Jump to content

ޖޭމްސް މެޑިސަން

ވިކިޕީޑިއާ އިންވިކިޕީޑިއާ
ޖޭމްސް މެޑިސަން
އެމެރިކާގެ 4 ވަނަ ރައީސް
In office
ފަންވަތް:En dash range
Vice Presidentޖޯޖް ކްލިންޓަން
Preceded byތޯމަސް ޖެފަރސަން
Succeeded byޖޭމްސް މޮންރޯއި
Personal details
އުފަން ތާރީހްމާރޗް 16، 1751
ޕޯޓްކޮންވޭ، ވާޖީނިއާ
Diedޖޫން 28 1836 (85 އަހަރުގައި)
މޮންޓް ޕެލިއަރ, ވާޖީނިއާ
Nationalityއެމެރިކަން
Spouse(s)ޑޮލީ ޓޮޑް މެޑިސަން
Occupation(ގާނޫނީ ވަކީލެއް)
ދީންއެޕިސްކޯޕަލް/ޑެއިސްޓް
Signature

މިއީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އަކީ އެމެރިކާގެ 4 ވަނަ ރައީސެވެ. ޖޭމްސް މެޑިސަން އުފަންވެފައިވަނީ 16 މާރޗް 1751 ގައެވެ. އެމެރިކާގެ 4 ވަނަ ރައީސެއްގެ ގޮތުން 4 މާރޗް 1809ން 4 މާރޗް 1817 އަށް ރައީސްކަން ކުރެއްވި ޖޭމްސް މެޑިސަން ދުނިޔެ ދޫކޮށްފައިވަނީ 28 ޖޫން 1836 ގައެވެ. 1787ގައި އެމެރިކާގައި އެކުލަވާލެވުނު ގާނޫނުތައް ހެދުމުގައި ޖޭމްސް މެޑިސަން ކުޅެފައިވާ ފުރިހަމަ ދައުރުގެ ސަބަބުން އޭނާ އަށް ދުސްތޫރުގެ ބައްޕަގެ ނަމުން މުޚާތަބު ކުރެވިފައި ވެއެވެ. 1788 ގައި ފެޑަރަލިސްޓް ޕޭޕާރސްގެ ތިންބައި ކުޅައެއްބައި ޖޭމްސް މެޑިސަން ލިޔުއްވި އެވެ. ފުރަތަމަ ކޮންގްރެސްގައި ބައިވެރިވި ލީޑަރެއްގެ ގޮތުން ޖޭމްސް މެޑިސަން ވަނީ އަސާސީ އެތައް ގާނޫނު ތަކެއް ލިޔުއްވާފައެވެ. ޚާއްޞަ ކޮށް އޭރު އިސްލާހުކުރެވުނު ގާނޫނަށް ގެނެވުނު ފުރަތަމަ 10 އިސްލާާޙަކީ ޖޭމްސް މެޑިސަން ގެންނެވި އިސްލާހުތަކެވެ. މިސަބަބާހުރެ ހައްގުތަކުގެ ބިލް ގެ ބައްޕަ ގެ ނަމުންވެސް ނިސްބަތް ކުރެވިފައި ވެއެވެ.

ލީޑަރެއްގެ ގޮތުން ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ގައި ޖޭމްސް މެޑިސަން މަސައްކަތްކޮށްފައިވަނީ ރައީސް ޖޯޖް ވޮޝިންގޓަން އާއި ގުޅިވަޑައިގެން އާ ފެޑެރަލް ސަރުކާރެއް އެކުލަވާލުމަށްޓަކައެވެ. 1791 ވަނަ އަހަރު އެލެގްޒެންޑަރ ހެމިލްޓަން އާއި ދެކޮޅަށް ޖޭމްސް މެޑިސަން ތޯމަސް ޖެފަރސަން އާއި ގުޅިވަޑައިގެން ފެޑެރަލިސްޓުންގެ ސިޔާސަތާއި ދެކޮޅަށް މަސައްކަތް ކުރެއްވި އެވެ. އެގޮތުން ޑިމޮކްރެޓިކް ރިޕަބްލިކަން ޕާޓީ އުފެއްދެވިއެވެ. އަދި ޖޭ ޓްރީޓީގެ އެއްބަސްވުމާއި، ބޭންކް އުފެއްދުމުގެ ސިޔާސަތަކީ ވެސް ފެޑެރަލިސްޓުންނާއި ދެކޮޅަށް ކުރެއްވި ކަންތައްތަކެވެ.

ތޯމަސް ޖެފަރސަން ގެ ސަރުކާރުގައި ސެކެޓްރީ އޮފް ސްޓޭޓްގެ ހައިސިއްޔަތުން 1801ން 1809 އަށް މަގާމް ފުރުއްވި އިރު ލޫޒިޔާނާ އަނބުރާ އެމެރިކާ އަށް ހޯދުމަށް ކުރެވުނު މަސައްކަތް އެންމެ ކައިރިން ބެލެހެއްޓެވީ އެކަކީ ޖޭމްސް މެޑިސަން އެެވެ. 1812 ވަނަ އަހަރު ގެ ހަގުރާމަ ހިނގާފައިވަނީ ވެސް ޖޭމްސް މެޑިސަން ގެ ވެރިކަމުގައެވެ. މިއީ އިގިރޭސީންނާއި ދެކޮޅަށް އެމެރިކާގެ އިގްތިޞާދީ ހައްގުތައް ހިމާޔަތްކުރުމަށް ކުރެވުނު ހަގުރާމަ އެކެވެ. އެމެރިކާގެ ދެވަނަ ގައުމީ ބޭންކެއް އުފެއްދުމަށް ޖޭމްސް މެޑިސަން ތާއީދު ކުރައްވާފައި ވެއެވެ.


އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

ޖޭމްސް މެޑިސަން އާއި ޑޮލީ ޕޭން ޓޮޑް ގެ ކައިވެނި ކުރެވުނީ ސެޕްޓެމްބަރ 14 1794 ގައެވެ. ފަސްޓް ލޭޑީ އެއްގެ ހައިސިއްޔަތުން ޑޮލީ ޕޭން ޓޮޑް ވަނީ ރައީސް ޖޭމްސް މެޑިސަން އަށް ލަފާ އަރުވާ ބޭފުޅެއްގެ ދައުރު އަދާކޮށްފައެވެ.


ސިޔާސީ ޙަޔާތް[އުނިއިތުރު ގެންނަވާ]

1776ން 1779 އަށް ޖޭމްސް މެޑިސަން ވަނީ ތޯމަސް ޖެފަރސަން ގެ ޕްރޮޓަޒޭ އެއްގެ ހައިސިއްޔަތުން ސްޓޭޓް ލެޖިސްލޭޗަރ ( ގާނޫނު ހަދާ މަޖްލިސް ) ގައި ޚިދުމަތް ކުރައްވާފައެވެ. ވާޖީނިއާގެ ސިޔާސަތު އެކުލަވާލުމުގެ ތެރޭގައި ޑެކްލަރޭޝަން އޮފް ރިލިޖަސް ފްރީޑަމް ޑްރާފްޓް ކުރުމުގައި ޖޭމްސް މެޑިސަން އެހީތެރިވެ ދީފައި ވެއެވެ. މިބުނި ޑެކްލަރޭޝަންގެ ދަށުން ޗާރޗް އޮފް އިންގްލަންޑް އުވާލައި، އަދި ދީނީ މިނިވަންކަމުގެ ތެރެއަށް ދައުލަތުގެ ބާރު ފޯރުވުމުގެ ހައްގެއް ނޯވެއެވެ. 1780ން 1783 އަށް ކޮންޓިނެންޓަލް ކޮންގްރެސް ގައި މަންދޫބެއްގެ ގޮތުން ބައިވެރި ވެފައި ވެއެވެ.

ދުސްތޫރުގެ ބައްޕަ[އުނިއިތުރު ގެންނަވާ]

ވާޖީނިއާގެ ގާނޫނު ހަދާ މަޖްލީހުގައި ޞުލްޙަ މަސަލަސް ކަން ގައުމުގައި ގާއިމް ކުރުމަށް ބާރު އެޅުއްވި އެވެ. 1787 ވަނަ އަހަރު ފިލަޑެލްފިއާ ގައި އޮތް ކޮންސްޓިޓިއުޝަނަލް ކޮންގްރެސް ގައި ވާޖީނިއާ ޕްލޭން ޖޭމްސް މެޑިސަން ޑްރާފްޓް ކުރެއްވި އެވެ. މިއަދު އެމެރިކާގެ ދުސްތޫރުގެ އަސާސެއް ކަމުގައި ބެލެވޭ ތިން ބަޔަށް ބެހިފައިވާ ފެޑެރަލް ނިޒާމް އަކީ ޖޭމްސް މެޑިސަން ގެ ޚިޔާލެކެވެ.


ފެޑެރަލިސްޓް ކަރުދާސްތައް[އުނިއިތުރު ގެންނަވާ]

ފެޑެރަލިސްޓް ކަރުދާސްތައް ލިޔެ ތައްޔާރު ކުރުމަށްޓަކައި އެލްގްޒެންޑަރ ހެމިލްޓަން އަދި ޖޯން ޖޭ އާއި ޖޭމްސް މެޑިސަން ގުޅިވަޑައިގެންނެވި އެވެ. އެގޮތުން މިކަރުދާސްތަކުގައި ހިމެނޭ 10 ވަނަ ކަރުދާސް ލިޔެ ތައްޔާރު ކޮށްފައިވަނީ ޖޭމްސް މެޑިސަން އެވެ. މިކަރުދާހުގައި މަދު އިންޓަރެސްޓް ތަކާއެކު އޮންނަ ކުޑަ ގައުމަކަށްވުރެ ތަފާތު ގިނަ އިންޓަރެސްޓް ތަކާއެކު އޮންނަ ބޮޑު ގައުމަކަށް ޖުމުހޫރިއްޔަތުން ކުރާނެ ފައިދާ އަދި ޖުމުހޫރިއްޔަތު އެފަދަ ބަޔަކަށް ރަގަޅުވާނޭ ކަން ޖޭމްސް މެޑިސަން ބަޔާންކޮށްފައި ވެއެވެ. އެދުވަސްވަރު ޖޭމްސް މެޑިސަން މިހުށަހެޅުންތަކާއި ވަރަށް ބޮޑެތި ދެކޮޅު ހެދުންތަކާއި ފާޑު ކިޔުންތައް އަމާޒު ވިއެވެ.


ޙައްޤުގެ ބިލްގެ ލިޔުންތެރިޔާ[އުނިއިތުރު ގެންނަވާ]

ވާޖީނިއާ ގާނޫނު ހަދާ މަޖްލިހަށް އެތާގެ ސެނެޓެއްގެ ގޮތުގައި ޖޭމްސް މެޑިސަން ނުހޮވުމަށް ޕެޓްރިކް ހެންރީ ބާރު އަޅުއްވާފައި ވެއެވެ. އެކަމަކު ޔުނައިޓެޑް ސްޓޭޓްސް ހައުސް އޮފް ރެޕްރެޒެންޓެޓިވް އަށް ސީދާ ޖޭމްސް މެޑިސަން އިންތިޚާބު ކުރެވި، 1789ން 1797 އާއި ދެމެދު ބޭއްވުނު 4 ކޮންޓިނެންޓަލް ކޮންގްރެސްގައި ވާޖީނިއާގެ ފަރާތުން އިސް ދައުރެއް ޖޭމްސް މެޑިސަން އަދާކޮށްފައި ވެއެވެ.

ޖޫން 1789 ގައި ޖޭމްސް މެޑިސަން ތަފާތު 12 އިސްލާހެއް ގާނޫނަށް ނުވަތަ ދުސްތޫރަށް ގެނައުމަށް ހުށަހެޅުއްވި އެވެ. 1791 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖޭމްސް މެޑިސަން ހުށަހެޅުއްވި އިސްލާހު ތަކުގެ ތެރެއިން އެންމެ ފަހު 10 އިސްލާހު ހުށަހެޅުއްވި ގޮތަށް ބަދަލުކޮށް މަޖުލީހުން ތަޞްދީގު ކުރިއެވެ. ޙައްގު ތަކުގެ ބިލްގެ ގޮތުގައި ފާހަގަ ވެފައިވަނީ މިބުނި އިސްލާޙު ތަކެވެ.


ހެމިލްޓަން އާއި ދެކޮޅު ހެއްދެވުން[އުނިއިތުރު ގެންނަވާ]

ޖޭމްސް މެޑިސަން ކޮންގްރެސްގައި ޚިދުމަތް ކުރެއްވި އިރު އެންމެ ފާހަގަ ކުރެވުނު އެއްކަމަކީ ފެޑެރަލް ސަރުކާރުގެ ބާރުތައް ވަކި ހުދޫދެއްގެ ތެރޭގައި ހިފެހެއްޓެވުމަށް ކުރެއްވި މަަސައްކަތެވެ. 1793 ވަނަ އަހަރު އިގިރޭސި ވިލާތާއި ފަރަންސޭސި ވިލާތުން ހަގުރާމަ ކުރިއިރު އެމެރިކާއޮތީ އެދެގައުމުގެ ދެމެދުގައި ތާށިވެފައެވެ. ނުވަތަ ހިފެހެއްޓިފައެވެ. 1778 ވަނަ އަހަރު ފަރަންސޭސި ވިލާތާއި އެއްކޮށް ހެދި ޓްރީޓީ އޮފް އެލިއެންސް ގެ އެއްބަސްވުން މިއަދާއި ހަމައަށް ވެސް އެބައޮތެވެ. 1794 ވަނަ އަހަރު އިގިރޭސިން ފަރަންސޭސި ވިލާތާއި އެމެރިކާ އާއި ދެމެދު މުދާ އުފުލާ އެތައް ބޯޓްތަކެއް ހިފެހެއްޓުމާއި ގުޅިގެން އިގިރޭސި ވިލާތާއި އެމެރިކާ އާއި ދެމެދު ހަގުރާމަ އެއް ފެށިދާނެ ކަމަށް ހީކުރެވުނެވެ.

ސެކްޓްރީ އޮފް ޓްރެޜަރީ އެލެގްޒެންޑަރ ހެމިލްޓަން ފެޑެރަލިސްޓް ޕާޓީގެ ތާއީދު ވަރުގަދަކޮށް މުޅި ގައުމުގައި ބޮޑު ވިއުގައެއް ގާއިމް ކުރިއެވެ. އަދި ވަރުގަދަ މަރުކަޒީ ސަރުކާރެއް އެކުލަވާލައި، ގައުމީ ބޭންކެއް އެކުލަވާލެއްވި އެވެ. ފެޑެރަލިސްޓުންނާއި ދެކޮޅު ހެއްދެވުމުގެ ގޮތުން ޖޭމްސް މެޑިސަން އާއި، ތޯމަސް ޖެފަރސަން ގުޅިގެން ޑިމޮކްރަޓިކް ރިޕަބްލިކަން ޕާޓީ އުފެއްދެވި އެވެ. ގައުމީ ބޭންކެއް ހެދުމަށް ހެމިލްޓަން ކުރެއްވި މަސައްކަތާއި ދެކޮޅު ހެދުމަށް ޖޭމްސް މެޑިސަން ކުރެއްވި މަސައްކަތް ފޭލްވިއެވެ.


އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް[އުނިއިތުރު ގެންނަވާ]

ތޯމަސް ޖެފަރސަން ގެ އިދާރާގައި ޖޭމްސް މެޑިސަން އަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ އިގިރޭސިންނާއި ފަރަންސޭސިންނާއި ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމެވެ. މިގޮތުން ހޯދި އެންމެ ފުރަތަމަ ކާމިޔާބީ އެއް ކަމަށް ބެލެވެނީ 1803 ވަނަ އަހަރު ލޫޒިޔާނާ އަނބުރައި އެމެރިކާ އަށް ހޯދައިދިނުމެވެ. ނަޕޯލިއަނުން ލޫޒިޔާނާ ފަދަ ބޮޑު ޓެރިޓަރީ އެއް ނުހޯދޭނޭ ކަމަށް ހީކުރި ހީކުރުން ބަދަލު ކުރައްވައި އެކަމުގައި ޖޭމްސް މެޑިސަން ކާމިޔާބު ހޯއްދެވި އެވެ.

ބައިނަލް އަގްވާމީ ގާނޫނުތަކުގެ ދަށުން އެމެރިކާއަށް ލިބިދޭ ގާނޫނީ ޙައްގުތަކަށް ބާރު އަޅުއްވަމުން އިގިރޭސީންނާއި، ފަރަންސޭސިންނާއި ދެމެދު ހަމަހަމަކޮށް ކަންތައްތައް ކުރެއްވުމަށް ޖޭމްސް މެޑިސަން މަސައްކަތް ކުރައްވާފައި ވެއެވެ. ނަމަވެސް މިކަމަށް އިގިރޭސި ވިލާތުގެ ވެރިރަށް ލަންޑަން ނުވަތަ ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިސް އިން ވެސް މާބޮޑު އެއްބާރުލުމެއް ދީފައެއް ނުވެއެވެ.

ތޯމަސް ޖެފަރސަން އަދި ޖޭމްސް މެޑިސަން ގުޅިވަޑައިގެން އިގިރޭސިންނާއި، ފަރަންސޭސިންނަށް އަދަބެއްގެ ގޮތުން އެމެރިކާ މީހުންނަށް އެއްވެސް ބޭރު ގައުމަކާއެކު ވިޔަފާރީގެ ގުޅުން ބޭއްވުން މަނާކުރެއްވުމަށް އެމްބާރގޯ އެއް ތައްޔާރު ކުރެއްވި އެވެ. ނަމަވެސް މިކަންވަނީ ފޭލް ވެފައެވެ.


އެމެރިކާގެ ރިޔާސަތުގައި[އުނިއިތުރު ގެންނަވާ]

އެމެރިކާގެ ބޭންކް[އުނިއިތުރު ގެންނަވާ]

އެމެރިކާގެ ފުރަތަމަ ބޭންކް ގެ 20 އަހަރުގެ ޗާޓަރުގެ މުއްދަތު ހަމަވީ 1811 ވަނަ އަހަރު އެވެ. އެއީ ޖޭމްސް މެޑިސަންގެ ރައީސް ކަމުގެ ދެވަނަ އަހަރު އެވެ. 1791 ވަނަ އަހަރު ޖޭމްސް މެޑިސަން ބޭންކް ބްލޮކް ކުރެއްވުމަށް ކުރި މަސައްކަތް ނާކާމިޔާބު ވުމުން ބޭންކްގެ ޗާޓަރުގެ މުއްދަތު ހަމަވަންދެން މަޑު ކުރެއްވި އެވެ. 1812 ވަނަ އަހަރުގެ ހަގުރާމަ އިން ބަލިވެ، ހަގުރާމައިގެ ތެރޭގައި ބޭންކެއް ނެތި ފައިސާ މެނޭޖްކުރަން އުދަގޫވުމުން ބޭންކް އަލުން ޗާޓަރު ކުރުމަށް ސެކެޓްރީ އޮފް ޓްރެޜަރީ ގަލަޓިން ބޭނުންވި އެވެ. 1815 ވަނަ އަހަރުގެ ފަހުކޮޅު އާ ބޭންކެއް ހުޅުވުމަށް ކޮންގްރެސް ގައި ޖޭމްސް މެޑިސަން އެދިފައި ވެއެވެ.


1812 ވަނަ އަހަރުގެ ހަގުރާމަ[އުނިއިތުރު ގެންނަވާ]

1812 ވަނަ އަހަރުގެ ހަގުރާމައާއި ގުޅިގެން ކުރިމަތިވާނެ ޢާންމުންގެ ފާޑުކިޔުންތަކަށް ޖޭމްސް މެޑިސަން ހުންނެވީ ފަރުވާތެރިކަމާއެކު ތައްޔާރުވެ ވަޑައިގެންނެވެ. ބައެއް މީހުން މިހަގުރާމަ ސިފަކުރަނީ މރ މެޑިސަންގެ ހަގުރާމައިގެ ގޮތުގައެވެ. މިހަގުރާމައަށް އާރމީން އަދި ނޭވީން އަދި އަސްކަރީ ކޭމްޕްތައް ތައްޔާރު ކުރެއްވުމަށް މާބޮޑު ފައިސާއެއް ޚަރަދު ކޮށްފައެއް ނުވެއެވެ.

މިހަގުރާމައިގައި އިގިރޭސި ފައުޖުތަކުން ބޮޑެތި ކާމިޔާބުތައް ހޯދިއެވެ. އެގޮތުން ޑެޓްރޮއިޓް އޭ ކިޔުނު ރަށް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، އެމެރިކާގެ ރިޔާސީ ގެކޮޅު ހުދުގަނޑުވަރުގައި އިގިރޭސިން އަލިފާން ރޯކޮށްލާފައި ވެއެވެ. މިހަގުރާމަ ނިމިފައިވަނީ 1815 ވަނަ އަހަރު އެކުލަވާލެވުނު ގެންޓްގެ އެއްބަސްވުން ގެ ދަށުންނެވެ.


އަލަށް އުފެއްދެވި ސްޓޭޓްތައް[އުނިއިތުރު ގެންނަވާ]

ޖޭމްސް މެޑިސަން އެކުލަވާލި ކެބިނެޓް[އުނިއިތުރު ގެންނަވާ]

ޙަޔާތުގެ ފަހު ދުވަސްތައް[އުނިއިތުރު ގެންނަވާ]

1817 ވަނަ އަހަރު ޖޭމްސް މެޑިސަން އެމެރިކާގެ ރިޔާސަތުން ވަކިވެ ވަޑައިގަތުމަށްފަހު ވާޖީނިއާގެ މޮންޓެޕެލިއަރ ގައި ހުންނަ ޖޭމްސް މެޑިސަން ގެ ޓޮބާކޯ ޕްލާންޓޭޝަން އަށް ވަޑައިގެންނެވި އެވެ. އޭރު ޖޭމްސް މެޑިސަން ގެ އުމުރަކީ 65 އަހަރު އެވެ. އަދި އަނބިކަނބަލުން ޑޮލީ ޕޭން ޓޮޑް ގެ އުމުރަކީ 49 އަހަރުއެވެ. ޖޯޖް ވޮޝިންގޓަން، ތޯމަސް ޖެފަރސަން އެކޭ އެއްގޮތަށް ޖޭމްސް މެޑިސަން ވެސް ރިޔާސަތު ދޫކޮށްލެއްވީ އެމަގާމަށް އެރިއިރު ދިރިއުޅުން ހުރި ޙާލަތަށްވުރެ ފަގީރު ޙާލަތަކާއެކުގައެވެ.

1829 ވަނަ އަހަރު އުމުރުން 78 އަހަރުގައި ވާޖީނިއާ ސްޓޭޓްގެ ދުސްތޫރު އިސްލާހުކުރުމަށް ރިކްމަންޑް އޮތް ކޮންވެންޝަން އެއްގައި ރެޕްރެޒެންޓެޓިވް އަކަށް ޖޭމްސް މެޑިސަން ހޮވުނެވެ. ސިޔާސީ ނުވަތަ ގާނޫނު އެކުލަވާލުމުގެ ދާއިރާގައި ޖޭމްސް މެޑިސަން އެންމެ ފަހުން ބައިވެރިވެފައިވާ ހަރަކާތަކީ މިކޮންވެންޝަން އެވެ. ޖޭމްސް މެޑިސަން އަވަހާރަވެފައިވަނީ ޖޫން 28 1836 ގައެވެ. އެއީ ވާޖީނިއާގެ މޮންޓެޕެލިއަރ ގައެވެ.


އެހެނިހެން ޙަޤީގަތްތައް[އުނިއިތުރު ގެންނަވާ]

  • ދިގުކޮށް ހުންނަ ފަޓުލޫނު ތުރުކުރެއްވި ފުރަތަމަ އެމެރިކާގެ ރައީސަކީ ޖޭމްސް މެޑިސަން އެވެ.
  • ޖޭމްސް މެޑިސަން އަކީ ނިއުޖާޒީ ކޮލެޖުން ކިޔެވި ބޭފުޅެކެވެ. ނިއުޖާޒީ ކޮލެޖަކީ މިހާރުގެ ޕްރިންސްޓަން ޔުނިވަސިޓީ އެވެ.
  • ބުނެވޭގޮތުގައި ޖޭމްސް މެޑިސަން އަކީ އެމެރިކާގެ ފުރަތަމަ ދަސްވެނިވުނު ދަރިވަރު އެވެ. ނުވަތަ ޕްރިންސްޓަން ޔުނިވަސިޓީ އިން ފުރަތަމަ ދަސްވެނިވުނު ދަރިވަރު އެވެ.
  • ވާޖީނިއާ ޔުނިވަސިޓީ އުފެދުނީއްސުރެ ޖޭމްސް މެޑިސަން ނިޔާވުމާއި ހަމައަށް އޭނާއަކީ އެޔުނިވަސިޓީގެ ބޯޑް އޮފް ވިޒިޓާރސްގެ މެންބަރެކެވެ. އަދި އެޔުނިވަސިޓީގެ ދެވަނަ ރެކްޓަރު ވެސް މެއެވެ.
  • 5ފޫޓް 4އިންޗީގެ އިސްކޮޅާއި، އަދި 45ކިލޯ ބަރުދަނާއެކު ޖޭމްސް މެޑިސަން ވެފައިވަނީ އެމެރިކާގެ ތާރީކްގައި ވެރިކަން ކުރެއްވި އެންމެ ކުރު އަދި އެންމެ ބަރުދަން ލުއި ރައީސް ކަމުގައެވެ.
  • ޖޭމްސް މެޑިސަންގެ ހަމައެކަނި އަސްކަރީ ޚިދުމަތަކީ އެމެރިކަން އިންގިލާބުގެ ދުވަސްވަރު އުމުރުން 24 އަހަރުގައި އޮރެންޖް ކައުންޓީ ގެ ކާނަލް އެއްގެ ގޮތުގައި ކުރެއްވި ޚިދުމަތެވެ. އެއެވަށުގެ އަސްކަރިއްޔާގެ ކޮމާންޑަރަކަށް އޭރު ހުންނެވީ ޖޭމްސް މެޑިސަންގެ ބައްޕާފުޅެވެ.
  • ތަފާތު ޔުނިވަސިޓީ ތަކާއި ކޮލެޖްތައް، ރަށްތަކާއި، ޝަހަރު އަދި އަވަށްތަކަށް ޖޭމްސް މެޑިސަން ގެ ނަމާއި ގުޅުވައިގެން ނަންދެވިފައި ވެއެވެ. މިސާލަކަށް އޯހިއޯގެ މެޑިސަން ކައުންޓީ، ޖޯޖިއާގެ މެޑިސަން، ޖޭމްސް މެޑިސަން ކޮލެޖް އަދި ޖޭމްސް މެޑިސަން ޔުނިވަސިޓީ ފާހަގަ ކޮށްލެވެއެވެ.
  • ޖޭމްސް މެޑިސަން އަކީ އެމެރިކާގެ ރައީސްކަން ފަހުން ކުރައްވާފައިވާ ޒަކަރީ ޓޭއިލޯރ ގެ ދެވަނަ ދެބެންގެ ދެދަރި ބޭފުޅެކެވެ.

އަދިވެސް އިތުރަށް ބައްލަވާލައްވާ[އުނިއިތުރު ގެންނަވާ]


އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]