ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު/އަރުޝީފު

ވިކިޕީޑިއާ އިންވިކިޕީޑިއާ

< ވިކިޕީޑިއާ:ހޮވާލެވިފައިވާ މަޒުމޫނު

Purge if contents have not been updated


20122011201020092008


2013[އުނިއިތުރު ގެންނަވާ]

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ. އަދި އިތުރަށް...



ފެބްރުއަރީ 2013[އުނިއިތުރު ގެންނަވާ]

Tumor Mesothelioma2 legend
Tumor Mesothelioma2 legend

ކެންސަރު (އިނގިރޭސި ބަހުން: Cancer) އަކީ އެއްވެސް ސަބަބެއްނެތި، އެއްވެސް ބޭނުމެއްނެތި، ހަށިގަނޑަށް މަތަނުވާ ވަރަށް (ކޮންޓްރޯލް ނުވާވަރަށް) ހަށިގަނޑުގައި އުފެދޭ ކޮންމެ އާއުފެދުމެކެވެ.

ކެންސަރު އަކީ ހަށިގަނޑުގެ އެހެން ބައިތަކަށް ފެތުރިގެންދާ އެއްޗެކެވެ. އޮޕަރޭޝަން ކޮށްގެން ކެންސަރުގެ ދުޅައެއް އެއްކޮށް ވަކިކުރި ނަމަވެސް އަލުން އުފެދުމަކީ ވަރަށް އާންމު ކަމެކެވެ. އާންމު ގޮތެއްގައި ކެންސަރުގެ ދުޅަ އޭގެ ސައިޒުން ބޮޑުވެފައި އޭގެ ވަށައިގެންވާ ބައިތަކަށް ފެތުރިގެން ދިއުން އަވަސްވާނެ އެވެ. އަދި އެފެތުރިގެން އޭގެ އަސަރު ފޯރާ ބައިތައް ވެސް ފަސޭހަ ކަމާއެކު ހަލާކު ކޮށްލައެވެ. ދުނިޔޭގައި އެތައް ހާސް ބަޔަކު އަހަރެއްގެ ތެރޭގައި ކެންސަރު ޖެހިގެން ދުނިޔެ ދޫކޮށް ދެއެވެ. އެމެރިކާ ފަދަ ގައުމުތަކުގައި މީހުން މަރުވާ ދެވަނަ އެންމެ ކުރީގައި އުޅޭ ސަބަބެއް ކަމުގައި ދިރާސާތަކުން ހާމަވެފައިވަނީ ކެންސަރު ކަމެކެވެ. އިންސާނުންގެ ހަށިގަނޑަށް ތަފާތު ވައްތަރުގެ ކެންސަރުތައް ޖެހޭ ކަމަށް މިހާތަނަށް ހޯދިފައިވެއެވެ. ކޮންމެ ކެންސަރެއް އަނެއް ކެންސަރާއި ތަފާތެވެ. ކޮންމެ ކެންސަރަކީ ވެސް ހަށިގަނޑުގެ ކޮންމެ ވެސް ހިސާބެއްގެ ސެލްތަކަކުން އުފެދޭ އެއްޗެކެވެ. އަދި އިތުރަށް...



މާލޭ ހުކުރު މިސްކިތް
މާލޭ ހުކުރު މިސްކިތް

ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު އިސްކަންދަރު ރަސްގެފާނު އެވެ.

އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ. އިސްކަންދަރު ރަސްގެފާނުގެ އަނބިއަނބި ކަނބަލުންގެ ތެރެއިން ނަންފުޅު އިނގޭ ބޭފުޅަކީ އާމިނާ ކަނބާފާނު އެވެ. މިރަދުންގެ ދަރިކަލުން ކުޑަ މުޙައްމަދުގެ މަންމާފުޅަކީ މާލިމީ ޙުސައިންގެ މަރިޔަމް ކިޔުނު ބޭފުޅެކެވެ. މިއީ މިރަދުންގެ ޖާރިޔާ އެކެވެ.

އިސްކަންދަރު ރަސްގެފާނު އުފަންވެ ވަޑައިގަތީ ހިޖުރައިން 1030 ވަނަ އަހަރުގައެވެ. އުމުރުފުޅުގެ ޅަދުވަސްތައް ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އަރިހުގައެވެ. އަދި އިތުރަށް...



އިންޑިޔާ އަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. ހުޅަނގު ބިތުގެ އިން ގުޅެނީ ޕާކިސްތާން އިމާއެވެ. އިރުއުތުރު އިން ގުޅެނީ ސީނުކަރަ އާއި ނޭޕާލާއި ބޫޓާނާ މިޤައުމުތަކުގެ އިމާއެވެ. އިރުމަތީ އިން ގުޅެނީ ބަރުމާ އާއި ބަންގާޅާ (ބަންގްލާދޭޝް) މި ދެ ޤައުމުގެ އިމާއެވެ. އިންޑިޔާ އަކީ، ހިންދު ކަނޑުގައި އޮތް އޮޅުދޫކަރަ އާއި ދިވެހިރާއްޖެއާއި އިންޑޮނޭޝިޔާގެ އަވަށްޓެރިއާ އެވެ. އަދި އިތުރަށް...



ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު
ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 2، 1926 ގައި ފުވައްމުލަކުގައެވެ. އެ މަނިކުފާނަކީ، އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ތުއްތު ދޮންދީދީގެ އަޙްމަދުދީދީގެ އިބްރާހީމް ނާޞިރެވެ. އެމަނިކުފާނަކީ ދިވެހިރާއްޖޭގެ ބޮޑުވަޒީރުކަމާއި ރައީސްކަން ކުރައްވާ ފައިވާ ބޭފުޅެކެވެ. މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ ސަރުކާރުގެ ވަރަށް ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ.

ރައީސް ނާޞިރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެން ތުއްޕުޅު އިރުގެ ޙަޔާތްޕުޅު ވޭތުކުރެއްވީ ޏ. ފުވައްމުލަކު ގައެވެ. [ދުނިޔޭގެ އަލިކަމަށް ވަޑައިގަތީ 2 ސެޕްޓެމްބަރ 1926 (24 ޞަފަރު 1345) ދުވަހު އެވެ.] (މުޙައްމަދު ނަޞީރު، 2008) ބައްޕާފުޅަކީ ވެލާނާގޭ އަޙުމަދު ދީދީ އެވެ. މަންމާފުޅަކީ ފުވައްމުލަކު ދަޑިމަގު ގަނޑުވަރު މޫސާ ދީދީގެ ޢާއިޝާ ދީދީއެވެ. އަދި އިތުރަށް...