އައްޝައިޚް ޢުމަރު ޢީސާ
ވިކިޕީޑިއާ އިން
އައްޝައިޚް ޢުމަރު ޢީސާ އަކީ ކުޅަދާނަ ޅެންވެރި އެކެވެ. ޢަރަބި ބަސް ރަގަޅަށް ދެނެވަޑައިގަންނަވާ ޢިލްމުވެރި އެކެވެ. މުދައްރިސެކެވެ. ލިޔުންތެރި އެކެވެ. ސަރުކާރަށް ޚިދުމަތްކުރެއްވި ޚާދިމެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ތަޢުލީމް ޙާޞިލްކުރެއްވުން
އައްޝައިޚް ޢުމަރު ޢީސާ ތަޢުލީމް ޙާޞިލްކުރެއްވީ މިޞްރުންނެވެ. އެތަނުން އޭނާ އިބްތިދާއީ ތަޢުލީމް ނިންމި އެވެ. 1920 ވަނަ އަހަރުގެ ދުވަސްވަރު މިޞްރު ފަދަ ތަންތަނުގައި އިބްތިދާއީ ތަޢުލީމް ނިންމާފައި ތިބޭމީހުންނަކީ ވަރަށް ފެންވަރު ރަގަޅު ބައެއް ކަމުގައި ބެލެވިފައި ވެއެވެ. އެއީ ހަގީގަތެއްކަން ޢުމަރު ޢީސާގެ ދުލާއި ގަލަމުން ދިވެހިންނަށް ސާބިތު ކޮށްދީފައި ވެއެވެ.
[އުނިއިތުރު ގެންނަވާ] ބަހަށްކުރެއްވި ޚިދުމަތް
[އުނިއިތުރު ގެންނަވާ] ތަރުޖަމާ ކުރެއްވުން
އައްޝައިޚް ޢުމަރު ޢީސާ ވަނީ ތަފާތު ފޮތްތަކެއް ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާކޮށްދީފައެވެ. އެގޮތުން ތަރުޖަމާކޮށްދީފައިވާ ބައެއް ފޮތްތަކުގެ ނަންތައް ތިރީގައި މިވަނީއެވެ.
- ފަރުޟު ފަސް ނަމާދު
- ހަނގުރާމައިގެ ރަންހާރު
- ޖޯން އާއި ޖޭން
- ރަތް ބުރު
- ކަލީލާ ވަ ދިމްނާ
- ފޫހިފިލުވާ ގުލްޒާރުގެ ނަމުގައި ނެރުނު ވާހަކަތައް
- ކައުންޓް އޮފްދަ މައުންޓް ކްރިސްޓޯ
[އުނިއިތުރު ގެންނަވާ] ޅެންވެރިކަން
އައްޝައިޚް ޢުމަރު ޢީސާ އަކީ ދިމާވި ކޮންމެ މައިގަނޑު ނަމަކަށް ޅެންހެދުމުގެ ގާބިލިއްޔަތު ލިބިފައިވާ ބޭފުޅެކެވެ. އައްޝައިޚް ޢުމަރު ޢީސާ އަކީ ދިވެހި ޅެންވެރިކަމުގެ ދުނިޔޭގައި މަޝްހޫރު ސީނި އަސުރުމާ އެވެ. އޭނާގެ ޅެންތައް ބޮޑަށް އަމާޒުކުރެވިފައި ހުރީ ނުވަތަ ޅެން ހެއްދެވުމުގައި ޚާއްޞަ ރޮނގެއްގެ ގޮތުން ގެންގުޅުއްވީ ލޯބީ ޅެންތައް ހެއްދެވުމެވެ.
[އުނިއިތުރު ގެންނަވާ] ސަރުކާރު ޚިދުމަތުގައި
ސަރުކާރުގެ ތަފާތު ވަޒީފާތަކުގައި އައްޝައިޚް ޢުމަރު ޢީސާ އުޅުއްވާފައިވެއެވެ. އެގޮތުން އަދާކުރައްވާފައިވާ ބައެއް ވަޒީފާތައް ތިރީގައި ބަޔާންކޮށްފައި މިވަނީއެވެ.
- މަޖީދިއްޔާ ސުކޫލްގެ މުދައްރިސްކަން
- މަޙްކަމަތުއް ޝަރުޢިއްޔާގެ ނާއިބުކަން
- މަޖީދިއްޔާ ސުކޫލްގެ ނާޒިރުގެ ނާއިބުކަން
- ބަންޑާރަ ނާއިބު އޮފީހުގެ މުޢާވިންކަން
- ޕީއާރްއެފް ޑިވިޝަންގެ އިމާމްކަން
[އުނިއިތުރު ގެންނަވާ] މަރުޖިޢުތައް
- ފަތްތޫރަ - ނޮވެމްބަރ 1988 - ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު