މައުމޫން ޢަބްދުލް ޤައްޔޫމް
މައުމޫން ޢަބްދުލް ޤައްޔޫމް | |
---|---|
މައުމޫން ޢަބްދުލް ޤައްޔޫމް | |
ދިވެހި ރާއްޖޭގެ 3 ވަނަރައީސުލް ޖުމްހޫރިއްޔާ | |
މަޤާމުގައި 11 ނޮވެމްބަރ 1978 – 11 ނޮވެމްބަރ 2008 | |
ނައިބު ރައީސް | ނެތް |
ކުރިން ހުންނެވީ | އިބްރާހީމް ނާޞިރު |
ފަހުން ވަޑައިގަތީ | |
އުފަންވީ | ޢަބްދުﷲ މައުމޫން ޚައިރީ 29 ޑިސެމްބަރ 1937 Malé, Sultanate of the Maldive Islands |
ސިޔާސީ ޕާޓީ | Reform (since 2019) |
އެހެނިހެން ސިޔާސީ ގުޅުންތައް |
|
ގުޅުން | ޔާމީން ޢަބުދުލް ޤައްޔޫމް (half-brother) |
ދަރިން | |
މައިންބަފައިން | [[ޢަބުދުލް ޤައްޔޫމް އިބްރާހީމް ]] |
މަތީތަޢުލީމު | |
ސޮއި | |
އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަނީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.
ރައީސް މައުމޫން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1937 ވަނަ އަހަރު ޑިސެންބަރު މަހު 29 ވަނަ ދުވަހު އެވެ. މައްޗަންގޮޅީ ކާމިނީގޭގައެވެ. ޅަފަތުގެ ދުވަސްވަރާއި ތުއްޕުޅުއިރުގެ ޙަޔާތްޕުޅު ހޭދަކުރެއްވީ މަންމާފުޅާއި ބައްޕާފުޅުގެ އޯގާތެރި ބެއްލެވުމުގެ ދަށުގައި މއ. ކާމިނީގޭގައެވެ. އެ މަނިކުފާނުގެ އަޞްލު ނަންފުޅަކީ ޢަބްދުﷲ މައުމޫން ޚައިރީ އެވެ. ގޭތެރޭގެ ނަންފުޅެއްގެ ގޮތުން މަޝްހޫރުވެފައިވަނީ ޅަސީދީ އެވެ. ނަމަވެސް މަދްރަސީ ދައުރުގައި ކިޔައި އުޅުނީ ޢަބްދުﷲ މައުމޫން ކަމަށް [ރައީސް ގެ ތިންވަނަ ފަސް އަހަރުގެ ކުލަގަދަ ޚިދުމަތްތައް] (1993) މި ފޮތުން ހާމަވެއެވެ. (މޫންލައިޓް، 1978)
ކުރީގެ ހަޔާތްފުޅު
މައުމޫން އަބްދުލް ޤައްޔޫމްގެ ބައްޕާ ފުޅަކީ އަބްދުލް ޤައްޔޫމް އިބްރާހިމް (މާފަތްގޭ ދޮންސީދި) އެވެ. އަދި މަންމާ ފުޅަކީ ޚަދީޖާ މޫސާ އެވެ. އަބްދުލް ޤައްޔޫމު އިބްރާހިމްގެ މުޅި ޖުމްލަ 8 އަނބިން ތިއްބެވެ. މިގޮތުން މައުމޫނު އާއި އެއްބަފާ 25 ބޭފުޅުން ތިބެއެވެ. މައުމޫނު އަކީ އާއިލާގެ 10 ވަނަ ބޭފުޅާއެވެ. މިސްރު ގެ ކެއިރޯ ގައި ތަޢުލީމު ހާސިލް ކުރައްވަން އުޅުއްވި ދުވަސްވަރު، 1954 ވަނަ އަހަރު މައުމޫނުގެ މަންމާ ފުޅު ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވިއެވެ. އަދި ބައްޕާފުޅު އަވަހާރަ ވީ 1982 ގައި އުމުރުފުޅުން 87 އަހަރުގައެވެ. އަބްދުލް ޤައްޔޫމް އިބްރާހިމަށް އޭނާގެ ދަރިފުޅު މައުމޫނު ވެރިކަމާއި ހަވާލުވުމާއި، އޭނާގެ ފުރަތަމަ ދައުރުގެ މަންޒަރުތައް ފެނިލުމުގެ އުފާވަނީ ލިބިފައެވެ.
1965 ގައި މައުމޫނު އާއި ނަސްރީނާ ފުރަތަމަ ބައްދަލުވިއެވެ. އޭރު ނަސްރީނާ އެއީ ދިވެހިރާއްޖެ އިން ކެއިރޯ އަށް ތައުލީމު ހާސިލް ކުރަން އައި ދަރިވަރެކެވެ. އެކަމަނާގެ އުމުރަކީ އޭރު 15 އަހަރެވެ. އަދި މައުމޫނުގެ އުމުރުން 27 އަހަރުފުޅެވެ. އޭގެ 4 އަހަރުފަހުން 14 ޖުލއި 1969 ގައި މި ދެމީހުން ކެއިރޯގައި ކައިވެނިކުރިއެވެ. ކައިވެންޏަށް މާގިނަ ދުވަސްތަކެއް ނުވެ ނައިޖީރިޔާ ގެ ކާނޯ ގައި ހުންނަ އަހުމަދު ބެލޯ ޔުނިވާރސިޓީ އާއި ގުޅި އެތާނގައި އިސްލާމިކް ސްޓަޑީސް ލެކްޗަރަރ އެއްގެ މަޤާމް ފުރުއްވިއެވެ. 20 މާރޗް 1970 ވަނަ އަހަރު އުމުރުފުޅުން އެންމެ 20 އަހަރުގައި މިދެމަފިރިންނަށް އެއްލިނބުލެއްގެ ދެ ކުދިން ލިބުނެވެ. އެއީ ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން އެވެ. ދެވަނަ ފަހަރަށް ނަސްރީނާ ބަލިވެ އިނުމުން މައުމޫން ނަސްރީނާ މާލެ ފޮނުވާލުމަށް ގަސްތު ކުރިއެވެ. އަދި މިދެމަފިރިންގެ ފުރަތަމަ ފިރިހެން ދަރިފުޅު ފާރިޝް އުފަންވީ 31 މާރޗް 1971 ގައި މާލޭގައެވެ. އޭގެ 9 އަހަރުފަހުން މައުމޫނު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފަހު ޤައްސާން އަބްދުލް ޤައްޔޫމް އުފަން ވީ 12 ޖޫން 1980 ގައެވެ. މައުމޫންގެ ބައްޕާފުޅަކީ އިބްރާހީމް މާފަތް ތަކުރުފާނުގެ އައްޝައިޚު ޢަބްދުލްޤައްޔޫމް ސީދީ އެވެ. މަންމާފުޅަކީ، ބޮއިގަސްދޮށުގޭ މޫސާ ކަލޭފާނުގެ ކަތްދައިދީ (ޚަދީޖާ މޫސާ) އެވެ. (މުޙައްމަދު ނަޞީރު، 2009)
ޢަބްދުﷲ މައުމޫން ޚައިރީ ގެ ނަންފުޅު މައުމޫން ޢަބްދުލްޤައްޔޫމަށް ބަދަލުވި ކަމަށް މަޢުލޫމާތު ލިބިފައިވަނީ އެ މަނިކުފާނު ތަޢުލީމު ޙާޞިލުކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ޕާސްޕޯޓް ހެއްދެވުމުގައި އިސްވެ އުޅުއްވި ބޭފުޅަކަށް އެރި އޮޅުމެއްގެ ސަބަބުންނެވެ. ޢާއްމުކޮށް ކިޔައި އުޅުނީ [މައުމޫން] ކަމަށް ވުމުން ފުރިހަމަ ނަންފުޅު ފޯމުގައި ލިޔުނު މީހަކު [މައުމޫން] މި ނަންފުޅާ ގުޅުވައިގެން ބައްޕާފުޅުގެ ނަންފުޅު އިތުރުކުރައްވައި [މައުމޫން ޢަބްދުލްޤައްޔޫމް]ގެ ގޮތުގައި ޕާސްޕޯޓް ހެއްދެވީއެވެ.
އާއިލާ
އިބްރާހިމް | ގަލޮޅު ސިއްތި | މޫސާ ދީދީ | މަރިޔަމް ދީދީ | ||||||||||||||||||||||||||||||||||
އަބްދުލް ޤައްޔޫމް އިބްރާހިމް | ޚަދީޖާ މޫސާ | ||||||||||||||||||||||||||||||||||||
މައުމޫން އަބްދުލް ޤައްޔޫމް | |||||||||||||||||||||||||||||||||||||
ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަކީ ޚަދީޖާ ދީދީ (ޚަދީޖާ މޫސާ) ގެ ފިރިހެން ދަރިއެވެ. ޚަދީޖާ އަކީ މަރިޔަމް ދީދީ ގެ އަހެން ދަރިއެކެވެ. ބައްޕަ އަކީ ޢަބުދުލް ގައްޔޫމް އިބްރާހީމް އެވެ. މަންމައަކީ ޚަދީޖާ މޫސާ ކައްދައިދީ އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 29 ޑިސެމްބަރު 1937 ގައެވެ.
ތަޢުލީމީ ދާއިރާ
މައުމޫން އަބްދުލް ޤައްޔޫމް ތައުލީމު ހާސިލް ކުރެއްވީ މިޞްރުގެ އަލް އަޒްހަރު ޔުނިވާރސިޓީ އިންނެވެ. މިމަނިކުފާނު މިސްރަށް ވަޑައިގެންނެވީ އެންމެ 12 އަހރު ފުޅުގައި 1950 ވަނަ އަހަރުއެވެ. އަދި ފެކަލްޓީ އޮފް ޝަރިޔާ އެންޑް ލޯ ހެއްދެވުމަށް އަރަބި ބަސް ދަސްކުރެއްވުމުގައި 6 މަސް ދުވަސް ހޭދަ ކުރެއްވިއެވެ.
މައުމޫނު ޢަބްދުލް ޤައްޔޫމް ވަނީ އަޒްހަރު ޔުނިވަސިޓީގައި ޝަރީޢަތާއި ގާނޫނުން ޑިގްރީ ނަންގަވާފައެވެ. ޢަރަބި، އަދި އިގިރޭސި ދެނެވަޑައިގަންނަވައެވެ.
ރައީސް މައުމޫންގެ ތަޢުލީމުގެ ބިންގާ އަޅުއްވައި ޅަފަތުގެ ތަޢުލީމު ޙާޞިލުކުރެއްވީ އެ މަނިކުފާނުގެ ޢިލްމުވެރި ބައްޕާފުޅުގެ އަރިހުންނެވެ. އެޔަށްފަހު މަދްރަސަތުމް މަޖީދިއްޔާއިން ތަޢުލީމު ޙާޞިލުކުރައްވަން އުޅުއްވުމަށްފަހު ސިލޯނަށް ވަޑައިގެން ކުޑަ ދުވަސްކޮޅަކު ކިޔަވައި ވިދާޅުވިއެވެ. އެޔަށްފަހު މިޞްރަށް ވަޑައިގެން އަލްޖާމިޢުލްއަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އެ ޔުނިވަރސިޓީގެ [ކުއްލިއްޔަތުއްޝަރީޢާ ވަލްޤާނޫން] ގައި އިސްލާމީ ޝަރީޢާ އާއި ޤާނޫންގެ ރޮނގުން ފުރަތަމަ ޑިގްރީއާއި މާސްޓަރސް ޑިގްރީ ފުރިހަމަ ކުރެއްވި އެވެ. އަދި އެ ދާއިރާއިން ޕީއެޗްޑީ ޙާޞިލުކުރެއްވުމަށްޓަކައި ތީސިސް ލިޔުއްވާނެ ދާއިރާ ކަނޑައަޅުއްވައި ޕްލޭން ހައްދަވައި އެޕްލޭން ޔުނިވަރސިޓީއަށް ހުށަހެޅުއްވިއެވެ. މި ޕްލޭން އަޒުހަރުން ޤަބޫލުކުރައްވައި ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި ރަޖިސްޓްރީކުރެއްވި އެވެ. މިހާތަނުން ކޮންމެވެސް ސިޔާސީ ނުވަތަ ޑިޕްލޮމެޓިކް މައްސަލައަކާހުރެ އެކަން ކުރިޔަށް ގެންދެވޭ ގޮތެއް ނުވިއެވެ.
މިޞްރުގައި ހުންނެވި ދުވަސްވަރު [އެމެރިކަން ކޮލެޖް] ގައި އިނގިރޭސިބަސް ކިޔަވައި ވިދާޅުވުމުގެ ސަބަބުން އެހެނިހެން ދީނީ ޢިލްމުވެރިންނާ ޚިލާފަށް، މައުމޫނަކީ އިނގިރޭސިބަހުންވެސް ފަސޭހަފުޅުކަމާއެކު މުޢާމަލާތުކުރައްވަން ދެނެވަޑައިގަންނަވާ ބޭފުޅެކެވެ.
ސިޔާސީ ދާއިރާ އާއި ހަޔާތްޕުޅު
މައުމޫނު އަބްދުލް ގައްޔޫމް ވެރިކަމާ ހަވާލުވެ ވަޑައިގަތީ 11 ނޮވެމްބަރު 1978 ގައެވެ.ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ރައީސްކަން ދޫކޮށްލުމާއި ގުޅިގެން މައުމޫނު ޢަބްދުލް ޤައްޔޫމް އަށް ސިޔާސީ ދާއިރާއިން ޖާގަ ލިބިވަޑައިގަތީ 1978 ވަނަ އަހަރު ރައްޔިތުންމަޖުލީހުގެ 92.9 އިންސައްތަ އިންނެވެ. އެއަށްފަހު ރައްޔިތުންގެ ވޯޓް ކާމިޔާބުކުރައްވައި 11 ނޮވެމްބަރު 1978 ގައި ދިވެހިރާއްޖޭގެ ރައީސް ކަމުގެ ހުވާކުރެއްވި އެވެ. ރައީސްކަމާއި ހަވާލުވެ ވަޑައިގަތުމަށްފަހު އެންމެ އިސްކަމެއް ދެއްވީ ތައުލީމް ކުރިއެރުވުމަށެވެ.
ފުރުއްވި މަގާމްތައް
- އ.ދ އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުކަން
- ސްރީލަންކާގައި ހުންނަ ސަފީރުގެ އޮފީހުގެ ވެރިޔާކަން
- އަމީނިއްޔާ ސްކޫލްގެ ޓީޗަރުކަން
- އ.ދ ގައި ހުންނަވާ ދިވެހި ދައުލަތުގެ ވަކީލުކަން
- ރައީސް އޮފީހުގެ ޚާއްޞަ ވަކީލްކަން
- 29 މާރޗް 1977 - މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން
- 11 ނޮވެމްބަރު 1978 - 11 ނޮވެމްބަރު 2008 - ދިވެހިރާއްޖޭގެ ރައީސްކަން
- 11 ނޮވެމްބަރ 1978 - 11 ނޮވެމްބަރު 2008 - ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާކަން
- 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީކަން
- 11 ނޮވެމްބަރު 1993 - މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓެރަޒަރީކަން
- 1 ޖުލައި 1981 - އެމްއެމްއޭގެ ގަވަރުނަރުކަން
ފާހަނގަ ކުރެވޭ ދަތުރުތަކާއި ބައިވެރިވެ ވަޑައިގައިގަތް ބައްދަލުވުން
- މައުމޫނު އަބްދުލް ޤައްޔޫމް ރައީސް ކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަމަ ދަތުރަކީ ލީބިޔާ އަށް ކުރެއްވި ދަތުރުފުޅެވެ. މިދަތުރު ފުޅު ކުރެއވީ އެޤައުމުގައި ބޭއްވުނު 10 ވަނަ ސެޕްޓެމްބަރ ރިވޮލިއުޝަން ފާހަނގަ ކުރުމުގެ ޙަފްލާގައި ބައިވެރިވެ ވަޑައިގަތުމެވެ.
- 1981 ގައި އެމަނިކުފާނު ސައޫދީ އަރަބިއްޔާ ގައި ބޭއްވުނު 3 ވަނަ އިސްލާމިކް ސަމިޓް ކޮންފެރެންސް އޮފް އޯރަގަނައިޒޭޝަން އޮފް ދަ އިސްލާމިކް ކޮންފެރެންސް ގައި ބައިވެރިވެވަޑައިގަތެވެ. އަދި އޭގެ ފަހުން އައި.އެސް.ސީގެ ހުރިހާ ބައްދަލުވުމެއްގައި ބައިވެރިވެވަޑައި ގަންނަވައެވެ. މީގެ ތެރޭގައި 1984 ގައި މޮރޮކޯ ގައި ބޭއްވުނު ބައްދަލުވުމާއި، 1987ގައި ކުވޭތު ގައި ބޭއްވުނު ބައްދަލުވުމާއި, 1991 ގައި ސެނެގާލް ގައި ބޭއްވުނު ބައްދަލުވުމާއި، 1994 ގައި މޮރޮކޯ ގައި ބޭއްވުނު ބައްދަލުވުން އަދި 1997ގައި ޕާކިސްތާން ގައި ބޭއްވުނު ބައްދަލުވުން ހިމެނެއެވެ.
- 1981 ގައި މިމަނިކުފާނު އޭޝިޔާ އެހެނިހެން ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިގޮތުން މިދަތުރުފުޅުގައި ވަޑައިގަތީ ސިންގަޕޫރު އަދި މެލޭޝިޔާ އަށެވެ.
- 10 މޭއި 1982ގައި ލަންޑަން އަށް ދިވެހި ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން މިމަނިކުފާނު ކުރެއްވި މި ދަތުރުފުޅަކީ ދެކުނުގެ ޤައުމަކަށް މި މަނިކުފާނު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
- އޮކްޓޯބަރ 1982 ގައި ފިޖީ ގައި ބޭއްވުނު ކޮމަންވެލްތުގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވިއެވެ.
- 1982 ވަނަ އަހަރު ރައީސް އޮޅުދޫކަރަ އަށް ސަރުކާރުގެ ދަތުރުފުޅެއް ކުރެއްވިއެވެ. މިދަތުރުފުޅުގެ ބޭނުމަކީ ބުރޫ އަރާފައިވާ ދެ ޤައުމުގެ ގުޅުން ބަދަހި ކުރުމެވެ.
ފާހަގަކުރެވޭ ޚިދުމަތްތައް
އަދަބީ ޚިދުމަތްތައް
މައުމޫންގެ އަދަބީ ޚިދުމަތުގެ ފެށުން ގުޅިފައިވަނީ މަދްރަސީ ދައުރާއެވެ. ސިލޯނުގައި ކިޔަވައިވިދާޅުވަމުން ގެންދެވިއިރުވެސް ތަފާތު އެކިއެކި އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތެވެ. މިޞްރުގައި ކިޔަވައިވިދާޅުވަން ހުންނެވިއިރު ދަރިވަރުން ނެރުއްވި މަޖައްލާއަށް ލިޔުއްވި އަދަބީ އިޖްތިމާޢީ ލިޔުއްވުންތަކަކީ ފާހަގަކޮށްލެވޭފަދަ މުހިއްމު ލިޔުއްވުންތަކެކެވެ.
މިލިޔުމުގައި ފަންވަތް ވެބްސައިޓްގައި ޢަބުދުލް ޢަޒީޒް ޖަމާލް އަބޫބަކުރު ލިޔެފައިވާ ބައެއް ހިމެނެއެވެ |
ތަޢުލީމީ ދައުރު ނިންމަވައިލެއްވުމަށްފަހު މާލެވަޑައިގެންވެސް އަދަބީ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތީ ވަރަށް މުރާލިފުޅުކަމާއެކީގައެވެ. 70 ގެ އަހަރުތަކުގައި މަޝްހޫރުވި އަމާޒު މަޖައްލާއަށާއި ހަފުތާ ނޫހަށް ވަރަށް "ދީލަތި"ގޮތެއްގައި ލިޔުއްވަމުން ގެންދެވިއެވެ. އެ މަނިކުފާނުގެ ގިނަ ލިޔުއްވުންތައް ހުރީ ބަހާއި ބަހުގެ އަދަބިއްޔާތާއި އިޖްތިމާޢީ ދާއިރާގެ ތެރޭގައެވެ. އަދި ދީނީ ރޮނުންވެސް ތަފާތު ލިޔުއްވުންތައް ލިޔުއްވައިފައިވެއެވެ. މައުމޫން ޢަބްދުލްޤައްޔޫމަކީ ވާހަކަދެއްކުންތެރިކަމުގެ އުސްލޫބަށް ބޮޑު އިންޤިލާބެއް ގެންނެވި މުޤައްރިރެކެވެ. މިހާރު އަޅުގަނޑުމެންނަށް މި ފާހަގަކުރެވޭ ގޮތަށް ސަލާމާއި ޙަމްދު ޞަލަވާތާއި މުޚާޠަބުކުރެއްވުމުގެ ފޯމެޓް ވާހަކަދެއްކުންތެރިކަމުގެތެރޭގައި ވައިގައި ހިއްޕުވައިލެއްވީ އެމަނިކުފާނެވެ.
އެ މަނިކުފާނަށް 11 ނޮވެމްބަރ 1978 ގައި ރައީސުލްޖުމްހޫރިއްޔާކަން ލިބިވަޑައިގަތުމާއެކު [ދިވެހިބަހާއި އަދަބަށް ޚިދުމަތްކުރާ މަޖްލިސް]ގެ ނަމުގައި ވަކި މުއައްސަސާއެއް އުފައްދަވައި އެއީ ދައުލަތުން ކުރައްވާ ޚާއްޞަ މަސައްކަތްޕުޅެއް ކަމުގައި ހަމަޖެއްސެވިއެވެ. އަދި [ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތްކުރާ މަޖްލިސް] ގެ ނަމުގައި އެހެން މުއައްސަސާއެއް އުފެއްދެވިއެވެ. ފަހުން މި ދެ މުއައްސަސާ އެއްކޮށްލައްވައި [ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު]ގެ ނަމަށް ބަދަލުކުރެއްވިއެވެ. މިދެންނެވި މަރުކަޒުން ނެރުއްވަން ފައްޓަވައިގެން ކުރިޔަށް ގެންދަވާ [ފަތްތޫރަ] މަޖައްލާއަށް [ފަހުބަސް] ގެ ނަމުގައި ލިޔުއްވި އަދަބީ ލިޔުންތަކަކީ މިއަދުގެ ދަރިވަރުން އަދަބީ މުތްތަކެއްކަމުގައި ބަލަމުން ގެންދާ މަޒުމޫނުތަކެކެވެ.
އަސާސީ ތައުލީމް
މައުމޫންގެ ރައީސްކަމުގައި ސިޔާސަތަށް ގެންނެވި އެންމެ ބޮޑު ބަދަލަކީ [އިންސާނުންނަށް ފެނާއި ކާބޯތަކެތި ލިބުމަކީ އެބައިމީހުންގެ ޙައްޤެއް ކަމުގައި ވާ ފަދައި ތަޢުލީމު ލިބުމަކީވެސް އެބައި މީހުންގެ ޙައްޤެއް] ކަމުގައި ސަރުކާރުން ޤަބޫލުކުރެއްވުމެވެ.
މައުމޫންގެ ސަރުކާރުގެ ވަރަށް ކުރީކޮޅު ރާއްޖޭގެ މީހުންގެ ލިޔަންކިޔަން ދަތުމުގެ ނިސްބަސް ހޯއްދެވުމަށް ދިރާސާއެއް ކުރެއްވިއެވެ. މި ދިރާސާގެ ނަތީޖާއިން އެނގުނީ 1979 ގައި ރާއްޖޭގެ އޭރުގެ އާބާދީގެ %24.77 މީހުންނަށް ލިޔަންކިޔަން ނޭނގޭކަމެވެ. (ފުރަދާނަ، އޮކްޓޯބަރ 2003). އެހެންކަމުން ދިވެހި ޤައުމުން ލިޔަންކިޔަން ނުދަތުން މުޅިން ފޮހެލެއްވުމުގެ މަޤްޞަދުގައި 1 ޖެނުއަރީ 1980 ގައި [އަސާސީ ތަޢުލީމުގެ މަޝްރޫޢު] ސަރުކާރުން އިޢުލާންކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ޢަމަލީ މަސައްކަތް ފަށައިގަނެވުނީ 24 ފެބްރުއަރީ 1980 ގައި ޚުދު މައުމޫން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ކިޔަވައިދެއްވަން ފެއްޓެވުމުންނެވެ. މި ގޮތުގެ މަތީން ވަރަށް ފޯރިޔާއެކު މި މަޝްރޫޢު ދިޔައީ ކުރިޔަށެވެ. މި މަޝްރޫޢުގެ ސަބަބުން 1999 ގެ ނިޔަލަށް ރާއްޖޭގެ ލިޔަންކިޔަން ނުދަތުމުގެ ނިސްބަތް %1.06 އަށް ތިރިކުރެވުނެވެ.
ރަސްމީ ތަޢުލީމް ފުޅާކުރެއްވުން
ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ މައުމޫން ޙަވާލުވެވަޑައިގަތްއިރުވެސް ރާއްޖޭގައި ނިޒާމީ ތަޢުލީމުވަނީ ތަޢާރުފުކުރެވިފައެވެ. މައިގަނޑު ގޮތެއްގައި ތަޢުލީމު ދެވެނީ މާލޭގައި އެކަންޏެވެ. ފަށާ ތަޢުލީމުދޭ މޮންޓެސޫރީ ސްކޫލުން ޖާގަލިބެނީ ނަސީބުގަދަ ކުއްޖަކަށެވެ. އޭރު މުޅި ރާއްޖޭގައިވެސް ސަރުކާރުގެ ޚަރަދުގައި ހިންގާ ހުރީ އެންމެ 4 ސްކޫލެވެ.
މައުމޫންގެ ވެރިކަމުގައި ފުރަތަމަ އެޅުއްވި ފިޔަވަޅަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވަރަށް ކުއްލި ގޮތެއްގައި [ޕްރައިމަރީ ސްކޫލެއް] އުފައްދަވައި ހިންގަވާން ފެއްޓެވުމެވެ. ކޮންމެ ސްކޫލަކަށް އަތޮޅުން ހޯދާ 2 މުދައްރިސަކާއި ސަރުކާރުން ފޮނުވާ ޓީޗަރަކާއި ނާޒިރެއް ހަމަޖައްސަވައިގެންނެވެ. މިނިސްޓްރީ އޮފް ޕްރޮވިންޝަލް އެފެއަރޒްގެ ދަށުން ހިންގަވަން ފެއްޓެވި މި ސްކޫލްތައް ވަގުތީ ގޮތުން ހިންގަވަންފެއްޓެވީ ވަގުތީ ޢިމާރާތްތަކުގައެވެ. (ފަހުން ޖަޕާނު ސަރުކާރުގެ އެހީގައި ޢިމާރާތްކުރެވުނު [އަތޮޅު މަދަރުސާ]ގެ އާޢިމާރާތްތަކަށް މިތަންތަން ބަދަލުކުރެވުނެވެ.) ދެން އެޅުއްވި މުހިއްމު އަނެއް ފިޔަވަޅަކީ 10 އަހަރަށްވުރެ ދިގު މުއްދަތުގައި މެދު ނުކެނޑި ހިނގަމުން އައި އަމިއްލަ މަދްރަސާ މަކްތަބުފަދަ ތަންތަނަށް ސަރުކާރުން ދާއިމީ އެހީ ދެއްވަން ފެއްޓެވުމާއެކު، ޢުމުރު ހަމަވާ ހުރިހާ ކުދީންނަށް މޮންޓެސޫރީ ސްކޫލުން (މިހާރުގެ އިސްކަންދަރު ސްކޫލުން) ޖާގަ ހުޅުވައިލެއްވުމެވެ. (ފުރަދާނަ، ޖެނުއަރީ 2003). އަދި 2000 ވަނަ އަހަރުގެ ނިޔަލަށް މުޅިރާއްޖޭގެ ހުރިހާ ރަށަކަށް ފަށާތަޢުލީމާއި މެދުމަދުރަސީ ތަޢުލީމު ޢާއްމު ކުރެއްވިއެވެ. (އެޑިޔުކޭޝަން، 2008) . 2008 ވަނަ އަހަރު ނިމުނު އިރު ރާއްޖޭގައި ސީދާ ސަރުކާރުން ހިންގަވާ 221 ސްކޫލް ހުއްޓެވެ. (Statistical year book 2009) .
ސާނަވީ ތަޢުލީމް މަތީ ސާނަވީ ތަޢުލީމް ފުޅާކުރެއްވުން
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގެންނެވިއިރު ސާނަވީއަށް ކިޔަވައިދެނީ ހަމައެކަނި އަމީނިއްޔާ އާއި މަޖީދިއްޔާގައި ކަމަށް ވިޔަސް އެ މަނިކުފާނު ވެރިކަމުން ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ވަނީ ސާނަވީ ތަޢުލީމު ތަޢާރަފުކުރައްވައިފައެވެ.
މަތީތަޢުލީމަށް މަގުފަހިކުރެއްވުމަށްޓަކައި 3 ޖުލައި 1979 ގައި ސައެންސް އެޑިޔުކޭޝަން ސެންޓަރ (މިހާރުގެ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން) އުފެއްދެވިއެވެ. އަދި އައްޑުއަތޮޅު ހިތަދޫގައި [މުޙިއްބުއްދީން ސްކޫލް] ގެނަމުގައި، ހދ. ކުޅުދުއްފުށީގައި [ޖަލާލުއްދީން ސްކޫލް] ގެ ނަމުގައި ފެންވަރު ރަނގަޅު ދެ ސާނަވީ ސްކޫލް ބިނާކުރައްވައި މި ދެ ސްކޫލްގައިވެސް ސާނަވީއާއި މަތީ ސާނަވީ ތަޢުލީމު ދޭން ފެއްޓެވިއެވެ.
އަރަބި އިސްލާމީ ތަޢުލީމް
ރާއްޖޭގައި ދީނި ތަޢުލީމު ފުޅާކުރެއްވުމުގެ މަޤްޞަދުގައި [މަޢުހަދުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމުގައި 9 ފެބްރުއަރީ 1980 ގައި ޢިލްމީ މަރުކަޒެއް ބިނާކުރައްވައި ޤުރްއާނުގެ ޢިލްމާއި ދީނީ ޢިލްމު ފަތުރުއްވަން ފެއްޓެވިއެވެ. މިއަދު މިތަން ވަނީ ކޮލެޖެއްގެ ފެންވަރަށް ތަރައްޤީކުރައްވައި [ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ]ގެ ނަމަށް ބަދަލުކުރައްވައިފައެވެ. އަދި މައުހަދަށް ބޭނުވާ ކުދީން ހޯއްދެވުމަށްޓަކައި ފީޑަރ ސްކޫލެއްގެ ގޮތުން 8 ފެބްރުއަރީ 1987 ގައި [އަލްމަދްރަސަތުލްޢަރަބިއްޔަތުލްއިސްލާމިއްޔާ] ގެ ނަމުގައި ޢަރަބި ބަހުން ކިޔަވައިދޭ ފަށާތަޢުލީމުގެ މަދްރަސާއެއް ޤާއިމުކުރެއްވިއެވެ.
މަތީ ތައުލީމް
1978 ގައި ރައީސްކަމާ މައުމޫން ޙަވާލުވެވަޑައިގަތް އިރު، ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ގޮތުގައި ރާއްޖޭގައި ތިއްބެވީ އެންމެ 65 ބޭފުޅުންނެވެ. އެހެންކަމުން މައުމޫންގެ ސަރުކާރުން ބޭރު ޤައުމުތަކުގެ އެހީ ހޯއްދަވައިގެންނާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކުރައްވައިގެން ރާއްޖެއިން ބޭރުން މަތީ ތައުލީމް ޙާޞިލުކުރެއްވުމުގެ ފުރުޞަތު ހުޅުވައިލެއްވިއެވެ. ނަތީޖާއެއްގެ ގޮތުން ޔުނިވަރސިޓީ ގުރެޖުއޭޓުންގެ ޢަދަދު 2008 ނިމުނު އިރު 3000 އަށްވުރެ މައްޗަށް ވަނީ އަރައިފައެވެ. (ޑީ.އާރ.ޕީ. ގެ މެނި ފެސްޓޯ- 2008). މީގެ އިތުރުން ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރެވޭނެ މަގު ފަހިކުރުމަށްޓަކައި 1998 ވަނަ އަހަރު މޯލްޑިވްސް ކޮލެޖް އޮފް ހަޔަރއެޑިޔުކޭޝަން ސަރުކާރުން އުފެއްދެވިއެވެ.
ޞިއްހީ ޚިދުމަތް
މައުމޫން ރައީސް ކަމާ ޙަވާލުވެ ވަޑައިގަތް އިރު މުޅި ރާއްޖޭގައި ހުރީ އެންމެ ހޮސްޕިޓަލެކެވެ. މުޅި ރާއްޖޭގައި ޚިދުމަތްކުރައްވަނީ އެންމެ 7 ޑޮކްޓަރުންނެވެ. އޭރު ބައެއް އަތޮޅުތަކުގައި ހެލްތު ސެންޓަރ ޤާއިމުކުރެވިފައި ވިޔަސް އެއިން ކޮންމެ ތަނެއްގައި މަސައްކަތް ކުރައްވަނީ އެންމެ ހެލްތު އެސިސްޓެންޓެކެވެ. މިއަދު ކޮންމެ އަތޮޅެއްގައި ހޮސްޕިޓަލެއް އެބަހުއްޓެވެ. ކޮންމެ ރަށެއްގައި ޞިއްޙީ ޚިދުމަތްދޭނެ ހޮސްޕޓަލެއް ނުވަތަ ޞިއްޙީ މަރުކަޒެއް ނުވަތަ ހެލްތު ޕޯސްޓެއް އެބަހުއްޓެވެ. 2008 ނިމުނުއިރު ޞިއްޙީ ޚިދުމަތުގައި 550 ޑޮކްޓަރުންނާއި 1200 ނަރުހުންނާއި 800 ކޮމިޔުނިޓީ ހެލްތުވަރކަރުން ރާއްޖޭގެ ކަންކޮޅުތަކުގައި ޙަރަކާތްތެރިވެއެވެ.
ރައީސް މައުމޫން ޞިއްޙީ ދާއިރާއިން ކޮށްދެއްވި ޚިދުމަތުގެ ތަފްޞީލަށް ބަލައިލުމަކީ މިފަދަ ކުރު މަޒުމޫނެއްގައި ކުރެވޭނެ ކަމެއް ކަމަށް ނުވާތީ، މި ދާއިރާއިން ކޮށްދެއްވި މުހިއްމު ބައެއް ކަންކަން ފާހަގަކޮށްލުމުން ފުއްދައިލާނަމެވެ.
- ޅަފަތުގައި މަރުވާ ކުދީންގެ ނިސްބަތް ކޮންމެ 1000 އަކުން 120 އަށް އޮއްވައި އެ ޢަދަދު 10 އަށް ދަށްކުރެއްވުން.
- 5އަހަރުގެ ދަށުގެ ކުޑަކުދީން މަރުވާ ރޭޓް ކޮންމެ 1000 އަކުން 180 ގައި އޮއްވައި އެ ޢަދަދު ކޮންމެ އެއހާހަކުން 18 އަށް ތިރިކުރެއްވުން
މީހަކު ދިރިހުންނާނެ އެވްރެޖް ޢުމުރު 48 އަހަރުން 73 އަހަރަށް މަތިކުރެއްވުން
- ރާއްޖޭގައި ހުރި ހޮސްޕިޓަލުގެ ޢަދަދު 1 ން 22 އަށް އިތުރުކުރެއްވުން
- ރާއްޖޭގެ ހުރިހާ ކުޑަކުދީންނަށް ވެކްސިން ދިނުމުގެ މަޝްރޫޢު ކާމިޔާބުކަމާއެކު ހިންގެވުން.
- ރާއްޖެއިން ޖުޒާމްބަލި ނައްތައިލެއްވުން
- ޕޯލިޔޯ ނައްތައިލެއްވުން (1997 ގައި)
- މަލޭރިޔާ ނައްތައިލެއްވުން (1984 ގައި)
- ފައިލޭރިޔާ ނައްތައިލެއްވުން
- ޓީބީ (ކެއްސުންބަލި) މައިތިރިކުރެއްވުން. (މިހާރުގެ ނިސްބަތަކީ ކޮންމެ 1000 މީހަކުން 0.01 މީހުންނެވެ.)
މަސްވެރިކަމުގެ ޞިނާޢަތު
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތް އިރު ލަންކާ ސަރުކާރުނަ ވަނީ ރާއްޖޭގެ ހިކިކަނޑުމަސް ގަތުން މުޅިން ހުއްޓައިލައިފައެވެ. މިކަމަށް ޙައްލެއް ހޯއްދެވުމުގެ ގޮތުން 22 އޭޕްރިލް 1979 ގައި ލަންކާ ސަރުކާރާ ވާހަކަދައްކަވައިގެން 27 އޭޕްރިލް 1979 ން ފެށިގެން އަލުން ހިކިކަނޑުމަސް ލަންކާ އަށް ގަންނަ ގޮތަށް ހަމަޖެހި އަދި އަދަށް ދާންދެންވެސް އެކަން ކުރިޔަށް އެބަދެއެވެ.
މަސވެރިންނަށް ލުއި ފަސޭހަކަން ހޯއްދަވައިދެއްވުމުގެ ގޮތުން 1980 ގައި ފެއްޓެވި އޮއިވާލި ކަނދުފަތި ހަރުކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ސަރަޙައްދުގައި 272 ށްވުރެ ގިނަ ކަނދުފަތި ވަނީ ހަރުކޮށްދެއްވައިފައެވެ.
ޖޮއިންޓް ވެންޗަރ އުޞޫލުން ފެލިވަރުގައި ހިނގަމުންއައި ކޭނިންފެކްޓްރީ އަކީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏެއް ކަމުގައި ހަމަޖެއްސެވިއެވެ. 1982 ން ފެށިގެން 2 ވަނަ ޖީލުގެ މަސްދޯނި ފަހަރު ސަރުކާރުގެ ޚަރަދުގައި ބަނދެ، ދިގުމުއްދަތުން އަގު އަދާކުރާ ގޮތަށް މަސްވެރީންނަށް ލިބޭ ގޮތް ހަމަޖެއްސެވިއެވެ.
މަސްވެރީންނަށް މުޖްތަމަޢުގައި ދެވޭ ޤަދަރު އިތުރުކޮށްދެއްވުމަށްޓަކައި 10 ޑިސެމްބަރ އަކީ މަސްވެރިންގެ ދުވަސް ކަމުގައި ކަނޑައަޅުއްވައި 1981 ންފެށިގެން މިދުވަސް ޤައުމީ ފެންވަރުގައި ފާހަގަކުރައްވަން ފެއްޓެވިއެވެ. މަސްވެރިކަމުގެ ޞިނާޢަތު ވާދަވެރި ވިޔަފާރީގެ އުޞޫލުން ހުޅުވައިލައްވައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވިއެވެ. (މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް 2008)
ފަތުރުވެރިކަން
1972 ގައި ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ވީނަމަވެސް 1978 ގެ ނިޔަލަށް ފަތުރުވެރިކަމުން ދައުލަތަށް ލިބޭ އާމްދަނީއެއް ނެތެވެ. އެއީ ވަކި ބަޔެއްގެ ޖީބަށް ވަންނަ ފައިސާއެއް ކަމުގައި އޮތީވެފައެވެ. ފަންނީ އެއްވެސް ބަޔެއް މުޅި ދާއިރާގައިވެސް ނެތި، ކުރެވެމުން އައި މަސައްކަތް އެއީ ޤައުމީ އިޤްތިޞާތުގެ އެންމެ ވަރުގަދަ ތަނބުކަމުގައި ހެއްދެވިއެވެ. 1987 ގައި ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ތަމްރީނު ކުރުމަށްޓަކައި [ސްކޫލް އޮފް ހޮޓެލް އެންޑް ކޭޓަރިންގ] ގެނަމުގައި މަރުކަޒެއް ޤައިމުކުރެއްވި އެވެ. ވިސްނުންތެރިކަމާއި ރޭއްވެވުމާއެކު ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި މިމަސައްކަތް ތަރައްޤީ ކުރައްވައި މުޅި ދުނިޔޭގެ ރަންވަނަތައް ޙާޞިލުކުރެއްވިއެވެ. (މިނިސްޓްރީ އޮފް ޓޫރިޒަމް 2008)
ރާއްޖެތެރެ ތަރައްގީ ކުރުމުގެ މަޝްރޫޢު
މައުމޫން ރައީސްކަމާ ޙަވާލުވެވަޑައިގަތްއިރު، ރަށްރަށުގެ މިސްކިތްތަކާއި ރަށު އޮފީސްތަކަކީ ސަރުކާރުން ޢިމާރާތް ކުރައްވާ ތަންތަނެއް ނޫނެވެ. އެއީ ރައްޔިތުން އަމިއްލަޔަށް އެމީހުންގެ ޚަރަދުގައި ބިނާކޮށްފައި ހުރި ދެރަވަރުގެ ތަންތަނެވެ. ފުރާޅުގައި ފަންލައި ބިތުގައި ގޯނިދަމައިފައި ނުވަތަ ރާނައި ސިމެންތި ނުޖަހައި ހުންނަނ އޮފީސްތައް ބައިވަރެވެ. މިސްކިތުގައި ބައްތިދިއްލައި ކުނާ އަޅައި ހެދުމަކީ ސަރުކާރަކާ ބެހޭ ކަމެއް ނޫނެވެ. ރަށު އޮފީސްތަކަކީ ސަރުކާރުގެ ތަނަތަނަށް ނުވާތީ އެތަންތާނގައި ޤައުމީ ދިދަ ނެގުމެއްވެސް ނޯވެއެވެ. ރަށު އޮފީހުގައި ތިއްބަވަނީ ކަތީބަކާއި ކުޑަކަތީބަކު އެކަންޏެވެ.
މިކަން މިހެން އޮއްވައި މިއަދު މިފެންނަ މިންވަރަށް ރަށު އޮފީސްތަކާއި މިސްކިތްތައް ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރެއްވިއެވެ. މުވައްޒިފުން ލައްވައި ޤައުމީ ދިދަ ނަގައި ޒަމާނީކުރެއްވިއެވެ.
އެހެނިހެން ބައެއް ކަންކަން
ރައީސް މައުމޫންގެ ޒަޢާމަތުގައި ދިވެހި ޤައުމަށް ކުރެއްވި ޚިދުމަތްތައް ބަޔާންކުރުމަށް މަދު ޞަފުޙާތަކެއް ނުފުދެއެވެ. ބޭނުންވަނީ އެއްތަ ބައިވަރު ފޮތްތަކެކެވެ. އެހެންކަމުން އެ އުނދަގޫ މަސައްކަތްކުރުމަށް ޢުޛުރުވެރިވުމާއެކު އެ މަނިކުފާނުގެ މުހިއްމު އެހެން ބައެއް ޚިދުމަތްތައް ލިސްޓުކޮށްލުމުން ފުއްދައިލާނަމެވެ.
- މާލޭ ބިންހިއްކުމުގެ މަޝްރޫޢު
- މާލޭ މަގުހެދުމުގެ މަޝްރޫޢު
- ރަށްރަށުގެ ބަނދަރުހެދުމާއި ލަފައިފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުން
- އިސްލާމީ މަރުކަޒު ބިނާކުރުން
- އިލެކްޓްރިކް އަލިން ރާއްޖޭގެ ކަންކޮޅުތައް ދިއލައިލެއްވުން
- ރައީސް އޮފީހާއި ތީމުގެ ޒަމާނީ ފެންވަރަށް ޢިމާރާތްކުރުން
- އާސާރީ ތަރިކާ ޙމާޔަތްކުރެއްވުމުގެ ގޮތުން ހުކުރުމިސްކިތާއި ޢީދުމިސްކިތާއި މިފަދަ އެހެން މިސްކިތަތައް ދިގުމުއްދަތަކަށް ހުންނާނެ ގޮތަށް ސައެންޓިފިކް ގޮތުން ރައްކާތެރިކުރުން.
- ނޫސްވެރިކަން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުން
- އިޖްތިމާޢީ ޚިދުމަތްތެރީންނަށް ހިތްވަރު ދެއްވުމަށްޓަކައި ޤައުމީ އިނާމް ތަޢާރުފުކުރެއްވުން.
- ސިފައިން ތަރައްޤީކުރައްވައި ޒަމާނީކުރެއްވުމާއެކު ފުލުހުންނަކީ މަދަނީ ބަޔެއްގެ ގޮތުގައި ހަމަޖެއްސެވުން.
- އަތޮޅުތަކަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ތަޢާރުފްކުރެއްވުމަށްޓަކައި ސަރަޙައްދީ ވައިގެ ބަނދަރުތައް ޤާއިމުކުރެއްވުން
- ސިފައިންނާއި ފުލުހުންގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރެއްވުން.
- ޗާޕުގެ ޚިދުމަތް ތަރައްޤީކުރައްވައި ފުޅާކުރެއްވުން.
- އިންފޮރމޭޝަން ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރުފްކުރައްވައި ޢާއްމުކުރެއްވުން.
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އުފެއްދެވުން.
- މަލްޓިޕާޓީ ޑިމޮކްރެސީ ތަޢާރަފްކުރެއްވުން.
- ރަށުކޯޓުތައް އުފެއްދެވުން.
- ހައިކޯޓާއި ސުޕްރީމް ކޯޓް އުފެއްދެވުން.
ކުރިން ހުންނެވީ: އިބްރާހިމް ނާޞިރު |
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ 1978-2008 |
ފަހުން ވަޑައިގަތީ: މުޙައްމަދު ނަޝީދު |
ރިފަރެންސް
- ރޯއިސްޓަން އެލިސް ލިޔުއްވާފައިވާ އަ މޭން ފޯރ އޯލް އައިލެންޑްސް - ISBN 981-204-852-9
- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006