ޢަބުދުﷲ ޞާދިޤް
ވިކިޕީޑިއާ އިން
އަލްފާޟިލް ޢަބުދުﷲ ޞާދިޤް އަކީ އަދަނބީ ރޮނގުންނާއި، ކިޔަވައިދިނުމުގެ ރޮނގުން ދިވެހި ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އާއިލާ
ޢަބުދުﷲ ޞާދިޤް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 ޛުލްޙައްޖާ 1353 ގައި މ.އަތޮޅު މުލީގައެވެ. ބައްޕައަކީ މުލީ ޢަލީ ޙުސައިން ފުޅެވެ. މަންމަ އަކީ ހަމަ އެރަށު ޙައްވާ ފުޅެވެ. އާންމުކޮށް އަބްދުﷲ ސާދިޤުއަށް މިހުން ކިޔާ އުޅެނީ ސޯދުބެއެވެ.
[އުނިއިތުރު ގެންނަވާ] ޅެންވެރިކަން
ޅެއްހެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވަނީ ދާރުލް އިޤާމާ ގައި ހުންނެވި ދުވަސްވަރު މަދަރުސީ ދައުރުގައެވެ. ތަޢުލީމީ ދައުރު ނިންމާފައިވަނީ މަދަރުސަތުލް މަޖީދިއްޔާގެ 5 ވަނަ ކްލާހުންނެވެ. ޢަބުދުﷲ ޞާދިޤް އަކީ ފުދޭވަރަކަށް އުރުދޫ ބަސް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. ޅެން ހެއްދެވުމުގެ އިރުޝާދު ހޯއްދެވީ އަލް މަރުޙޫމް ޢަލީ މުޞްޠަފާގެ އަރިހުންނެވެ. ޅެން ހެއްދެވުމުގައި ވަކި ޚާއްޞަ ރޮނގެއް ފާހަގަކުރެވިފައެއް ނުވެއެވެ. ތަފާތު ރޮނގުތަކުން ޅެން ހައްދަވާފައި ވެއެވެ. ހައްދަވާފައިވާ ޅެންތަކުގެ ތެރެއިން އެންމެ ރަގަޅު ޅެމެއްކަމަށް ޞާދިޤް ފާހަގަކުރައްވަނީ މުސްތަޙީލު މިޅެމެވެ.
[އުނިއިތުރު ގެންނަވާ] އަދާކުރައްވާފައިވާ ވަޒީފާތައް
- މަދަރުސަތުލް މަޖީދިއްޔާގެ ދިވެހި މުދައްރިސްކަން
- މަދަރުސަތުލް އަމީނިއްޔާގެ ދިވެހި މުދައްރިސްކަން
- ސިލޯނުގައި ތިބޭ ދިވެހި ކިޔަވާކުދިންގެ ދިވެހި މުދައްރިސްކަން
- ވިޔަފާރި މިއަދުގެ ސެކެޓްރީކަން
- ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލީހުގެ މެންބަރުކަން
- ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުގެ ޚާއްޞަ މުޝީރުކަން
[އުނިއިތުރު ގެންނަވާ] ރިފަރެންސް
އަބާރަނަ 1 - މަލަސް1 – 28 ޖެނުއަރީ 1982 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖުލިސް އަބާރަނަ 2 - މަލަސް 24 – 15 ޖެނުއަރީ 1990 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު