އަލްއަމީރު ޢަލީ ކުޑަރަންނަބަނޑޭރި ކިލެގެފާނު

ވިކިޕީޑިއާ އިންވިކިޕީޑިއާ
އަލްއަމީރު އަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު

އަލްއަމީރު އަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު އަކީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖުލިސްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. ރައްޔިތުންގެ މަޖުލީހުގެ ރައީސްކަން ކުރައްވާފައިވަނީ 8 ނޮވެމްބަރ 1945 ން ފެށިގެން 3 މާރޗް 1948 ގެ ނިޔަލަށެވެ.

އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު އަކީ އަޚްލާޤީ ގޮތުން ރަގަޅު، ދައުލަތަށް ވަފާތެރި ބޭފުޅެކެވެ. ތަޢުލީމް ޙާޞިލްކުރެއްވީ މާލެއިންނެވެ. ދިވެހި ބަހާއި ޢާންމު މަޢުލޫމާތު ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. އާންމުންނަށް ހެޔޮކޮށްހިތާ، ފަގީރުންނަށް އެހީ ފޯރުއްވާ ދީލަތި ބޭފުޅެކެވެ. އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނުގެ ބައްޕަ އަކީ ހެންވޭރުގޭ އަލްފާޟިލް މޫސާދީދީގެ އަލްވަޒީރު ޙަސަން ޙަކުރާ މަނިކުފާނު (ހެންވޭރުގޭ ޙަސަންދީދީ) އެވެ. މަންމައަކީ އަލްއަމީރު ޢަލީ ރަންނަބަނޑޭރި ކިލެގެފާނުގެ ޚަދީޖާދީދީ (ކަކާގޭ ކަނބައިދި ކިލެގެ) އެވެ. އުފަންވެ ވަޑައިގަތީ މީލާދީން 1883 ގައެވެ.

ފުރުއްވި މަގާމްތައް[އުނިއިތުރު ގެންނަވާ]

  • 1892 : އެންމެ ފުރަތަމަ އުފެއްދި ސިފައިންގެ ބޭފުޅެއް
  • 1909 : ޕިޗޯރީންގެ ގަޑުބަޑުގައި ޝަމުސުއްދީން އައްޔަންކުރެއްވި ޚާއްޞަ ސިފައިންގެ ބޭފުޅެއް
  • މާބަނޑޭރިކަން : ޝަމްސުއްދީންގެ ރަސްކަމުން ފެށިގެން ޙަސަން ނޫރައްދީންގެ ރަސްކަން ނިމެންދެން
  • 20 ޑިސެމްބަރު 1928 : ކުޑަރަންނަބަނޑޭރިކަން
  • 1932 : ގާނޫނު ހަދާ މަޖުލީހުގެ މެންބަރުކަން
  • 5 ޖުލައި 1936 : ރަދުންގެ ކާތިބުއްސިއްރު ކަން
  • 1943 : ވަލީ ކޮމިޓީގެ މެންބަރުކަން
  • އަމީނުއްސިރާއު ކަން
  • 16 ފެބުރުއަރީ 1944 : ވަޒީރުންގެ މަޖުލީހުގެ މެންބަރުކަން
  • 19 ފެބުރުއަރީ 1944 : ދައުލަތް ހިންގާ ވަގުތީ ވެރިޔާކަން

އަލްއަމީރު ޢަލީ ކުޑަ ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަވީ 3 މާރޗް 1946 ގައެވެ. އެއީ ހިޖުރައިން 21 ރަބީޢުލް އާޚިރު 1367 ގައެވެ. ==ބޭފުޅުން ==* ޙަސަން ޢަލިދީދީ

  • ޙުސައިން ޢަލިދީދީ
  • އަޙުމަދު ޢަލިދީދީ
  • ފާތިމަތު ދީދީ
  • ޢާއިޝަތު ދީދީ

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006