އިބްރާހީމް ރުޝްދީ އަލްއަޒްހަރީ
ވިކިޕީޑިއާ އިން
އައްޝައިޚް އިބްރާހީމް ރުޝްދީ (އުފަންވެވަޑައިގަތީ 15 އޮކްޓޯބަރ 1897 ، ހއ.ކެލާ ) އަކީ ދިގުމުއްދަތެއްގައި ދިވެހި ދައުލަތަށް ޚިދުމަތްކުރެއްވި އަގުހުރި ދިވެހި ދަރިއެކެވެ. ޚާއްޞަކޮށް ތަޢުލީމީ ރޮނގުންނާއި، އުގަންނައި ދެއްވުމުގެ ގޮތުން ވަރަށް މަތިވެރި ޝަޚްޞިއްޔަތެކެވެ. ޢަރަބި ބަހާއި ދިވެހި ބަހުގެ ޢިލްމް ވެރިއެކެވެ.
ފިހުރިސްތު |
[އުނިއިތުރު ގެންނަވާ] ނަސަބު
އައްޝައިޚް އިބްރާހީމް ރުޝްދީ (އުފަންވެވަޑައިގަތީ 15 އޮކްޓޯބަރ 1897 ، ހއ.ކެލާ ) އަކީ ތިލަދުންމަތީ އުތުރުބުރީ ކެލާގެ ބޭފުޅެކެވެ. ބައްޕަ އަކީ ހއ. ކެލާ މުރަނަ މުޙައްމަދުގެ މުރަނަ އިބްރާހީމް އެވެ. މަންމައަކީ ކެލާ ހައްވަ އެވެ.
[އުނިއިތުރު ގެންނަވާ] ތަޢުލީމް ޙާޞިލްކުރެއްވުން
އައްޝައިޚް އިބްރާހީމް ރުޝްދީ ގެ އުފަންރަށަކީ ހއ. ކެލާ އެވެ. އޭނާގެ ދިރިއުޅުން ފައްޓަވައިގަތީ ވަރަށް އާދައިގެ ފެންވަރެއްގައެވެ.އޭނާ އަކީ އަމިއްލަ ހިތްވަރާއި މަސައްކަތުން ތައުލީމް ހޯއްދެވި ބޭފުޅެކެވެ. ގޭގެ ނޯކިރީ ކުރެއްވުމާއި ބޯޓް ދަތުރުކުރެއްވުމުންނެވެ. މިދަތުރުތައް ކުރެއްވި ދުވަސްވަރު އޭނާ ޤަޞްދު ކުރެއްވީ އަރަބި ބަހުގެ ތައުލީމް ހޯއްދެވުމަށް މިޞްރަށް ފައިބާ ވަޑައިގަތުމަށެވެ.އޭނާ މިޞްރަށް ވަޑައިގަތީ މީލާދީން 1913 ވަނަ އަހަރު އެވެ. މިވަރުގަދަ އަޒުމް އޭނާ ކާމިޔާބު ކުރެއްވި އެވެ. މިޞްރުގެ ޖާމިޢުލް އަޒްހަރުގައި ގިނަ ދުވަސްތަކެއް ޢިލްމް ހޯއްދެވުމުގައި އޭނާ ހޭދަކުރެއްވި އެވެ. ބުނެވޭގޮތުގައި އަޒްހަރުގައި ގާތްގަނޑަކަށް 13 ވަރަކަށް އަހަރު ކިޔަވާ ވިދާޅުވުމަށް އުޅުއްވި އެވެ.
[އުނިއިތުރު ގެންނަވާ] ގައުމީ ޚިދުމަތުގައި
މިޞްރުން ތަޢުލީމް ޙާޞިލް ކުރެއްވުމަށް އައްޝައިޚް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ މާލެވަޑައިގަތީ ގާތްގަނޑަކަށް 1927 ވަނަ އަހަރު ހިސާބުގައެވެ. އޭރު ރާއްޖޭގައި އޮތީ ސުލްޠާން މުޙައްމަދު ޝަމްސުއްދީން(ތިންވަނަ)އިގެ ރަސްކަމެވެ. މިޞްރުން ކިޔަވައިގެން މާލެ ވަޑައިގަތުމަށްފަހު އައްޝައިޚް އިބްރާހީމް ރުޝްދީ މާލޭގައި އުފެދުނު ފުރަތަމަ މަދަރުސާ މަދަރުސަތުއް ސަނިއްޔާގެ މުދައްރިސަކު ކަމުގައި ހިމެނިވަޑައިގަތެވެ. މިގޮތުގެ މަތީން ގައުމަށް ޚިދުމަތް ކުރެއްވުމުގައި ހުންނަވަނިކޮށް އޭރުގެ ކީރިތި މަހާރަދުން އައްސުލް މުޙައްމަދު ޝަމްސުއްދީން ދައުލަތުގެ މަޝްވަރާ މަޖުލިސެއް އުފެއްދެވި ހިނދު އެމަޖުލީހުގެ މެންބަރަކު ކަމުގައި އައްޝައިޚް އިބްރާހީމް ރުޝްދީ އައްޔަން ކުރެއްވި އެވެ. އަދި ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީ އެކުލަވާލި މަޖުލީހުގެ މެންބަރަކަށް ވެސް އޭނާ ވެވަޑައިގަތެވެ.
ފުރަތަމަ ގާނޫނީ ސަރުކާރުގައި އައްޝައިޚް އިބްރާހީމް ރުޝްދީ ފުރުއްވީ ދައުލަތުގެ ބަންޑާރަ ނައިބުގެ ކަމުގެ މަތިވެރި މަގާމެވެ. މަޝްހޫރު މޮޓަރު ބޯޓް ގަޑުބަޑުގައި އޭނާ ސިލޯނުގެ ވެރިރަށް ކޮޅުނބަށް ފޮނުވާލިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ދެން އައްޝައިޚް އިބްރާހީމް ރުޝްދީ ފެނިވަޑައިގަތީ މަހުކަމަތުލް އައުޤާފުގެ ވެރިއެއްގެ ގޮތުންނެވެ. އާދެ ވަޒީރުލް އައުޤާފް ގެ މަގާމުގައި ހުންނަވަނިކޮށެވެ. މަޙްކަމަތުއް ޝަރުޢިއްޔާގެ އިސް ބޭކަލެއްގެ ގޮތުންނެވެ.
އައްޝައިޚް އިބްރާހީމް ރުޝްދީ ލިޔުއްވި ސުއްލަމުލް އަރީބު މިފޮތަކީ ދިވެހިބަހަށް އެމަނިކުފާނު ކުރެއްވި ވަރަށް ވެސް ބޮޑު ޚިދުމަތެކެވެ.
[އުނިއިތުރު ގެންނަވާ] އަދާކުރެއްވި ވަޒީފާތައް
- މަދަރުސަތުއް ސަނިއްޔާގެ މުދައްރިސްކަން
- ބަންޑާރަ ނައިބުކަން
- މަހުކަމަތުލް މަޢާރިފްގެ ވެރިކަން
- ވަޒީރުލް އައުގާފް ކަން
- މަޙުކަމަތުއް ޝަރުޢިއްޔާގެ ވެރިކަން
- ނިޔާ ކަނޑައަޅާ ކޮމިޓީގެ މެންބަރުކަން
[އުނިއިތުރު ގެންނަވާ] އަވަހާރަވުން
އައްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވެ ވަޑައިގަތީ 29 އޮކްޓޯބަރ 1961 ، 19 ޖުމާދިލް އޫލާ 1381 ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އައްޝައިޚް އިބްރާހީމް ރުޝްދީ އަވަހާރަވި އިރު ހުންނެވީ ވަޒީރުލް އައުޤާފްގެ މަގާމްގައެވެ. އޭނާ އަކީ ރާއްޖޭގެ ރައްޔިތުން މަޖުލީހުގެ މެންބަރެކެވެ. އެމަޖުލީހުގެ ނާއިބު ރައީސްކަންވެސް ދިގުމުއްދަތަކަށް ކުރެއްވި އެވެ. އައްޝައިޚް އިބްރާހީމް ރުޝްދީގެ ސަންދޯއްފުޅު އޭނާ ހުންނެވި ގެއިން ނެރެއްވުމުގައި އޭރުގެ ކީރިތި މަހާރަދުންނާއި، ބޮޑުވަޒީރާއި، ވަޒީރުން މަޖުލީހުގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.
[އުނިއިތުރު ގެންނަވާ] ރިފަރެންސް
- ރާއްޖޭގެ ވެރިކަމުގެ ތާރީޚްގެ ތެރެއިން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަން - މަލަސް 26 - އިބްރާހީމް ޝިހާބު - 15 ޖެނުއަރީ 1990 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު