ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީން

ވިކިޕީޑިއާ އިން

(މިސްރާބުކުރެވުނީ ހުސެއިން ޞަލާހުއްދީން އިން)
ހުސެއިން ސަލާހުއްދީން

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ ދިވެހި އަދީބުންގެ ތެރޭގައި ޅަފަތުގެ ދައުރުގައި އަރާހުންނެވި މޮޅު އަދީބެކެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 މެއި 1881 ގައި މާލޭގައެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލް ޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ.މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ފަޟީލަތުއްޝައިޚް ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު) އަށެވެ. ޞަލާހުއްދީނަކީޝަރްޢީ އުލޫމްތަކާއި ދިވެހި ޢުލޫމްތަކުގައި ވަރަށް އަރާ ހުންނެވި އިލްމެ ވެރިއެކެވް. ކުޅަދާނަ އަދީބެކެވެ. އަދި ޝާޢިރެކެވެ. ދިވެހ އަދަބިއްޔާތުގެ އެންމެ ބޮޑެތި ރާއިދުންގެ ތެރެއިން އެއް ރާއިދެވެ. އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ސަރުކާރުން ދެއްވިއެވެ.

ފިހުރިސްތު

[އުނިއިތުރު ގެންނަވާ] ދީނީ ޚިދުމަތްތައް

[އުނިއިތުރު ގެންނަވާ] ލިޔުއްވި ބައެއް ފޮތްތައް

  • ދޮންބީފާނު ވާހަކަ
  • ބޮޑު ތަކުރުފާނު ވާހަކަ
  • ޝައިޚް ޒުބައިރު
  • ނޫމާން މަރިޔަމް
  • މޯރނިންގ ސްޓާރ 1
  • މޯރނިންގ ސްޓާރ 2
  • ކީރިތި ރަސޫލާގެ ހަޔާތްޕުޅު
  • ހައްޖާ ޢުމުރާގެ ހުކުމްތައް
  • ރޮކަމްބޯލްގެ ދަރި
  • ފަތިހުގެ ތަރި - އެއްވަނަ ބައި
  • ފަތިހުގެ ތަރި - ދެވަނަ ބައި
  • އައްދުއްރަތުލް ބަހިއްޔާ ފީ ތަރުޖަމަތިލް އަޙްކާމުލް ޝަރުޢިއްޔާ
  • އަލްބުރުހާން އަލަލް އީމާން
  • އަލްޙަސަނާތި ފީ ތަރުޖަމަތިލް އަޛުކާރި ވައްދަޢަވާތިލް ވާރިދަތި ފިއްޞަލަވާތިލް މަފްރޫޟާތި
  • އައްނަހުޖަތުއް ސަވިއްޔާ ފީ ތަރުޖަމަތިލް އަރުބަޢީނައް ނަވަވިއްޔާ
  • ތަސްދީދުލް އަޛުހާނި ފީ ތަޖްވީދުލް ގުރުއާނި
  • އިލައިކުމް އައްޔުހައް ނުއްވާބު
  • ކާވެނީގެ ސުވާލުތައް
  • އައްތުޙްފަތުލް އަދަބިއްޔާ ލިއްޠުއްލާބިއް ލުޣަތިލް މަހަލްދީބިއްޔާ
  • ޖައުހަރަތުއް ތައުހީދި
  • އައްސުލްޠާން ހަސަން ނޫރައްދީން ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށާއި ރާއްޖެތެރެއަށް ނެރުނު އަމުރުފުޅުތައް
  • އައްސީރަތުއް ނަބަވިއްޔާ އަލްމުތަރުޖަމަތި ބިއްލުޣަތިލް މަހަލްދީބިއްޔާ
  • ތަސްބީހު ތަޙްލީލު ކިޔާގޮތް

[އުނިއިތުރު ގެންނަވާ] ސަރުކާރުގައި އަދާކުރެއްވި ބައެއް ވަޒީފާތައް

ސިލްސިލާ ލިޔުންތަކުގެ ބައި

އަދަބިއްޔާތު
Adabiyyaat.jpg
ދިވެހި އަދަބީ ތާރީހް

ޅަފަތުގެ ދައުރު

އެދުރު އުމަރު މާފަތް ކަލޭގެފާނު
ބަނޑޭރި ހަސަން މަނިކުފާނު

ފިރުކެންފެށި ދައުރު

ނައިބު ތުއްތު/ޖަމާލުއްދީން
ހުތް އަލީ ދީދީ
ހުސެއިން ޞަލާހުއްދީން

ހިނގައި ގަނެވުނުދައުރު

މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު
ބޮޑުފެންވަޅުގޭ ސީދީ
އިބްރާހިމް ޝިހާބް
މުޙައްމަދު ޖަމީލުދީދީ
އަހުމަދު ކާމިލް ދީދީ
މުހައްމަދު އިސްމާއިލް ދީދީ
އަބްދުއްﷲ ޖަލާލުއްދީން
ހުސެއިން ޞަލާހުއްދީން

  • މަދަރަސަތުއްސަނިއްޔާގެ ނާޡިރުކަން
  • ބަންޑާރަނާއިބުކަން
  • ފަނޑިޔާރުކަން
  • ފުރުތަމަ ޤާނޫނީ ސަރުކާރުގެ ވަޒީރުލް ޙައްޤާނިއްޔާކަން
  • އުއްތަމަފަނޑިޔާރުކަން
  • ދިވެހިރާއްޖޭގައި ދުސްތޫރީ ޙުކޫމަތެއް ޤާއިމްކުރެއްވުމަށް، ޤާނޫނު އަސާސީލިޔެ އެކަށްއެޅުމަށް އުފެއްދެވި މަޖީލުހުގެ މެމްބަރުކަމާއި އެ މަޖިލީހުގެ ސެކްރެޓަރީކަން
  • ރާއްޖޭގެ ތާރީޚުލިޔެ އެކަށައެޅުމަށް ދައުލަތުން އުފެއްދެވި ކޮމިޓީތަކުގެ މެމްބަރުކަން
  • ދައުލަތާއި ޝަރީޢަތް ހިންގުމުގައި މަހާރަދުންނަށް ލަފާދެއްވާ ބޭފުޅަކުކަން
  • ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރުމަށް ސަރުކާރުން އެކިފަހަރުމަތިން އެކަށައެޅުއްވި ކޮމިޓީތަކުގައި މުޝްތަޝާރުކަން ނުވަތަ ރައީސްކަން މިއެވެ

[އުނިއިތުރު ގެންނަވާ] އަވަހާރަވުން

ހުސެއިން ސަލާހުއްދީން އަވަހާރަވީ 1947 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައެވެ.

[އުނިއިތުރު ގެންނަވާ] ރިފަރެންސް

  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް

ތރީގައި މިވަނީ ޙުސައިން ސަލާޙުއްދީން އެ މަނިކުފާނުގެ އުސް ތާޛް އައްޝައިޚުލް ޙާފިޡު އިބްރާހިމް ތަކުރުފާނު ( ދޮންބެއްޔާ) މިކަލޭގެ ފާނު އަވަހާރަވުމުގެ ހިތާމާގައި އަރަބި ބަހުން ލިޔުއްވި މަރްޘިޔާއެވެ.


[އުނިއިތުރު ގެންނަވާ] އިތުރު ފާލަންތައް

އެހެން ބަސްބަހުން