އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު
ވިކިޕީޑިއާ އިން
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 13 އެޕްރީލް 1952 ން ފެށިގެން 21 އޮކްޓޯބަރ 1953 ގެ ނިޔަލަށެވެ.
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަކީ ދީނީ ތަޢުލީމް ރާއްޖޭގައި ފެތުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ޢަރަބި ދިވެހި ބަހުގެ ރަދީފެއް އަލްއީޤާޒް ގެ ނަމުގައި ނެރުއްވާފައެވެ. ދިވެހި ދައުލަތުގެ ތަފާތު ފެންވަރުގެ މަގާމްތައް މަލިމް މޫސާ މާފަތްކަލޭގެފާނު އަދާކުރައްވާފައި ވެއެވެ.
އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު އަކީ މަދަރުސަތުއް ސަނިއްޔާގައި އެންމެ ފުރަތަމަ ކިޔަވައިދެއްވި މުދައްރިސުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.
އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ • އަލްއަމީރު އިބްރާހީމް ޢަލީ ދީދީ • އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު • އައްޝައިޚް މަލިމް މޫސާ މާފަތްކަލޭގެފާނު • އަންނަބީލު އިބްރާހީމް ފަރީދު ދީދީ • އަލްފާޟިލް އަޙްމަދު ޒަކީ • އައްޝައިޚް އަޙްމަދު ޝާޠިރު • އަލްއުސްތާޛު އިބްރާހީމް ޝިހާބު • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒަކީ • އަލްއުސްތާޛު ޢަބުދުﷲ ޙަމީދު • އަލްފާޟިލް އަޙްމަދު ޒާހިރު •
އަލްފާޟިލް މުޙައްމަދު ޝިހާބު •