ބަނޑޭރި ހަސަން މަނިކުފާނު
ވިކިޕީޑިއާ އިން
އިހުގެ އަދީބުން ކުރެ ރައިވަރު ހެއްދެވުމުގައި އެންމެ ފާހަނގަކޮށްލެވޭ އެއް އަދީބަކީ ބަނޑޭރި ހަސަން މަނިކުފާނު އެވެ.ދިވެހިންގެ ތެރޭގައި ބަނޑޭރި ޙަސަން މަނިކުފާނު މަޝްހޫރުވެފައިވަނީ އަރުމާދާއި ދިޔޯގެ ރައިވަރު ލިޔުއްވި ޝާއިރުގެ ގޮތުންނެވެ. ބަނޑޭރި ޙަސަން މަނިކުފާނޭ ކިޔުނީ އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް ރަސްކަމުގައި މަތިގެ ހެއްދެވި އިރު، މަތިގޭގެ ބަނޑޭރި ކަމުގައި ހުންނެވީތީ އެވެ. ބަނޑޭރި ހަސަން މަނިކުފާނު އަކީ މީލާދީން 1700-1701 ވަނަ އަހަރާއި ދެމެދު ރަސްކަންކުރެއްވި، އިސްދޫ ޢަލީ ރަސްގެފާނުންގެ ޙަސަން ރަސްގެފާނުންގެ ޢަލިމަނިކު ފާނުންގެ ޙަސަން މަނިކު ފާނު އެވެ.މީނާއަކީ ސ.ހިތަދޫ އަށް އުފަންވެވަޑައިގެންނެވި ބޭފުޅެކެވެ. މިމަނިކުފާނު ރަދުންގެ ޚަވާޞުންގެ ތެރޭގައި އުޅުއްވީ އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް މިރަދުންގެ އަރިހުގައެވެ.
ބަނޑޭރި ޙަސަން މަނިކުފާނު އަކީ ކުޅަދާނަ ޝާޢިރެކެވެ. ބަސްމޮށުންތެރި އެކެވެ. ހަރުދަނާ ބުއްދިވެރި އެކެވެ. އޭނާގެ ރައިވަރުތަކުގެ ތެރެއިން މިޒަމާނަށް އައިރު ފެންނަން އޮތީ ދިޔޯގެ ރައިވަރާއި އަރިއަތޮޅު އަރުމާދު ރައިވަރުކަމަށް ޞަލާހުއްދީން ލިޔުއްވާފައިވެއެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] އަދާ ކުރެއްވި ބައެއް ވަޒީފާތައް
- އައްޞުލްޠާން މުޙައްމަދު މުޢީނުއްދީނުލް އައްވަލް ރަދުންގެ އޮފީސް ކަމުގައިވާ މަތިގެ ހެއްދެވިއިރު އެތާނގެ ބަނޑޭރިކަން
- ފަހުންވެސް ރަދުންގެ ޚާއްޞުންގެ ތެރޭގައި ހިމެނި ވަޑައިގެންނެވި
[އުނިއިތުރު ގެންނަވާ] އަދަބީ މަސައްކަތްތައް
- އަރުމާދު ރައިވަރު ލިޔުއްވުން
- ދިޔޯގެ ރައިވަރު ލިޔުއްވުން
ބަނޑޭރި ހަސަން މަނިކުފާނު ވަނީ މިދެރައިވަރުވެސް އޭރު ރަސްކަމުގައި ހުންނެވި ރަދުންނަށް ވެދުމަށް އަރުވާފައެވެ.
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
ބަނޑޭރި ޙަސަން މަނިކުފާނު ފަސްދާނު ލެވިފައިވަނީ ސ.ހިތަދޫ ތަކުރުފާނު މިސްކިތުގެ ގަބުރުސްތާން ގައެވެ. އަވަހާރަވީ 24މުހައްރަމް 1222 ވީ ހޮނިހިރު ދުވަހުގެ މެންދުރު ވަގުތުގައެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ކަންޒުލް އަދަބު - މަލަސް 40 - އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ - 1 އޮކްޓޯބަރ 1992 - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު