ޢަލީ އަޙުމަދު
ވިކިޕީޑިއާ އިން
އަލްފާޟިލް މާދޫގޭ އަލީ އަޙުމަދު އަކީ ހ.މާދޫގޭ އަޙުމަދު ކަލޭފާނާއި، ކެރަފާ މެދުމަނިކެ އާއި ދެކަނބަލުންގެ މާދޫގޭ ދޮންތުއްތު އެވެ. ފަހުން ޢަލީ އަޙުމަދު އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 10 މާރޗް 1917 ގައި ހ.މާދޫގޭގައެވެ.
[އުނިއިތުރު ގެންނަވާ] ތައުލީމް ޙާޞިލް ކުރެއްވުން
އަލްފާޟިލް މާދޫގޭ އަލީ އަޙުމަދު ތަޢުލީމު ޙާޞިލް ކުރެއްވީ މަދަރުސަތުއް ސަނިއްޔާ ( ފަހުން މަޖީދިއްޔާ ސްކޫލް ) އިންނެވެ. އޭގެ ފަހުން ދުވަސްކޮޅަކު ތަޢުލީމް ހޯއްދެވުމަށް މިޞްރުގައި ވެސް ހުންނެވި އެވެ. ދިވެހި ބަހުގެ ގަވާޢިދުގެ ހަމަތައް އޭނާ އުގެނިވަޑައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންއުއްތަމަ ފަނޑިޔާރު މަނިކުފާނުގެ އަރިހުންނެވެ. އުރުދޫ ބަހާއި ސިންގަޅަ ބަސްވެސް ދެނެވަޑައިގަނެއެވެ.
[އުނިއިތުރު ގެންނަވާ] އަދާކުރެއްވި ސަރުކާރުގެ ވަޒީފާތައް
- ރައްޔިތުން މަޖުލީހުގެ ސެކެޓްރީކަން
- މަޙްކަމަތުލް އިރުޝާދުގެ ވަކީލުކަން
- މަޖީދިއްޔާ ސްކޫލްގެ ނާޒިރުކަން
- އެޓާނީ ޖެނެރަލްގެ އެހީތެރިޔާކަން
[އުނިއިތުރު ގެންނަވާ] ތައުލީމީ ދާއިރާގައި
ތައުލީމާއި ތަރުބިއްޔަތުގެ ރޮނގުންވެސް ދިވެހި ގައުމަށް ޢަލީ އަހުމަދުގެ ޚިދުމަތް ވަނީ ލިބިފައެވެ. މަދަރުސަތުއް ސަނިއްޔާގެ ފިރިހެންކުދިންގެ ގޮފީގެ ދިވެހި މުދައްރިސް ކަމާއި، ހެލެބެލި ބައި ގެ މުރުޝިދުކަން ކުރެއްވި އެވެ. ފަހުން މަޖީދިއްޔާ ސްކޫލް އަށް ނަން ބަދަލުވިއިރު ވެސް މިދެވަޒީފާގައި ހުންނެވި އެވެ. ފަހުން މަދަރުސަތުލް ޢާލިޔާ، (މިހާރުގެ ޢާލިޔާ ސްކޫލް ) ގެ ނަމުގައި އޭނާގެ ގޭގައި (ހ.މާދޫގެ ) ސުކޫލެއް އުފައްދަވައި އެސުކޫލްގެ ނާޒިރުކަން ކުރައްވަމުން ކިޔަވައިދެއްވަމުން ގެންގޮސްފައި ވެއެވެ.