ޙުސައިން ޞަލާޙުއްދީން

ވިކިޕީޑިއާ އިން
ފުންމަވާ: ސަމުގާ, ހޯއްދަވާ
ހުސެއިން ސަލާހުއްދީން

ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ އެއްވެސް އޮޅުމެއް ނެތް ގޮތުގައި ދިވެހިން މިހައިތަނަށް ދުށް އެންމެ ބޮޑު، އެންމެ ޚިދުމަތްތެރި އަދީބެވެ. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން އުފަންވެ ވަޑައިގަތީ 14 އެޕްރީލް 1881 (15 ޖުމާދަލްއޫލާ 1298) ވީ ބުރާސްފަތި ދުވަހު ފުރަމާލޭގައެވެ. މި މަނިކުފާނު ދިވެހި އަދަބަށް ކުރެއްވި ޚިދުމަތްތައް ހިމަނައި ގުނައިލެވޭ ވަރަށް ވުރެން ގިނައެވެ. ޅެންތަކާއި ރައިވަރުތަކެވެ. މަޒުމޫނުތަކާއި ޚުޠުބާތަކެވެ. ވާހަކަތަކެވެ. ދީނީ ފޮތްތަކެވެ. ނުލިޔުއްވާ މައުޟޫޢެއް ނެތެވެ. ޅެން ވިދާޅުނުވާ ބާބެއް ނެތެވެ. ޞަލާހުއްދީންގެ އެންމެ ބޮޑު އުސްތާޛަކީ އަލް ޢައްލާމާ އައްޝައިޚް އަލްޙާފިޡް އިބްރާހިމް ތަކުރުފާނު (ސ.މީދޫ އައިސާބީގެދަރު ދޮންބެއްޔާ) މިކަލޭގެ ފާނެވެ. ދެން އޭގެ ފަހުގައި ޞަލާޙުއްދީން ދަރިވަރުވެ ވަޑައިގަތީ އައްޝައިޚް މުޙައްމަދު ޖަމާލުއްދީން (ނާއިބު ތުއްތު) އަށެވެ. އެންމެ އަށާރަ އަހަރުގައި އެމަނިކުފާނަށް ފަނޑިޔާރުގެ އިސް އެހީތެރިޔާގެ މަޤާމު ސަރުކާރުން ދެއްވިއެވެ.

ނަސަބު[އުނިއިތުރު ގެންނަވާ]

ފަލީތުއްޝައިޚު ޙުސައިން ޞަލާޙުއްދީނަކީ، މާލޭ ބޮޑުގަލުގޭ އަލްފާޟިލް އިސްމާއީލް މަނިކުގެ މޫސާދީދީގެ ދޮށީ ދަރިކަލުން ދަރަވަންދޫގޭ ޙުސައިން ދީދީއެވެ. މަންމައަކީ، ދަރަވަންދޫގޭ އަލްމުޙްތަރަމާ ތުއްތު އިސްވެ ދެންނެވި ބޭފުޅުންގެ އިތުރައްވެސް، އަޅުގަނޑުމެންގެ ރާއްޖެދުއް ޢިލްމުވެރީންތަކެއްގެތެރޭ އެމަނިކުފާނުގެ ދަރިވަރުންކަމުގައިވި، އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ، އަލްފާޟިލް ޙުސައިން ޙިލްމީ ދީދީ، އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ، އައްސައްޔިދު އަބުދުލް ޤައްޔޫމު ދޮންސީދީ، އައްނަބީލު މަލިން މުޙައްމަދު ދީދީ، އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނު، އައްސައްޔިދު ކަޅުހުރާގޭ ތުއްތު ސީދީ، އައްޝައިޚު މުޙައްމަދު ނަސީރުމަނިކު، އައްޝައިޚު އަބުދުﷲ ދީދީ (ދަރަވަންދޫގޭ) އަލްފާޟިލް ޢަބުދުލް ޙަކީމް ކާންނާ ކަލޭފާނު، މިބޭބޭފުޅުން ހިމެނެއެވެ. މީގެތެރެއިން، އަޙުމަދު ކާމިލްއާއި ޙުސައިން ޙިލްމީ ފިޔަވައި އެހެން ބޭފުޅުންނަކީ ރާއްޖެއިން ބޭރުގެތާކުން ކިޔަވައި ވިދާޅުވުމެއްނެތި، ޢިލްމުވެރީންގެ ސަފުގައި ހިމެނުނު ބޭފުޅުންނެވެ.

ލިޔުއްވި ފޮތްތަށް

  • އައްދުއްރަތުލް ބަހިއްޔާ ފީ ތަރުޖަމަތިލް އަޙްކާމުލް ޝަރުޢިއްޔާ
  • އަލްބުރުހާން އަލަލް އީމާން
  • އަލްޙަސަނާތި ފީ ތަރުޖަމަތިލް އަޛުކާރި ވައްދަޢަވާތިލް ވާރިދަތި ފިއްޞަލަވާތިލް މަފްރޫޟާތި
  • އައްނަހުޖަތުއް ސަވިއްޔާ ފީ ތަރުޖަމަތިލް އަރުބަޢީނައް ނަވަވިއްޔާ
  • ތަސްދީދުލް އަޛުހާނި ފީ ތަޖްވީދުލް ގުރުއާނި
  • އިލައިކުމް އައްޔުހައް ނުއްވާބު
  • ކާވެނީގެ ސުވާލުތައް
  • އައްތުޙްފަތުލް އަދަބިއްޔާ ލިއްޠުއްލާބިއް ލުޣަތިލް މަހަލްދީބިއްޔާ
  • ޖައުހަރަތުއް ތައުހީދި
  • އައްސުލްޠާން ހަސަން ނޫރައްދީން ރަދުންނަށް ރަސްކަމަށް ކޮލިލުމަށްފަހު ރަދުންގެ ފަރާތުން މާލޭގެ ހަތަރު އަވަށާއި ރާއްޖެތެރެއަށް ނެރުނު އަމުރުފުޅުތައް
  • އައްސީރަތުއް ނަބަވިއްޔާ އަލްމުތަރުޖަމަތި ބިއްލުޣަތިލް މަހަލްދީބިއްޔާ
  • ތަސްބީހު ތަޙްލީލު ކިޔާގޮތް


އަވަހާރަވުން[އުނިއިތުރު ގެންނަވާ]

ހުސެއިން ސަލާހުއްދީން އަވަހާރަވީ 1948 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. ފަސްދާނުލެވިފައިވަނީ ސްރީލަންކާގެ ކޮލޮމްބޯގައެވެ.

ރިފަރެންސް[އުނިއިތުރު ގެންނަވާ]

  • އިންޓަނެޓް ބައެއް ވެބްސައިޓްތައް
  • އެޓާނީ ޖެނެރަލް އޮފީހުގެ ވެބްސައިޓް
  • ހަދާނާއި ތާރީޚަށްޓަކައި ދިވެހިރާއްޖެ - 2 - ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒު
  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]

]