Jump to content

އަމީތާބް ބައްޗަން

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
އަމީތާބް ބައްޗަން
Amitabh Bachchan in 2009
އުފަން ތާރީޚްAmitabh Harivansh Bachchan
(1942-10-11) 11 އޮކްޓޯބަރ 1942 (81 އަހަރު )
Allahabad, United Provinces,
British India
ރެސިޑެންސްPrateeksha, Mumbai, Maharashtra, India
މަސައްކަތުގެ ދާއިރާActor, producer, singer, television presenter
ހަރަކާތްތެރިވި އަހަރުތައް1969–present
އަނބިކަނބަލުންJaya Bhaduri (1973–present)
ކުދިން
ވެބްސައިޓް
srbachchan.tumblr.com

އަމީތާބް ބައްޗަން( އުފަންވެފައިވަނީ 11 އޮކްޓޫބަރު، 1942 ގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލަހް އާބާދު ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ހިންދީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ބާރުގަދަ އަދި އެންމެ ނަންހިގާ އެއްތަރިވެސް މެއެވެ. އަމީތާބް ވަނީ 3 ނޭޝަނަލް އެވޯޑް އަދި 12 ފިލްމް ފެއަރ އެވޯޑް ހޯދާފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީޥީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކެވެ. އަދި 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް އަމީތާބް ކޮށްފައި ވެއެވެ.


އަމިއްލަ ދިރިއުޅުން

[އުނިއިތުރު ގެންނަވާ]

އަމީތާބް ބައްޗަން ގެ އަންހެނުންނަކީ ޖަޔާ ބައްޗަން އެވެ. މި ދެމަފިރިންނަށް ދެކުދިން ލިބިފައިވެއެވެ. އެއީ ސްވޭތާ ބައްޗަން އަދި ފިލްމީ ތަރި އަބީޝެކް ބައްޗަން އެވެ. ސްވޭތާ އިނދެގެން އުޅެނީ އިންޑިޔާ އެސްކޮޓް ގުރޫޕްގެ ވެރިފަރާތް ރާޖަން ނަންދާ އަދި ރާޖު ކަޕޫރުގެ ދަރި ނީޓޫ ކަޕޫރުގެ ދަރި ނިޚިލް ނަންދާ އާއެވެ. އަބީޝެކް ބައްޗަން ގެ އަންހެނުންނަކީ މަޝްހޫރު ފިލްމީ ތަރި ރީތީގެ ރާނީ އައިޝްވާރިޔާ ރާއީ އެވެ.

އަމީތާބްގެ ބައްޕަ އަކީ ހަރިވާންސް ރާއީ ބައްޗަން އަކީ ހިންދީ ޅެންވެރިއެކެވެ. މަންމަ ތޭޖީ ބައްޗަން އަކީ ސިކުންގެ އާއިލާއަކަށް ނިސްބަތްވާ މީހެކެވެ. އަމީތާބް އަށް ފުރަތަމަ ދީފައިވާ ނަމަކީ އިންގިލާބު އެވެ. އަމީތާބްގެ އަސްލު ނަމުގެ ފަހަތުގައި ސްރިވާސްތާވް އިންނަމަވެސް އަމީތާބްގެ ބައްޕަ އޭނާގެ ނަމުގެ ފަހަތަށް ވެސް ބައްޗަން ކިޔައި ނަން ހަރު ކުރީއެވެ. އަދި އޭގެ ފަހުން އެއާއިލާގެ ހުރިހާ އެންމެންގެ ފަހުނަމުގެ ގޮތުގައި ބައްޗަން ބޭނުންކުރެވެން ފެށީއެވެ.

އަމީތާބް ގެ ކޮއްކޮ އަކީ އަޖީތާބް ބައްޗަން އެވެ. އަމީތާބްގެ ބައްޕަ މިދުނިޔެ ދޫކުރީ 2003 ގައެވެ. އަމީތާބް ގެ މަންމަ މިދުނިޔެ ދޫކުރީ 21 ޑިސެންބަރު 2007 ގައެވެ. އަމީތާބްގެ އަތުގައި މާސްޓަރ އޮފް އާޓްސް އިން ޑަބަލް ޑިގްރީ އެއް އޮވެއެވެ. ދިއްލީ ޔުނިވަސިޓީ އިން ބެޗްލާރސް އޮފް ސައިންސް ޑިގްރީ އެއް އަމީތާބް ފުރިހަމަކޮށްފައި ވެއެވެ. އަމީތާބް އާއި ޖަޔާ ބަދޫރީ ބައްޗަން ގެ ކައިވެނި ކުރެވުނީ 3 ޖޫން 1973 ގައެވެ.

ފިލްމީ ހަޔާތް

[އުނިއިތުރު ގެންނަވާ]

11 އޮކްޓޯބަރ 1942 ގައި އިންޑިޔާގެ އަލަހް އާބާދް އަށް އުފަން އަމީތާބް ބައްޗަން ހިންދީ ފިލްމީ މަސްރަހަށް ތަޢާރަފްވެގެން ދިޔައީ 1969 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ކޭއޭ އައްބާސް ގެ ސާތު ހިންދުސްތާނީ އެވެ. އުޓްޕަލް ދަތު އަދި މަދޫ އާއެކު ކުޅެފައިވާ މިފިލްމަކީ ބޮކްސް އޮފީހުގައި ފްލޮޕްގެ މަގާމް ލިބުނު ފިލްމެކެވެ. އަމީތާބްގެ ފިލްމީ ކެރިއަރުގެ ފުރަތަމަ ހިޓް ފިލްމަކީ 1971 ވަނަ އަހަރު ނިކުތް އާނަންދު އެވެ. އޭގެ ފަހުން އަމީތާބް ވަނީ ކާމިޔާބު އެތަކެއް ފިލްމް ތަކެއް ކުޅެފައެވެ.

ސިޔާސީ ޙަޔާތް

[އުނިއިތުރު ގެންނަވާ]

1983 ވަނަ އަހަރު ފިލްމް ކޫލީ ކުޅުމުގެ ތެރޭގައި ލިބުނު އަނިޔާ

[އުނިއިތުރު ގެންނަވާ]

ކޫލީ ކުޅެގެން ލިބުނު އަނިޔާ އަށް ފަހުން މައެސްތީނިއާ ގްރެވިސް އޭ ކިޔޭ ބައްޔެއް އަމީތާބް އަށް ކުރިމަތިވި އެވެ. ބުނެވޭ ގޮތުގައި އެއީ ކޫލީ ކުޅުނު ދުވަސްވަރު ލިބުނު އަނިޔާ އަށް ފަރުވާ ކުރުމަށް ބޭނުންކުރި ބާރުގަދަ ބޭހުގެ ސަބަބުން ނުވަތަ ގަޔަށް އެޅުނު ލެޔެއްގެ ސަބަބުން ކުރިމަތިވި ކަމެކެވެ. މިބަލީގެ ސަބަބުން ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން އަމީތާބް އަށް އަސަރުކުރިއެވެ. އަދި ފިލްމް ކުޅުން ހުއްޓާލުމަށް ވެސް ނިންމަން އުޅުނެވެ.

2005 ވަނަ އަހަރު އެދުމަތިކުރުން

[އުނިއިތުރު ގެންނަވާ]

2005 ވަނަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި ލިލަވަޓީ ހޮސްޕިޓަލް ގައި ޑައިވާޓިކިއުލައިޓިސްގެ އޮޕަރޭޝަން އެއް ކުރުމަށް އެދުމަތި ކުރެވުނެވެ. މިއޮޕަރޭޝަން ކުރަންޖެހުނީ އޭގެ ކުރިން ދުވަސްކޮޅެއްގެ ވަންދެން ބަނޑުގައި ރިއްސުން ކުރިމަތި ވުމަށް ފަހުގައެވެ. މިއޮޕަރޭޝަން ކުރި ދުވަސްވަރު އަމިތާބް ހުށަހަޅަމުން ދިޔަ ޝޯ ކޯން ބަނޭގާ ކުރޯޑްޕަތީ ވެސް އެދުވަސްވަރަށް މެދުކަނޑާލި އެވެ. އަދި ވަރަށް ގިނަ ނޫސްތަކާއި ޓީވީ ޗެނަލް ތަކުން ދިޔައީ އަމީތާބްގެ ބަލި ހާލަތު ވަރަށް ކައިރިން ދިރާސާ ކުރަމުންނެވެ. އޮޕަރޭޝަނަށް ފަހު އެނބުރި ފިލްމީ މަސައްކަތަށް އަމީތާބް އައީ މާރޗް 2006 ގައެވެ.

އަމީތާބް އަކީ އޭނާއަށް ލިބިފައިވާ ފުރިހަމަ އަޑުގެ ސަބަބުން ވަރަށް ފާހަގަ ކުރެވޭ ފަރާތަކަށް ވަނީ ވެފައެވެ. ފިލްމް ޑޮކިއުމެންޓްރީ ފަދަ ތަކެއްޗަށް އަޑުއަޅައި ދިނުމުގެ އިތުރުން 19 އަށްވުރެ ގިނަ ފިލްމަށް އަމީތާބް ވަނީ އޭނާގެ އަޑުން ލަވަކިޔާދީފައެވެ. އޭނާ ކިޔާދީފައިވާ ހުރިހާ ލަވަތަކަކީ ވެސް އޭނާ ކުޅެފައިވާ ފިލްމްތަކުގައި އަދި އޭނާ އެކްޓްކޮށްފައިވާ ލަވަތަކެވެ. މީގެ އިތުރުން ވެސް ވަރަށް ގިނަ ޓީވީ ޕްރޮގްރާމް ތައް ހުށަހަޅާދީފައި ވެއެވ. ޚާއްޞަ ކޮށް އަމީތާބް ހުށަހަޅައިދިން ކޯންބަނޭގާ ކްރޯޑްޕަތީ ޕްރޮގްރާމަށް ވަރަށް ގިނަ ޓެލެވިޒަން އެވޯޑް ތައް ލިބިގެން ގޮސްފައި ވެއެވެ. ފިލްމީ ދާއިރާއަށް ވަނުމުގެ ކުރިން އޯލް އިންޑިޔާ ރޭޑިއޯގެ އެނައުންސަރެއްގެ މަގާމަށް އަމީތާބް ކުރިމަތިލާފައި ވެއެވެ.

ލިބިފައިވާ އެވޯޑް ތައް

[އުނިއިތުރު ގެންނަވާ]

ނޭޝަނަލް އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 1970 - ބެސްޓް ނިއުކަމަރ ( ސާތު ހިންދުސްތާނީ )
  • 1991 - ބެސްޓް އެކްޓަރ ( އަގްނީޕަތު )
  • 2006 - ބެސްޓް އެކްޓަރ ( ބްލެކް )

ބެންގަލް ފިލްމް ޖާނަލިސްޓް އެސޯސިއޭޝަން އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 1971 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( އާނަންދު )
  • 1975 - ބެސްޓް އެކްޓަރ ( މިލީ )
  • 2003 - ސަތްޔަޖިތް ރޭ ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް
  • 2005 - ބެސްޓް އެކްޓަރ ( ބްލެކް )

ފިލްމް ފެއަރ އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 1971 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( އާނަންދު )
  • 1973 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( ނަމަކް ހަރާމް )
  • 1977 - ބެސްޓް އެކްޓަރ ( އަމަރު އަކްބަރު އެންތޮނީ )
  • 1978 - ބެސްޓް އެކްޓަރ ( ޑޮން )
  • 1990 - ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް
  • 1991 - ބެސްޓް އެކްޓަރ ( ހަމް )
  • 2000 - ސްޕަރ ސްޓާރ އޮފް ދަ މިލޭނިއަމް
  • 2000 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( މުހައްބަތޭން )
  • 2001 - ކްރިޓިކްސް އެވޯޑް ފޯރ ބެސްޓް ޕާރފޮމެންސް ( އަކްސް )
  • 2003 - ފިލްމް ފެއަރ ޕަވަރ އެވޯޑް
  • 2005 - ކްރިޓިކްސް އެވޯޑް ފޯރ ބެސްޓް ޕާރފޮމެންސް ( ބްލެކް )
  • 2005 - ބެސްޓް އެކްޓަރ ( ބްލެކް )

އައިފާ އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2000 - އައިފާ ސްޕެޝަލް އޮނަރަރީ އެވޯޑް
  • 2001 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( މުހައްބަތޭން )
  • 2002 - އައިފާ ޕާސަނަލިޓީ އޮފް ދަ ޔިއަރ
  • 2006 - އައިފާ ވޯލް އޮފް ފޭމް
  • 2006 - ބެސްޓް އެކްޓަރ ( ބްލެކް )

ބޮލީވުޑް މޫވީ އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2001 - ކްރިޓިކްސް އެވޯޑް - މޭލް ( މުހައްބަތޭން )
  • 2003 - މޮސްޓް ސެންސޭސަނަލް އެކްޓަރ ( ކާންޓޭ )
  • 2006 - ބެސްޓް އެކްޓަރ ( ބްލެކް )

ޒީ ސިނެ އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2003 - ޒީސިނެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • 2004 - ގޯލްޑަން ގްރޭޑް އެވޯޑް
  • 2006 - ބެސްޓް އެކްޓަރ ( ބްލެކް )

ސްޓާރ ސްކްރީން އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2003 - ޖޯޅީ ނަމްބަރ 1 ހެމާ މާލިނީ އާއެކު ( ބާޣްބާން )
  • 2003 - ޑިސްޓިންކްޝަން އިން އެކްޓިން އެވޯޑް ( ބާޣްބާން )
  • 2004 - މޮސްޓް އައުޓް ސްޓޭންޑިންގ ޕާސަނަލިޓީ
  • 2005 - ބެސްޓް އެކްޓަރ ( ބްލެކް )

ސްޓާރޑަސްޓް އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2003 - ސްޓާރޑަސްޓް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް
  • 2004 - ސްޕެޝަލް އެވޯޑް ( ބާޣްބާން އަށް )
  • 2005 - ސްޕެޝަލް އެވޯޑް ( ބްލެކް އަށް )
  • 2006 - ސްޓާރޑަސްޓް ސްޓާރ އޮފް ދަ ޔިއަރ ( ބްލެކް )

ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 1989 - ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - ބޮމްބޭ ރޮޓަރީ ކްލަބް
  • 2002 - ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - ސަންސުއީ ވިވާރސް ޗޮއިސް އެވޯޑް
  • 2003 - ބޮލީވުޑްސް ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - ލަންޑަން ބޭސްޑް އޭޝިއަން ގިލްޑް
  • 2003 - ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - ސަންގީތު ޝިރްމާނީ އެވޯޑް
  • 2006 - ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް - އޭއެކްސް އެން އެކްޝަން އެވޯޑް

ޓެލެވިޒަން އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2000 - ބެސްޓް އެންކަރ - ސްކްރީން ވީޑިއޯންކޮން އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2001 - ޓީވީ ޕާސަނަލިޓީ އޮފް ދަ ޔިއަރ - އިންޑިއަން ޓެލީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2001 - ބެސްޓް އެންކަރ ގޭމް ކުއިޒް - އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2001 - ބެސްޓް ހޮސްޓް - އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2002 - ބެސްޓް ޓެލެވިޒަން އެންކަރ - އިންޑިއަން ޓެލެވިޒަން ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2002 - ޓީވީ އެންކަރ އޮފް ދަ ޔިއަރ - އިންޑިއަން ޓެލީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2005 - ބެސްޓް އެންކަރ - އިންޑިއަން ޓެލީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )
  • 2007 - އަލްޓިމޭޓް އެމިނެންސް އިން ދަ ވޯލްޑް އޮފް އެންޓަޓެއިންމަންޓް - އިންޑިއަން ޓެލެވިޒަން އެކަޑަމީ އެވޯޑް ( ކޯން ބަނޭގާ ކްރޯޑްޕަތީ )

ސަންސުއީ ވިވާރސް ޗޮއިސް އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2000 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( މުހައްބަތޭން )
  • 2004 - ޕާސަނަލިޓީ އޮފް ދަޔިއަރ

ބޮލީވުޑް ޕީޕަލް ޗޮއިސް އެވޯޑް

[އުނިއިތުރު ގެންނަވާ]
  • 2000 - ބެސްޓް ސަޕޯޓިންގ އެކްޓަރ ( މުހައްބަތޭން )
  • 2006 - ބެސްޓް އެކްޓަރ ( ބްލެކް )

އެހެނިހެން އެވޯޑްތައް

[އުނިއިތުރު ގެންނަވާ]
  • 1970 - ސަރަސްވަތީ އެވޯޑް ( އާނަންދު )
  • 2000 - ބެސްޓް އެކްޓަރ - އޯލް އިންޑިޔާ ކްރިޓިކްސް އެސޯސިއޭޝަން ( ސޫރްޔަވަންޝާމް )
  • 2001 - ކްރިޓިކްސް އެވޯޑް ފޯރ ބެސްޓް މޭލް - ޒީ ގޯލްޑް އެވޯޑް ( މުހައްބަތޭން )
  • 2002 - އައިކަން އޮފް ދަ މިލޭނިއަމް - 32 ވަނަ ރުޕާ އެއިފާ އެވޯޑް
  • 2003 - މަހާ ސްޓައިލް އައިކަން އޮފް ދަ ޔިއަރ - އެމްޓީވީ ލިކްރާ އެވޯޑް
  • 2004 - ރޭޑިއޯ ވޮއިސް އޮފް ދަޔިއަރ އެވޯޑް
  • 2004 - ޖޯޅީ އޮފް ދަ ޔިއަރ ހެމާ މާލިނީ އާއެކު - ސްޕޯޓްސް ވޯލްޑް ( ބާޣްބާން )
  • 2005 - ބެސްޓް އެކްޓަރ - ބޮލީވިސްޓާ ފިލްމް އެވޯޑް ( ބްލެކް )
  • 2006 - ބެސްޓް އެކްޓަރ - އަޕްސަރާ އެވޯޑް ( ބްލެކް )
  • 2006 - ބެސްޓް އެކްޓަރ - ރެޑިފް މޫވީ އެވޯޑް ( ބްލެކް )

ގައުމީ ޝަރަފްތައް

[އުނިއިތުރު ގެންނަވާ]
  • 1980 - އަވާދު ސަމަން - އުއްތަރު ޕްރަދޭޝްގެ ފަރާތުން
  • 1982 - ޕަދުމާ ސްރީ އެވޯޑް - އިންޑިޔާ ސަރުކާރުންދޭ 4 ވަނަ އަށް އެންމެ މަތީ އެވޯޑް
  • 1995 - ޔޭޝް ބާރަތީ ސަމަން - އުއްތަރު ޕްރަދޭޝްގެ ސަރުކާރުން ދޭ އެންމެ ޝަރަފްވެރި އެވޯޑް
  • 1997 - ޑިސްޓިންގިޝްޑް އެލުމިނީ - ދިއްލީ ޔުނިވަސިޓީ
  • 2000 - ބެސްޓް އާޓިސްޓް އޮފް މިލޭނިއަމް - ސްޓާރޑަސްޓް މެގަޒިން
  • 2001 - ޕަދުމާ ބުޝާން އެވޯޑް - އިންޑިޔާ ސަރުކާރުންދޭ 3 ވަނަ އަށް އެންމެ މަތީ އެވޯޑް
  • 2002 - ދަޔަވަތީ މޯޑީ - އިންޑީޔާގައި އާޓްސްގެ ދާއިރާގައި ދެވޭ މަތީ އެވޯޑެއް
  • 2002 - ކިޝޯރު ކުމާރު އެވޯޑް - މަދްޔާ ޕްރަދޭޝް ސަރުކާރުގެ ފަރާތުން ފިލްމް އިންޑަސްޓްރީ އަށްކޮށްދިން ޚިދުމަތަށް
  • 2002 - ރާޖު ކަޕޫރު އެވޯޑް - މަހާރާސްތުރާ ސަރުކާރުގެ ފަރާތުން
  • 2004 - އޮނަރަރީ ޑޮކްޓްރޭޓް - ޖަންސީ ޔުނިވަސިޓީ
  • 2004 - ލިވިންގ ލެޖަންޑް އެވޯޑް - އެފްއައިސީސީއައިގެ ފަރާތުން
  • 2005 - ދީނަންތު މަންޖެސްކަރު އެވޯޑް
  • 2006 - އޮނަރަރީ ޑޮކްޓްރޭޓް ޑިގްރީ - ދިއްލީ ޔުނިވަސިޓީ
  • 2007 - ސްޕެޝަލް އެވޯޑް - މާމީ އެވޯޑްގައި

ބައިނަލް އަގުވާމީ ޝަރަފްތައް

[އުނިއިތުރު ގެންނަވާ]
  • ޖުލައި، 1999 - ބީބީސީ އޮންލައިންގައި ނެގި ޕޯލަކުން ގްރޭޓެސްޓް ސްޓާރ އޮފް ދަ މިލޭނިއަމް ގެ ލަގަބު އަމީތާބް އަށް ލިބުނު. މިޕޯލް ގައި އަމީތާބް އާއެކު ހޮލީވުޑް މަޝްހޫރު ތަރިން ކަމުގައިވާ އެލެކް ގިނިސް، މާލަން ބްރެންޑޯ، ޗާލީ ޗަޕްލިން، އަދި ލައުރެންސް އޮލީވިއަރ ފަދަ ތަރިން ވާދަކޮށްފައި ވެއެވެ.
  • ޖޫން،2000 - ދިރިހުއްޓައި އެމީހެއްގެ ބުދު، އިގިރޭސި ވިލާތުގެ ލަންޑަންގެ މެޑަމް ތުސައުޑްސް ދާރުލް އާސާރުގައި ބެހެއްޓުނު ފުރަތަމަ އޭޝިޔާގެ މީހަކަށް އަމީތާބް ބައްޗަން ވެގެންދިޔަ.
  • މާރޗް، 2001 - އެމެރިކާގެ ފޯރބްސް މީޑިއާ ކޮމްޕެނީގެ ފަރާތުން މޮސްޓް ޕަވަރފުލް އެކްޓަރ އިން ބޮލީވުޑް ގެ ގޮތުގައި އަމީތާބް ބައްޗަން ރޭންކުކުރި.
  • ސެޕްޓެމްބަރ 10، 2001 - މިޞްރުގެ އެލެކްސެންޑްރިއާގައި އޮތް އެލެކްޒެންޑްރިއާ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި ސްޓާރ އޮފް ދަ ސެންޗަރީ ގެ އެވޯޑް އަމީތާބް އަށް ދެވުނު. މިއެވޯޑް ހަވާލުކޮށްދެއްވީ އޭރުގެ މިޞްރުގެ ކަލްޗަރ މިނިސްޓަރ ފާރޫގު ހުސްނީ.
  • 2003 - ޔުނިސެފް ގެ ގުޑް ވިލް މެންބަރުގެ މަގާމް އަމީތާބް އަށް ދެވުނު.
  • 2003 - ހޮންކޮންގ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް ގައި އަމީތާބް ޝަރަފްވެރިކުރެވުނު.
  • ޖޫން 9 ، 2007 - ލީޑްސް މެޓްރޮޕޮލިޓަން ޔުނިވަސިޓީ ގެ ފަރާތުން އޮނަރަރީ ޑޮކްޓްރޭޓް އިން އާޓް ގެ ޝަރަފް އެރުވުނު.
  • ޖޫން17، 2007 - ބަފްތާ އެވޯޑްގައި އޮނަރަރީ ލައިފްޓައިމް މެންބަރ އޮފް ބަފްތާ ގެ ލަގަބް އަމީތާބް އަށް އެރުވުނު.
  • ނޮވެމްބަރ 22، 2007 - ދަވިޒިޓް ލަންޑަން ސްޕެޝަލް އެވޯޑް ފޯރ އައުޓްސްޓޭންޑިން އެޗީވްމަންޓް އެވޯޑް ލަންޑަންގެ މޭޔަރ ކެން ލިވިންގ ސްޓޯންގެ އަތްޕުޅުން ދެވުނު. މިއީ ފާއިތުވީ 30 އަހަރު ދުވަހުގެ ތެރޭގައި އިންޑިޔާގެ ސިނަމާއަށް ކޮށްދެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑެއް.

ކުޅެފައިވާ ފިލްމްތައް

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]