ޣިޔާޘުއްދީން ސުކޫލް

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search
ޣިޔާޘުއްދީން ސުކޫލް
GSchool.JPG
ނަން

ޣިޔާޘުއްދީން ސުކޫލް

ޤައުމު

ދިވެހިރާއްޖެ

ހިންގަން ފެށުނީ

ފެބުރުއަރީ،1999

ފެންވަރު

ޕްރައިމަރީ

ކުލަ

ދަނބު

މޮޓޯ


( Learn and Lead)

ޣިޔާޘުއްދީން ސުކޫލް އަކީ މާލޭގައި 6ވަނަ އަށް ހުޅުވި ޕްރައިމަރީ ސުކޫލް އެވެ. ޣިޔާޘުއްދީން ސުކޫލް އަކީ ޖަޕާނު ސަރުކާރުގެ އެހީގައި މާލޭގައި ބިނާކުރެވުނު ސުކޫލެކެވެ.މިސުކޫލްގައި ކިޔަވައި ދޭން ފެށުނީ 7 ފެބުރުއަރީ 1999 ގައެވެ.ނަމަވެސް ޣިޔާޘުއްދީން ސުކޫލްގެ ހުރިހާ މަސައްކަތެއް އެއްކޮށް ނިންމާލެވުނީ 14 މާރޗް 1999 ގައެވެ. އަދި މިސުކޫލް ރަސްމީގޮތުން ހުޅުވައިދެއްވީ 9 ޖޫން 1999 ގައި ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބުދުލް ގައްޔޫމް އެވެ.

ޣިޔާޘުއްދީން ސުކޫލް ދަރިވަރުންގެ އިގިރޭސި ބަހުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި، ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ސްލޭޓްގެ ނަމުގައި 1999 ވަނަ އަހަރު އިގިރޭސި ކްލަބެއް ނުވަތަ ޖަމްޢިއްޔާއެއް އުފެދިފައި ވެއެވެ. މިޖަމްޢިއްޔާއިން މުޅި އަހަރުގެ ތެރޭގައި ތަފާތު ޕްރޮގްރާމްތައް ރާވައި ހިންގައެވެ. 1999 ވަނަ އަހަރު ގެ ތެރޭގައި ދިވެހިބަހުގެ ފެންވަރު ރަގަޅު ކުރުމަށްޓަކައި ދިވެހި ޖަމްޢިއްޔާއެއް ފިލާ ގެ ނަމުގައި ވެސް އުފައްދާފައި ވެއެވެ. މި ޖަމްޢިއްޔާއިން ވެސް ތަފާތު ޕްރޮގްރާމްތަކާއި މުބާރާތްތައް ދަރިވަރުންގެ މެދުގައި ރާވައި ހިންގަމުން ގެންދެއެވެ.

ޣިޔާޘުއްދީން ސުކޫލް ހުންނަނީ މާލޭގެ ދެކުނު ފަރާތުގައި އަމީނީ މަގުގައި މާފަންނު ސްޓޭޑިއަމް އާއި އިންވެގެންނެވެ. އެހެން ކަމުން ޣިޔާޘުއްދީން ހުންނަނީ މާލޭގެ އަވަށްތަކުގެ ތެރެއިން މައްޗަށްގޮޅީ ގައެވެ.

ސުކޫލްގެ ނަން[އުނިއިތުރު ގެންނަވާ]

މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު

ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

ސުކޫލްގެ ލަވަ[އުނިއިތުރު ގެންނަވާ]

ޅަފަތުގައި އުގެނެމާ އުފަލުގާ ކިޔަވަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ


ކާބަފައިން ގެންނަވައި ދެއްވި ހެޔޮ ނަންމަތީ
ލޯބިވެތި ދައުލަތަށް ބޯލެނބޭ ގޮތްމަތީ
އަދު މިތައުލީމު ތަރުބިއްޔަތާ ހޯދަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ


މާތްވި ދީނާ އަމާން ދިވެހި ގައުމަށްޓަކައި
އާރުލާ ޚިދުމަތަށް އެދި މިތައްޔާރުވާން
ހަރުދަނާ ދިވެހިލޭ ހުރި ދަރިންނަށް ވަމާ
ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ


ކާމިޔާބީތައް[އުނިއިތުރު ގެންނަވާ]

ޣިޔާޘުއްދީން ސުކޫލް

1999[އުނިއިތުރު ގެންނަވާ]

 • 9 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މެދުމަދަރުސާތަކުގެ ގުރޫޕުން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • ސުކޫލްތަކުގެ މެދުގައި ބޭއްވުނު 4 ވަނަ ސައިންސް ފެއަރ 1ވަނަ - ގްރޭޑް 8 - ޣިޔާޘުއްދީން ސުކޫލް
 • ކޮމަންވެލްތު ގައުމުތަކުގެ ސުކޫލްތަކުގެ ދަރިވަރުންގެ މެދުގައި ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ޣިޔާޘުއްދީން ސުކޫލްގެ 2 ދަރިވަރަކު މަތީވަނަ ހޯދާފައި ވެއެވެ. އެއީ
  • ނަޖީމް އިބްރާހީމް ޒަކަރިއްޔާ - ގްރޭޑް 6 ސީ / މ.ދާޝިން
  • ފާތިމަތު ލުބައިނާ ރަޝީދު - ގްރޭޑް 6 އެން / ހ.ނިއުހެޕިނަސް

2000[އުނިއިތުރު ގެންނަވާ]

 • 10 ވަނަ ގައުމީ ގުރުއާން ކިޔެވުމުގެ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން މެދުމަދަރުސާތަކުގެ ގުރޫޕުން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް އެތުލެޓިކްސް މުބާރާތުގެ އަންހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް ކްރިކެޓް މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް ކްރިކެޓް މުބާރާތުގެ ފިރިހެންކުދިންގެ 16 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • 9 ވަނަ އިންޓަރ ސުކޫލް ވޮލީ މުބާރާތުގެ 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން 1 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް ފުޓްބޯޅަ މުބާރާތުގެ 14 އަހަރުން ދަށުން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ ފިރިހެންކުދިންގެ 14 އަހަރުން ދަށުގެ ބައިން 2 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • ސުކޫލްތަކުގެ ލަވާމުބާރާތުގެ 13 އަހަރުން ދަށުން 3 ވަނަ - ޣިޔާޘުއްދީން ސުކޫލް
 • އިންޓަރ ސުކޫލް ފެތުމުގެ މުބާރާތުގައި 18 ރަން މެޑަލް، އަދި 24 ރިހި މެޑަލް

އިތުރު ފާލަންތައް[އުނިއިތުރު ގެންނަވާ]