Jump to content

ސައޫދީ އަރަބިއްޔާ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
Kingdom of Saudi Arabia
المملكة العربية السعودية
al-Mamlaka al-ʻArabiyya as-Suʻūdiyya
Flag of Saudi Arabia
Flag
Coat of arms of Saudi Arabia
Coat of arms
މޮޓޯ: "There is no god but Allah, and Muhammad is the messenger of Allah" (the Kalimah)[1]
ގައުމީ ސަލާމް: "Aash Al Maleek"
"Long live the King"
Location of Saudi Arabia
ވެރިރަށް
and largest city
Riyadh
ރަސްމީ ބަސްތައްArabic
ޑިމޮނިމްSaudi, Saudi Arabian
ސަރުކާރުIslamic absolute monarchy
 King
Abdullah bin Abdul Aziz
Sultan bin Abdul Aziz
Nayef bin Abdul Aziz
ޤާނޫނު ހަދާ މަޖިލިސްConsultative Assembly[2]
(appointed by the king)
 First Saudi State established
1744
 Second Saudi State established
1824
 Third Saudi State declared
January 8, 1926
 Recognized
May 20, 1927
 Kingdom Unified
September 23, 1932
ސަރަޙައްދު
 Total
2,224,000 km2 (859,000 sq mi) (14th)
 Water (%)
negligible
އާބާދީ
 2009 estimate
28,686,633[3] (43rd)
 Density
12/km2 (31.1/sq mi) (205th)
ޖީޑީޕީ (ޕީޕީޕީ)2008 estimate
 ޖުމްލަ
$592.886 billion[4]
 ބޮލަކަށް ޖެހެނީ
$23,814[4]
ޖީޑީޕީ (nominal)2008 estimate
 ޖުމްލަ
$469.426 billion[4]
 ބޮލަކަށް ޖެހެނީ
$18,855[4]
އެޗްޑީއައި (2007) 0.843[5]
Error: Invalid HDI value (59th)
ފައިސާRiyal (SAR)
ޓައިމް ޒޯންޔޫޓީސީ+3 (AST)
 ސަމާ (ޑީއެސްޓީ)
ޔޫޓީސީ+3 ((not observed))
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް966
އައިއެސްއޯ 3166 ކޯޑްSA
އިންޓަރނެޓް ޓީއެލްޑީ.sa
  1. Population estimate includes 5,576,076 non-nationals.


ކިންގްޑަމް އޮފް ސައުދީ އަރަބިޔާ ނުވަތަ އަލްމަމްލަކަތުލް ޢަރަބިއްޔަތުއް ސުޢޫދިއްޔާ އަކީ އެރޭބިޔަން ޕެނިންސޫލާގައި އޮތް އެންމެ ބޮޑު ޤައުމެވެ. އަދި މުޅި ދުނިޔެއަށް ބަލާއިރު 14 ވަނަ އަށް އެންމެ ބޮޑު ޤައުމެވެ.

އަވަސް ކަޅިއަކުން ބަލައިލުމެއް

[އުނިއިތުރު ގެންނަވާ]

ސަޢޫދީ ޢަރަބިއްޔާގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން ސަޢޫދީ މީހުންނަށް ކިޔަނީ ސައުދީސް ނުވަތަ ސައުދީ އަރަބިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ރިޔާޒެވެ. ސަޢޫދީގެ ވެރިރަށަކީ ވެސް ރިޔާޒެވެ. ސަޢޫދީ ޢަރަބިއްޔާއަކީ އިސްލާމިކް އެބްޒޮލިއުޓް މޮނާކީއެކެވެ. ޤައުމުގެ އާބާދީއަކީ 25 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 46 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 2.2 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ sa. އެވެ. ކޯލިން ކޯޑަކީ +966 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ސައުދި އަރަބިޔަން ރިޔާލެވެ.

ސަޢޫދީ ޢަރަބިއްޔާގެ ނަން ނިސްބަތްވަނީ މުޙައްމަދު ބިން ސުޢޫދަށެވެ. އެއީ މީލާދީން 18 ވަނަ ޤަރުނުގައި އުޅުއްވި ވެރިއެކެވެ. ބައެއް ފަހަރު ސަޢޫދީ ޢަރަބިއްޔާއަށް “ދަ ލޭންޑް އޮފް ޓޫ ހޮލީ މޮސްކްސް” އޭ ވެސް ކިޔައެވެ.

ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގު އުތުރުގައި އޮތީ އުރުދުންއެވެ. އުތުރާއި އިރު އުތުރުގައި އޮތީ ޢިރާޤެވެ. އިރުމަތީގައި އޮތީ ކުވައިތާއި ޤަޠަރާއި ބަޙްރައިނާއި އެކުވެރި ޢަރަބި އިމާރާތެވެ. އިރުދެކުނުގައި އޮތީ ޢައްމާނެވެ. ދެކުނުގައި އޮތީ ޔަމަނެވެ. އިރުއުތުރުގައި އޮތް ކަނޑަކީ ޚަލީޖް ފާރިސެވެ. ހުޅަނގުގައި އޮތީ ރަތްކަނޑެވެ.

ސަޢޫދީ ޢަރަބިއްޔާ އޮތް ސަރަޙައްދަކީ ޤަދީމީ ތާރީޚެއް ލިބިފައިވާ ސަރަޙައްދެކެވެ. އެންމެ އިތުބާރު ހުރި ގޮތަކުން އެނގިފައިވާ ގޮތުގައި މި ބިމުގައި އެންމެ ފުރަތަމައަށް ދިރިއުޅެން ފެށި އިންސާނުންނާ ވެސް މިބިމާ ވަނީ ގުޅިފައެވެ. އިންސާނީ ނަޢުގެ ބައްޕަ އާއި މަންމަ ކަމުގައިވާ އާދަމުގެފާނާއި ޙައްވާގެފާނު މައްކާގެ ބިމުގައި ފައިންޕުޅު ބީއްސަވާފައިވާކަން ތާރީޚީ ފަތްފުށްތަކުން އެނގެއެވެ. އަދި މިއަދު މުސްލިމުންގެ ޤިބްލައެއް ކަމުގައި ހުރި ކަޢުބާ އެންމެ ފުރަތަމަ ބިނާ ކުރެއްވީ ވެސް އާދަމުގެފާނުކަމަށް ތާރީޚީީ ފަތްފުށްތަކުގައިވެއެވެ. މީލާދީން ހަތް ވަނަ ޤަރުނުގައި މުޙައްމަދުގެފާނުގެ ރިސާލަތު ފެށްޓެވި ބިމަކީ ވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ ބިމެވެ. އެހެން ނަމަވެސް މިއަދުގެ ސަޢޫދީ ޢަރަބިއްޔާގެ އަޞްލު ކަމުގައިވާ ސުޢޫދީ ދަރިކޮޅުގެ ވެރިކަން ފެށިފައިވަނީ 1744 ވަނަ އަހަރުގައެވެ. މި ދަރިކޮޅުގެ ފެށުމަކީ މުޙައްމަދު ބިން ސުޢޫދެވެ. އެއީ ރިޔާޒު ކައިރީގައި އޮންނަ ޓައުނެއް ކަމުގައިވާ އައްދަރްޢިއްޔާގެ ވެރިޔާއެވެ. މުޙައްމަދު ބިން ސުޢޫދުގެ ބައިވެރިން ދީނީ ޢިލްމުވެރިއެއް ކަމުގައިވާ އިމާމް މުޙައްމަދު ބިން ޢަބްދިލްވައްހާބްއާ ގުޅިގެން ސިޔާސީ ބާރެއް އުފެއްދިއެވެ. 18 ވަނަ ޤަރުނުގައި އުފަންވި މި އިއްތިޙާދަކީ މިހާރު ސަޢޫދީ ޢަރަބިއްޔާގައި ހިނގަމުން އަންނަ ވެރިކަމުގެ ވެސް ބިންގަލެވެ. އެންމެ ފުރަތަމަ ސަޢޫދީ ދައުލަތް ދެމިއޮތީ 1744 އިން 1818 އަށެވެ. ދެވަނަ ސަޢޫދީ ދައުލަތް ދެމިއޮތީ 1824 އިން 1891 އަށެވެ. ތިންވަނަ ސަޢޫދީ ދައުލަތް ޤާއިމުވީ 1900 ވަނަ އަހަރުގައެވެ. އެއަށް ފަހު މިއަދާ ހަމަޔަށް ވެސް މި އޮތީ އެ ދައުލަތެވެ. 3 މާރިޗު 1938 ގައި އެ ޤައުމުން ތެޔޮ ފެނުމާއެކު ސަޢުދީ ޢަރަބިއްޔާ މުޅީން ބަދަލުވެގެން ދިޔައެވެ.

ޑެމޮގްރަފިކްސް

[އުނިއިތުރު ގެންނަވާ]

ސަޢޫދީ ޢަރަބިއްޔާގެ އަހުލުވެރީންގެ ތެރެއިން އެންމެން ވެސް ބެލެވިފައިވަނީ ޢަރަބީންގެ ގޮތުގައެވެ. އެހެން ނަމަވެސް ކުރީގައި އެ ބިމުގައި ވަޒަންވެރިވެފައިވާ ތުރުކީންނާއި ޙަބަޝީންނާއި ފާރިސީންގެ އަސަރުވެސް ސަޢޫދީ ޢަރަބިއްޔާގެ ރައްޔިތުންގެ ތެރެއިން ފާހަގަކުރެވެއެވެ. ކުރީގައި މުސްލިމުންގެ ތެރެއިން އެތައް ބަޔަކު މި ބިމުގައި ވަޒަންވެރިވަމުން ދިޔަ ނަމަވެސް ޤައުމިއްޔަތުގެ ވަކިތަކުގެ ދަށުވެފައިވާ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ޤަބޫލުކުރާ ގޮތުގައި އެ ޤައުމުގެ ބިމަކީ ހަމައެކަނި އެ ޤައުމުގެ ސިޔާސީ ސަރަޙައްދުގައި މިހާރު ވަޒަންވެރިވެ ތިބި މީހުންގެ ޙައްޤެކެވެ.

ސަޢުދީ އަރަބިއްޔާގެ ސަގާފަތު ބައްޓަންކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ އިސްލާމްދީނެވެ. އެހެން ނަމަވެސް ބައެއް ކަހަލަ ޤަދީމީ ޢަރަބި އާދަތައް އަދިވެސް ގެންގުޅެވޭކަން ފާހަގަ ކުރެވެއެވެ.

ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަޢުދީ އަރަބިއްޔާއަކީ އިޤްތިޞާދީ ގޮތުން ކުރިއަރާފައިވާ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 23814 ޑޮލަރެވެ.

  1. About Saufdi Arabia: Facts and figures, The Royal Embassy of Saudi Arabia, Washington D.C.
  2. http://en.wikipedia.org/wiki/Government_of_Saudi_Arabia#Legislation
  3. "Saudi Arabia". Archived from the original on 1609277913. Retrieved 1260357654. {{cite web}}: Check date values in: |access-date= and |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)
  4. 1 2 3 4
    "Saudi Arabia". International Monetary Fund. Retrieved 2009-10-01.
  5. "Human Development Report 2009: Saudi Arabia". The United Nations. Retrieved 2009-10-18.