އަލްޤާޒީ އައްސައްޔިދު ޙުސައިން ޢަފީފުއްދީން

ވިކިޕީޑިއާ އިން

(މިސްރާބުކުރެވުނީ ބޮޑުފެންވަޅުގޭ ސީދީ އިން)
ބޮޑުފެންވަޅުގޭ ސީދީ

އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ ނުވަތަ އަލްޤާޟީ ޙުސައިން ޢަފީފުއްދީނަކީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ.ބޮޑުފެންވަޅުގޭ ސީދީ އުފަންވެވަޑައިގަތީ 19 މެއި 1888 ގައެވެ. ބައެއް ތާރީޚް ތަކުގައި ބޮޑުފެންވަޅުގޭ ސީދީ އުފަންވެ ވަޑައިގަތީ 20 ޖޫން 1888 ކަމުގައި ލިޔެފައިވެއެވެ. އުފަންވެ ވަޑައިގަތް އިރު ކިޔާފައިވަނީ ޙުސައިން އަލް ޙުސައިނީ އެވެ. ބައްޕާފުޅަކީ މުޙައްމަދު ކުޑަ ސީދީ އެވެ. މަންމާ ފުޅަކީ ބޮޑުފެންވަޅުގޭ ދޮންމަނިކެ ނުވަތަ ހައްވާ ދީދީ އެވެ. ބޮޑު ފެންވަޅުގޭ ސީދީ ވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުކަން ކުރައްވާފައެވެ.


ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ޒަވާޖީ ޙަޔާތް

ބޮޑުފެންވަޅުގޭ ސީދީ 8 ބޭކަނބަލުންނާއި، ކައިވެނި ކުރެއްވި އެވެ. އޭގެތެރެއިން 4 ކައިވެންޏަކުން 5 ކުދިން ލިބިވަޑައިގެންފައިވެއެވެ. ފުރަތަމަ ކައިވެނި ބައްލަވައިގަތީ ބޮޑުގަލުގޭ ޢައިޝާ ދީދީ އާއެވެ.


[އުނިއިތުރު ގެންނަވާ] ޢިލްމު އުގެނުއްވުން

ބޮޑުފެންވަޅުގޭ ސީދީގެ ޙަޔާތުގެ ބޮޑުބައެއް އައްޑު އަތޮޅުގައި ހޭދަކުރައްވާފައި ވެއެވެ. އެއީ މަންމަ ފަރާތުގެ ތިމާގެ މީހުންނާއި، ބައްޕަ ފަރާތުގެ ތިމާގެ މީހުން އައްޑޫގައި އުޅުމާއި، އަދި އެދުވަސްވަރު އައްޑުއަކީ ދިވެހިރާއްޖޭގައި ތަޢުލީމު އުގެނުމުގެ ފުރުޞަތު އެންމެ ރަގަޅަށް އޮތް އެއް ހިސާބުކަމަށް ވުމުންނެވެ. އައްޑޫގައި ގަނޑުވަރު ޙުސައިން ދީދީގެ ދަރިކަލުން އަލްޙާއްޖު ޢަބުދުﷲ ދީދީގެ އަރިއަހުން ބޮޑުފެންވަޅުގޭ ސީދީ ޢިލްމު ޙާޞިލް ކުރެއްވި އެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
Adabiyyaat.jpg
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

[އުނިއިތުރު ގެންނަވާ] އަދަބިއްޔާތަށް ކުރެއްވި ޚިދުމަތް

ދިވެހި ތާރީޚް ލިޔާ ކޮމެޓީގެ މެންބަރެއްގެ ހައިސިއްޔަތުންނާއި، އަދަބީ އެކިއެކި ކޮމެޓީ ތަކުގެ މެންބަރެއްގެ ހައިސިއްޔަތުން ދިވެހި ތާރީޚާއި އަދަބަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. އެގޮތުން ޅެމާއި، ރައިވަރާއި ބެހޭގޮތުން ފޮތް ލިޔުއްވާފައި ވެއެވެ. ދިވެސް އަކުރު އުވިގެން ދިޔަ ނުދިނުމަށް ވެސް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. ބޮޑުފެންވަޅުގޭ ސީދީގެ ޅެންވެރިކަމުގެ އުސްތާޛަކީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން އެވެ. ރައިވަރުގެ އެދުރަކީ އައްޑު އަތޮޅު މީދޫ ގަނޑުވަރު ޙަސަން ދީދީގެ ދަރިކަލުން އެޅަގޭ ޢަބުދުﷲ ދީދީ އެވެ.

[އުނިއިތުރު ގެންނަވާ] ލިޔުއްވާފައިވާ ފޮތްތައް

  • އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީގެ އިހުގެ ޅެންތައް
  • ދިވެހި ޅެންވެރިކަމުގެ މަސައްކަތްތެރިކަމުގެ ރަންތަރާދު
  • ދިއްލީގޭ އިބްރާހީމް ދީދީގެ ވާހަކަ
  • ކަންޒުލް އަދަބު
  • މާމަކުނުދޫ ބޮޑުއީސަ ވާހަކަ

[އުނިއިތުރު ގެންނަވާ] އަދާކުރައްވާފައިވާ ވަޒީފާތައް

  • އުއްތަމަ ފަނޑިޔާރުކަން
  • ވަޒީރުލް މަޢާރިފްކަން
  • މާލޭގޭ ޚަޠީބުކަން
  • ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • ދިވެހި ތާރީޚްލިޔާ ކޮމެޓީގެ މެންބަރުކަން

[އުނިއިތުރު ގެންނަވާ] އަވަހާރަވުން

ބޮޑުފެންވަޅުގޭ ސީދީ އަވަހާރަވީ 27 ރަބީޢުލް އައްވަލް 1390 ގައި، 2 ޖޫން 1970 ގައި މާލޭ ގައެވެ. ފަސްދާނު ލެވިފައިވަނީ ގަލޮޅު ގަބުރުސްތާން ގައެވެ.

[އުނިއިތުރު ގެންނަވާ] ރިފަރެންސް

  • ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު