ދޫނި ރޯގާ
Appearance
ދޫނި ރޯގާ (އިނގިރޭސި ބަހުން: Bird flu)އަކީ އިންފުލުއެންޒާ އޭ ވައިރަސްގެ ސަބަބުން ފެތުރޭ ބައްޔެކެވެ. މިބަލި އިންސާނުންނަށް ޖެހޭކަން ފާހަގަ ކުރެވިފައިވަނީ 1997 ވަނަ އަހަރު އެވެ. ދޫނި ރޯގާ ޖައްސާ ވައިރަހުގެ އެންމެ ނުރައްކާތެރި ވައްތަރަކީ ( H5N1 ) އެވެ.
ދޫނި ރޯގާ ޖެހުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ހުންއައުން، ކެއްސުން، މަސްތަކުގައި ރިހުން، ލޮލުގެ އިންފެކްޝަން، ނިއުމޯނިޔާ، އަދި ވައިރަލް ނިއުމޯނިޔާ ޖެހުން ފަދަ ކަންތައްތައް ހިމެނެއެވެ.