ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު/2009

ވިކިޕީޑިއާ އިންވިކިޕީޑިއާ

< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު

އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދު އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުއްﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1319 ޛުލްޤަޢިދާ 1 (10 ފެބްރުއަދީ 1902 މ) ވީ ހޯމަ ދުވަހު ފ.އަތޮޅު ހިމިތީގައެވެ. މީނާ އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ތުއްތު ސާހިބުގެ އާއިލާ މާލެ އިން ވެސް ފެންނަން އެބައޮތެވެ. މ.ހުދު އަސުރުމާގެ، އަދި މ.އަސުރުމާގެ މި ދެގޭބިސީގެ އަހުލުވެރިންނަކީ ތުއްތު ސާހިބުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހުން ކަމުގައި ބުނެވެއެވެ.

އަދި އިތުރަށް...


ފެބްރުއަރީ 2009[އުނިއިތުރު ގެންނަވާ]

ފުރަގަސް ފަރާތު ބަލި (އިނގިރޭސި ބަހުން: piles)ނުވަތަ ފުރަގަސް ފަރާތް ފޭބުމޭ ބުނެވެނީ ބޮޑު ކަމުދާ ދޮރު ނުވަތަ ފުރަގަސް ފަރާތުގައި ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ، ފުއްޕުމަށް ނިސްބަތްކޮށެވެ. މިބަލީގެ އުދަގޫ ޢާންމުކޮށް ކުރިމަތިވަނީ 50-20 އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50 އިންސައްތަ މީހުންނަށް ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި މިބަލީގެ އުދަގޫތައް ތަޙައްމަލު ކުރަން ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ.ފުރަގަސް ފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި، ދުރާލާ އެކަމަށް ވިސްނައި އެގޮތަށް ޢަމަލު ކުރުމެވެ. ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ހިފެހެއްޓުމަށް ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން، ދިޔާތަކެތި ގިނަގިނައިން ބުއިން، އަދި ކަސްރަތު ކުރުން ފަދަ ކަންކަމަކީ ވަރަށް މުހިއްމު ކަންކަމެވެ

އަދި އިތުރަށް...


ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ. އާޓިމިސް ފައްޅީގައި ރަން ވަންލޯ އިން ހަދާފައިވާ ބުދުތައް ވެއެވެ. މިބުދުތައް ހަދައިފައިވަނީ އެދުވަސްވަރު ބުދު ހެދުމަށް މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފީޑިއާސް، ކްރެޒިލަސް، ފްރެޑްމޮން، އަދި ޕޮލިކް ލީޓަސް ފަދަ މީހުން ހިމެނެއެވެ.އެއްދުވަސް ވަރެއްގައި މިފައްޅި ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ އިތުރުން ބާޒާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވެއެވެ. ދުވަސްތަކެއް ވަންދެން މިފައްޅި އަށް ޒިޔާރަތް ކޮށްފައިވަނީ ފަތުރުވެރިންނާއި، ރަސްރަސްކަލުން، ވިޔަފާރި ވެރިންނާއި، މުއްސަދިން، އަދި ފަންނީ ޢިލްމު ވެރިންނެވެ. އަދި އިތުރަށް...


ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަކީ މީލާދީން 1766 ން 1773 އަށް ދިވެހިރާއްޖެގައި ރަސްކަން ކުރެއްވި ރަދުންނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިރީ ކުލަ ރަންމަނި، ކީރިތި މަހާރަދުންނަކީ އިބްރާހީމް ރަސްގެފާނު ގެ ދަރިކަލުން މުޙައްމަދު މަނިކުފާނު އެވެ. ފުރިހަމަ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުންނަށް ޝަހީދުކުޅަ ބަންޑާރައިން، އަދި ޙާޖީ ބަންޑާރައިން މިދެނަމުންވެސް މުޚާޠަބުކުރެވެއެވެ. ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

އަދި އިތުރަށް...


ސިރީ ލަންކާ އަކީ ބައްރެ ސަޣީރު (އިންޑިއަން ސަބްކޮންޓިނެންޓް) އިރުދެކުނު އައްސޭރީގައި ހިންދުސްތާނުގެ ދެކުނުން ގާތްގަނޑަކަށް 30 ކިލޯމިޓަރު ގައި އޮތް ގައުމެކެވެ. 1972 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ފްރީ ސޮވެރައިން އެންޑް އިންޑެޕެންޑެންޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" އަށް ބަދަލު ކުރެވުނެވެ. 1978 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" ގެ ނަމަށް ބަދަލު ކުރެވުނެވެ. 1972ވަނަ އަހަރުގެ ކުރީން ތަފާތު ނަންނަމުން ސިރީ ލަންކާ ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ މައްޝޫރު ނަމަކީ "ސިލޯން" މިނަމެވެ.މިރަށާ މެދު ތާރީހީ ގޮތުން އެންމެ ފުރިހަމަ މައުލޫމާތު ތަކެއް ވާކަމަށް ދައުވާ ކުރެވެނީ މަހަވަމްސާގައެވެ. އަދި މިއީ ހިންދުސްތާނުގެ ބޯދާ ރާދަވަޅީގެ އެންމެ މުހިއްމު މަސްދަރެވެ. ކާއްސަ ގޮތެއް ގައި މަހާ ސިކަންދަރާއި (އެލެގްޒެންޑަރ ދި ގްރޭޓް) ޔޫނާނީންގެ ދުވަސްވަރުގެ ތާރީހާ މެދުގައެވެ. މަހަވަމްސާ ގައި އަމީރު ވިޖެޔާ އާއި އެ މަނިކުފާނު ގެ ބައިވެރިންނާ ހަމަ އިން ފެށިފައި ވާ ސިންހަޅަ ރަސްކަމެއް ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. އަދި އޭ ގައި ފަހުން ސިރީ ލަންކާ ގެ ވެރިރަށެއް ގެ ގޮތު ގައި ވި އަނޫރާދަޕޫރާގެ އަސްލު ކަމުގައިވާ އަނޫރާދާގަން އަވަށް ބިނާ ކުރެއްވި އަނޫރާދާ ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. މި އަނޫރާދާ އަކީ ވިޖެޔާ ރަސްގެފާނުގެ މަންތިރިއެކެވެ.

އަދި އިތުރަށް...


އުރުދޫ ސިންދު އަދި ފާރިސީ ބަހުގެ ޕާކިސްތާނުގެ މާނައަކީ ލޭންޑް އޮފް ޕުއަރ އެވެ. ޕާކްސްތާން މިނަން 1934 ގައި ޗޯދުރީ ރަޙުމަތު ޢަލީ އޭރު ނެރެވުނު ޕެމްފްލެޓެއް ކަމުގައިވާ ނައު އެންޑް ނެވަރ ގައި ލިޔުނެވެ. މިނަން މިގޮތަށް ދިނީ ޕާކިސްތާނުގެ ތަފާތު 5 ހިސާބެއްގައި ދިރިއުޅޭ 30 މިލިއަން މުސްލިމުންނާއި ގުޅުވައިގެންނެވެ. ޕާކްސްތާން އިގިރޭސިން ލިޔާއިރު ހިމެނޭ ޕީ-އޭ-ކޭ-ސްތާން މި ބައިތަކުން ދޭހަވާގޮތް މިވަނީ އެވެ. ޕީ ޕަންޖާބަށް ނިސްބަތްވާއިރު އޭ ނިސްބަތްވަނީ އަފްޣާން އަށެވެ. ކޭ ކަޝްމީރަށް ނިސްބަތްވާއިރު، އެސް ނިސްބަތްވަނީ ސިންދު އަށެވެ. އަދި ސްޓާން ނުވަތަ ސްތާން ނިސްބަތްވަނީ ބަލޫކިސްތާން އަށެވެ. ޕާކިސްތާން އުފެދިގެން އައީ ޑޮމިނިއަން އޮފް ޕާކިސްތާންގެ ނަމުގައި 1974 ގައެވެ. ނަމަވެސް ފަހުން 1956ގައި ޕާކިސްތާންގެ ނަން ވަނީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން އަށް ބަދަލު ކުރެވިފައެވެ.

އަދި އިތުރަށް...


އޫރު ރޯގާ އަކީ އޫރުގެ ނޭވާލާ ނިޒާމްއަށް ޖެހޭ ބައްޔެކެވެ. ބަލި ޖައްސާ ވައިރަސްގެ ނަމަކީ އިންފުލުއެންޒާ ވައިރަސް އޭ އެވެ. އިންސާނުންނާއި ޖަނަވާރުންނަށް ބަލި ޖައްސާ ތަފާތު ވައިރަސް ތަކުގެ ސަބަބުން އޫރަށް ވެސް ރޯގާ ޖެހެއެވެ. ނަތީޖާއަކަށްވަނީ ވައިރަސް އޭގެ ވިރާސީ ބަހާ ނުވަތަ ޖީން ބަދަލުކޮށް އާސިފައެއްގައި ނިކުތުމެވެ. އަދި އަލަށް ނިކުމެގެން އަންނަ ނުވަތަ އުފެދިގެން އަންނަ ވައިރަސް އަކީ އިންސާނުންނާއި އޫރަށް ވެސް ބަލި ޖައްސާ އެއްޗަކަށް ވުމެވެ. އޫރު ރޯގާ އަކީ އިންފުލުއެންޒާ ވައިރަސް އޭ ގެ ޖީން ބަދަލުވެފައިވާ ވައިރަސް އެއް ކަމުގައިވާ ސްވައިން އެޗް1 އެން1 ގެ ސަބަބުން ފެތުރިގެން އުޅޭ ރޯގާ އެކެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް(ދޫނި ރޯގާޖައްސާ ވައިރަސް]]، އަދި އިންސާނުންނަށް ރޯގާ ޖައްސާ ވައިރަސް އާއި މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ.

އަދި އިތުރަށް...



ސިިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. ހަށިގަނޑަށް މިޖަރާސީމް ވަނުމާއެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެން ދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާޞިލްވެ، ލޭގެ އާރުގެ ތެރެއަށް އެންމެ ފަހުން ވާޞިލް ވެއެވެ. މިޖަރާސީމް ހަށިގަނޑަށް ވަތް ހިސާބުގައި ފުރަތަމަ ފާރުކޮޅެއް އުފެދުމުގެ ކުރިން ލޭގެ ޒަރީއާއިން މުޅި ހަށިގަނޑުގައި މި ޖަރާސީމް ދައުރުވެ ފެތުރިގެން ދެއެވެ.

އަދި އިތުރަށް...



ސެޕްޓެމްބަރު 2009[އުނިއިތުރު ގެންނަވާ]

އެންޑްރޫ ޖެކްސަން އަކީ އެމެރިކާގެ 7 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1829 ން މާރޗް 4 1837 އަށެވެ. 1815 ވަނަ އަހަރު ކުރި ބެޓްލް އޮފް ނިއުއޯލިއަންސް ގައި ބައިވެރިވި އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރުގެ އިތުރުން 1821 ވަނަ އަހަރު ފްލޮރިޑާގެ އަސްކަރީ ގަވަރުނަރުކަން ވެސް އެންޑްރޫ ޖެކްސަން ކުރައްވާފައި ވެއެވެ. އެންޑްރޫ ޖެކްސަން އަކީ މޮޑަން ޑިމޮކްރެޓިކް ޕާޓީގެ އެއް ބާނީ ވެސް މެއެވެ. ޖެކްސަނިއޮން ޑިމޮކްރަސީ ނިސްބަތްވަނީ އެންޑްރޫ ޖެކްސަންގެ ނަމާއެވެ. އެންޑްރޫ ޖެކްސަން އުފަންވެ ވަޑައިގަތީ މާރޗް 15 1767 ގައެވެ. އަވާހަރަވެފައިވަނީ ޖޫން 8 1845 ގައެވެ.

އަދި އިތުރަށް...



އޮކްޓޯބަރު 2009[އުނިއިތުރު ގެންނަވާ]

އަމީތާބް ބައްޗަން( އުފަންވެފައިވަނީ 11 އޮކްޓޫބަރު، 1942 ގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލަހް އާބާދު ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ހިންދީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ބާރުގަދަ އަދި އެންމެ ނަންހިގާ އެއްތަރިވެސް މެއެވެ. އަމީތާބް ވަނީ 3 ނޭޝަނަލް އެވޯޑް އަދި 12 ފިލްމް ފެއަރ އެވޯޑް ހޯދާފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީޥީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކެވެ. އަދި 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް އަމީތާބް ކޮށްފައި ވެއެވެ.

އަދި އިތުރަށް...



ނޮވެމްބަރު 2009[އުނިއިތުރު ގެންނަވާ]

މިއީ އެމެރިކާގެ 6 ވަނަ ރައީސެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1825 ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 2 ވަނަ ރައީސް ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. ފެޑެރަލިސްޓް، ޑިމޮކްރެޓިކް ރިޕަބްލިކަން، ނޭޝަނަލް ރިޕަބްލިކަން އަދި ވިގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީޚްގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. އަދި ޑިޕްލޮމެޓެއް ވެސް މެއެވެ. ބައިނަލް އަގްވާމީ ތަފާތު އެއްބަސްވުން ތަކާއި ބައްދަލުވުންތަކުގައި އެމެރިކާ ތަމްސީލް ކޮށްދިނުމުގެ ޝަރަފް ޖޯން ކުއިންސީ އެޑަމްސް އަށް ލިބިފައި ވެއެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ ޖުލައި 11 1767 ގައެވެ. އަވަހާރަ ވެފައިވަނީ ފެބުރުއަރީ 23 1848 ގައެވެ.

އަދި އިތުރަށް...