ދިވެހި އަދަބީ ތާރީހް

ވިކިޕީޑިއާ އިން

ދިވެހި އަދަބީ ތާރިހް ބެހިގެން ވަނީ މައިގަނޑު ތިން ދައުރަކަށެވެ. އެއީ އިންސާނެއްގެ އުމުރުގެ ކުރީ ކޮޅުގެ ތިން ދައުރާއި އެއްގޮތަށެވެ. އެންމެ ފުރަތަމަ ޅަފަތުގެ ދައުރު އެވެ. އެއަށް ފަހު ދެވަނަ އަށް ފިރުކިގަތް ދައުރު ފިރުކެންފެށި ދައުރެވެ. ތިންވަނަ ދައުރަކީ ހިނގައި ގަނެވުނު ދައުރެވެ. މިއިން ކޮންމެ ދައުރެއް އަނެއް ދައުރަށް ބަދަލުވެގެން ދިޔައީ ސަބަބު ތަކަކާއި ލައިގެންނެވެ. ދިވެހިންގެ ތެރެއަށް އިލްމު ފެތުރި އާންމުވެގެން ދިޔުމާއި، އޭގެ ސަބަބުން މީސްތަކުންގެ ވިސްނުމަށް ބަދަލު އައުމާއި، ލިޔެކިޔުމާއި، ޗާޕުގެ މަސައްކަތް ފަސޭހަ ވުމަކީ މީގެ ސަބަބުތައް ކަމުގައި ބެލެވެއެވެ.

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު

ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ޅަފަތުގެ ދައުރު

ދިވެހި އަދަބީ ތާރީހުގެ އެންމެ ފުރަތަމަ ދައުރަކީ ބަޔާންވެ ދިޔަ ފަދައިން ޅަފަތުގެ ދައުރެވެ. މިދައުރަކީ އެއްގޮތަކަށްވެސް ޗާޕު ކޮށްގެން ލިޔުންތައް ލިޔެވުނު ޒަމާނެއް ނޫނެވެ. އެހެންކަމުން އެޒަމާނުގައި އަތުން ލިޔެގެންނާއި އަނގަބަހުން ކިޔައި ދީގެން ގެންގުޅުނު އަދަބީ ތަރިކައިގެ އެތައް އެއްޗެއް މިޒަމާނަށް އައި އިރު ވަނީ ގެއްލިފައެވެ. އެގޮތުން މިދުވަސްވަރުގެ އަދަބީ އުފެއްދުން ތަކުގެ ތެރެއިން މިހާރު ފެންނަން ހުރީ އެދުރު އުމަރު މާފަތް ކަލޭގެފާނު ބޮޑުތާހީދާއި (ރައިވަރު ފޮތެއް) ،އައްޑޫ ބަނޑޭރި ހަސަން މަނިކުފާނު ހެއްދެވި ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރެވެ. މިދެންނެވި ބޮޑުތާހީދާއި، ދިޔޯގެ ރައިވަރާއި، އަރިއަތޮޅު އަރުމާދު ރައިވަރަކީވެސް އަތްއަތް މަތިން ރައްކާ ކުރެވިފައިވާ ތަކެއްޗެވެ. މިއީ ދިވެހި އަދަބުގެ ޅަފަރުގެ ދައުރުގެ އަދީބުންގެ ލިޔުންތެރިކަމުގެ ހުނަރުގެ އަލިގަދަ ހެކިތަކެވެ.

[އުނިއިތުރު ގެންނަވާ] ޅަފަތުގެ ދައުރުގައި ޚިދުމަތް ކުރެއްވި އަދީބުން

[އުނިއިތުރު ގެންނަވާ] އެދުރު އުމަރު މާފަތް ކަލޭގެފާނު

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އެދުރު އުމަރު މާފަތް ކަލޭގެފާނު

[އުނިއިތުރު ގެންނަވާ] ބަނޑޭރި ހަސަން މަނިކުފާނު

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބަނޑޭރި ހަސަން މަނިކުފާނު

[އުނިއިތުރު ގެންނަވާ] ފިރުކެންފެށި ދައުރު

ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރަކީ ކުރީގެ ދައުރަށް ވުރެ، އިލްމުވެރީން ގިނަވެފައިވާ ދުވަސްވަރެކެވެ. އެންމެ ފުރަތަމަ ލިޔުންތައް ޗާޕު ކުރެވެން ފެށީ މިދައުރުގައެވެ. އަދި ދިވެހި ޅެންވެރިކަމަށް އާވައްތަރެއް ތަޢާރަފްވެގެން ދިޔައެވެ. އެއީ ޅެމެވެ. މިގޮތުން އެންމެ ފުރަތަމަ ޅެމެއް ހެއްދެވީ ހުތް އަލިދީދީ އެވެ. އެއީ އަރަބި ޅެންވަޒަނެއް އަސްލަކަށް ބައްލަވައިގެންނެވެ. ޅަފަތުގެ ދައުރާއި ފިރުކެންފެށި ދައުރުގެ ލިޔުންތަކަށް ބަލާއިރު އަދަބިއްޔާތަށް ފާހަނގަ ކުރެވޭ ބަދަލުތަކެއް އައިސްފައިވާ ކަމަށެއް ނުފެނެއެވެ. މިދެދައުރުގެ ލިޔުންތައް ހުރީ ދާދި އެއްގޮތަކަށެވެ.

މިދައުރުގައި ފާހަނގަ ވެގެން ދާ އަނެއްކަމަކީ ނައިބުތުއްތުގެ މަސައްކަތްތެރިކަމެވެ. އެކި ރޮނގު ރޮނގުން ފޮތްލިޔުއްވައި، ރައިވަރު ހެއްދެވިއެވެ. އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ނަކަލުކުރެވެމުން އައި އައްޑޫބަނޑޭރި ހަސަން މަނިކުފާނުގެ ރައިވަރުތަކުން ކުށް ފިލުއްވައި ރަނގަޅު ކުރެއްވިއެވެ.

ނައިބުތުއްތުގެ އެންމެ އިސް އެއް ދަރިވަރަކީ ހުސެއިން ސަލާހުއްދީނެވެ. ނައިބު ތުއްތުގެ އަދަބީ މަސައްކަތްތަށް މިއަދާއި ހަމަޔަށް ގެނެސްދިން ބޭފުޅަކީ ހުސެއިން ސަލާހުއްދީނޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. މިސަބަބަށްޓަކައި ހުސެއިން ސަލާހުއްދީން ހިމެނި ވަޑައިގަންނަވަނީ ދިވެހި އަދަބުގެ ތާރީހުގެ ފިރުކެންފެށި ދައުރާއި ހިނގައިގަނެވުނުދައުރާ ދެ ދައުރުގެވެސް އަދީބަކަށެވެ. އައްޑޫ މީދޫ ގަނޑުވަރު ޙަސަންދީދީ ގެ ދަރިކަލުން އެޅަގޭ ޢަބްދުﷲދީދީއަކީ ދިވެހި ރައިވަރުގެ ފުންނާބު އުސް އުސްތާޛެކެވެ. މިރޮނގުގައި އޭނާގެ އެންމެ ފާހަގަ ކުރެވޭ އެއްދަރިވަރަކީ ބޮޑު ފެންވަޅުގޭ ސީދީއެވެ.

[އުނިއިތުރު ގެންނަވާ] ފިރުކެންފެށި ދައުރުގައި ޚިދުމަތް ކުރެއްވި އަދީބުން

[އުނިއިތުރު ގެންނަވާ] ނައިބު ތުއްތު

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ނައިބު ތުއްތު

[އުނިއިތުރު ގެންނަވާ] އެޅެގޭ އަބްދުއްﷲ ދީދީ

  • ސ. މީދޫ ގަނޑުވަރު ޙަސަންދިދީގެ ދަރިކަލުން އެޅަގޭ ޢަބްދުﷲ ދީދީ

[އުނިއިތުރު ގެންނަވާ] ހުތް އަލި ދީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުތް އަލީ ދީދީ

[އުނިއިތުރު ގެންނަވާ] ހުސެއިން ޞަލާހުއްދީން

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުސެއިން ޞަލާހުއްދީން

[އުނިއިތުރު ގެންނަވާ] ހިނގައިގަނެވުނު ދައުރު

ދިވެހި އަދަބިއްޔާތަށް ފާހަނގަ ކޮށްލެވޭ ބަދަލެއް އައިސްފައިވަނީ ހިނގައިގަނެވުނު ދައުރުގައެވެ. އެހެންނަމަވެސް ހިނގައިގަނެވުނު ދައރު ފެށުނު ދުވަސްވަރުގެ ލިޔުންތަކާއި އިބާރާތްކުރުމުގެ ވައްތަރުތައް ހުރީ ފިރުކެންފެށި ދުވަސްވަރުގެ ލިޔުންތަކާއި ދާދި އެއްގޮތަށެވެ. ނަމަވެސް މުހައްމަދު އަމީން އިސްވެ ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ އެއްގެ ގޮތުން މިކަން ބަދަލު ކުރެއްވިއެވެ. އިބާރާތް ކުރުމާއި ޖުމްލަ އެކުލަވައިލުމުގައި އާ ގޮތްތަކެއް ހޯއްދެވިއެވެ. އެދުވަސް ވަރުގެ ލިޔުންތެރީންނާއި އަދީބުން މިކަން ކުރިއަރުވައި އާލާ ކުރިއެވެ. ރާއްޖެއަށް ތައުލީމު އާންމު ކުރުވަން ފެއްޓެވީ ވެސް މިދުވަސްވަރުގައެވެ. އަދި މިދުވަސްވަރު ޅެންވެރިންނާއި، އަދީބުންނާއި، ވާހަކަދެއްކުންތެރިން އުފެދިގެން ދިޔައެވެ. ރާއްޖޭގައި ނޫސްވެރިކަމާއި، އަދަބީ ޚަރަކާތެއްގެ ގޮތުގައި ޚަރަކާތްތަކެއް ހިނގަންފެށި އެންމެ ފުރަތަމަ ނޫސް މަޖައްލާ ނެރެން ފެށުނެވެ. އަދި ކުރިން ލިޔަމުން އައި ތާނައިގެ އަކުރުތަކުގެ ފައިކޮޅު ކުރުކުރެވުނެވެ. އޭގެ ކުރީގައި ލިޔެ އުޅުނީ ފައިކޮޅު ދިގު ތާނަ އަކުރުންނެވެ. ހިނގައިގަނެވުނު ދައުރުގެ ކުރީގައި ޖުމްލަތައް ބޭނުން ކުރަނީ "އެވެ" ބޭނުން ނުކޮށް "ހުށި"، "މެއަ" ފަދަ ގޮތަކަށެވެ.

މިސާލު

  • އެންމެތަކުން މިގޮތްމަތިން ކުރަމުން ގެންދާ ހުށި
  • މިނޫނަސް ކިތަންމެ އެއްޗެއް ލިބުނު މެއަ

[އުނިއިތުރު ގެންނަވާ] ހިނގައިގަނެވުނު ދައުރުގައި ޚިދުމަތް ކުރެއްވި އަދީބުން

[އުނިއިތުރު ގެންނަވާ] މުހައްމަދު އަމީން ދީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު

[އުނިއިތުރު ގެންނަވާ] ހުސެއިން ޞަލާހުއްދީން

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހުސެއިން ޞަލާހުއްދީން

[އުނިއިތުރު ގެންނަވާ] ބޮޑުފެންވަޅުގޭ ސީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބޮޑުފެންވަޅުގޭ ސީދީ

[އުނިއިތުރު ގެންނަވާ] އިބްރާހިމް ޝިހާބް

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އިބްރާހިމް ޝިހާބް

[އުނިއިތުރު ގެންނަވާ] މުހައްމަދު ޖަމީލްދީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުޙައްމަދު ޖަމީލުދީދީ

[އުނިއިތުރު ގެންނަވާ] އަހްމަދު ކާމިލް ދީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަހުމަދު ކާމިލް ދީދީ

[އުނިއިތުރު ގެންނަވާ] މުހައްމަދު އިސްމާއިލް ދީދީ

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: މުހައްމަދު އިސްމާއިލް ދީދީ

[އުނިއިތުރު ގެންނަވާ] އަބްދުއްﷲ ޖަލާލުއްދީން

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: އަބްދުއްﷲ ޖަލާލުއްދީން
Personal tools