާތު ފޮތްތައް ލިޔުއްވި އަދީބެކެވެ. ދިވެހިރާއްޖޭގައި ޗާޕުކޮށްގެން ނެރުނު ފުރަތަމަ ނޫސް މަޖައްލާ އަލްއިސްލާހުގެ އެޑިޓަރަކީ ވެސް އަހުމަދު ކާމިލް ދީދީ އެވެ. އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 22 ޖުލައި 1892 ގައެވެ. އެއީ ހިޖުރީ ގޮތުން 26 ޛުލްޙިއްޖާ 1309 އެވެ. އަވަހާރަވީ 31 މާރޗް 1961 ގައެވެ. އެއީ ހިޖުރީ ގޮތުން 14 ޝައްވާލް 1380 ގައެވެ.
[އުނިއިތުރު ގެންނަވާ] ސަރުކާރުގައި ފުރުއްވި ބައެއް މަގާމްތައް
- ފުރަތަމަ ޤާނޫންއަސާސީ އެކުލަވާލި ކޮމިޓީގެ މެމްބަރުކަން
- ފުރަތަމަ ޤާނޫން އަސާސީގެ ދެލިކޮޕީ އެކުލަވާލެވުނު ކުޑަކޮމިޓީގެ މެމްބަރުކަން
- ރަދުން ޢައްޔަން ކުރެއްވި މަޝްވަރާ މަޖްލިސްގެ މެމްބަރުކަން
- މަޙްކަމަތުލް މަޢާރުފުގެ ވެރިކަން15 މުޙައްރަމް 1361 (1942.02.02)
- މަޙްކަމަތުއްޞިއްޙާގެ ވަކީލުކަން18 ޛުލްޤައިދާ 1363 (1944.11.04)
- ބަންޑާރަނާއިބުކަން20 ރަމަޟާން 1370 (1951.06.25)
- ބަންޑާރަނާއިބުކަން ފުރަތަމަޖުމްހޫރިއްޔާގެ 12 ރަބީޢުލްއާޚިރު 1372 (1952.12.30)
- ރަސްކަމަށް ބަދަލުކުރުމަށް އުފެއްދި ޤާނޫނު އަސާސީ އެކުލަވާލި ކޮމިޓީގެ މެމްބަރުކަން22 ޛުލްޙިއްޖާ 1372 (1953.09.02)
- ބަންޑާރަބާއިބުކަން10 ޛުލްޤައިދާ 1373 (1954.07.11)
- މަޢާރިފު ބަސްކޮމިޓީގެ މެމްބަރުކަން19 ޝައްވާލު 1377 (1958.05.10)
- ރައްޔިތުންގެ މަޖިލީހުގެ ތ.އަތޮޅު މެމްބަރުކަން17 ޖެނުއަރީ 1959
- ފަނޑިޔާރު މަނިކުފާނުގެ މުޢާވިނުކަން20 މާޗް 1959
- މަޢާރިފު 2 ނަންބަރު މުދައްރިސްކަން15 އޮކްޓޯބަރ 1959
- ރައްޔިތުން މަޖުލީހުގެ ރައީސްކަން
- ބަސްކޮމިޓީގެ ރައީސްކަން
- ވަލީ ކޮމިޓީގެ މެންބަރުކަން
- ފިލްމު ސެންސަރު ބޯޑުގެ މެންބަރުކަން
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- އިންޓަނެޓް ބައެއް ވެބްސައިޓްތައް
- އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަލްފާޟިލް އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒަކީ • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު •
އަލްފާޟިލް މުޙައްމަދު ޝިހާބު •