ޔޫސުފް (ފިލްމް)
Lua error in މޮޑިއުލް:Infobox at line 416: attempt to call field '_main' (a nil value).
ޔޫސުފް ގެ ވަނަވަރު
[އުނިއިތުރު ގެންނަވާ]- ތަރިން: ޔޫއްޕެ، ނިޢުމާ، ޝީލާ، މަނިކު، ނިމާލް، ރަވީ، ޒީނަތު، އައްޔަ، ސިޔާދާ، ފައުޒިއްޔާ، އައިންތު، ސިތޫ، އާމިލާ، އަދި ލައިސް
- ކެމެރާ: އިބްރާހީމް މޫސާ /ދަބަ
- ޕޯސްޓް ޕްރޮޑަކްޝަން: ޙުސައިން ޝުހާދު
- ގްރެފިކްސް: މުޢާވިޔަތު ޢަލީ
- މިއުޒިކް: ޙުސައިން ޞަބާޙް އަދި ކޮއްކޮ
- ލިރިކްސް: މައުޞޫމް ޝާކިރު އަދި އާދަމް ޙަލީމް
- ޑައިރެކްޓަރ،ވާހަކަ، ސްކްރީން ޕްލޭ : ފާތިމަތު ނަޙުލާ
- ޕްރޮޑިއުސަރ: ކްރިސްޓަލް އެންޓަޓެއިންމަންޓް
ފިލްމަށް ބަލާލުމެއް
[އުނިއިތުރު ގެންނަވާ]ދިވެހި ފިލްމް ޔޫސުފް އަކީ ފާތިމަތު ނަޙުލާގެ އަމިއްލަ ވާހަކައަކަށް ޑައިރެކްޓްކުރާ އަސަރުގަދަ ލޯބީގެ ވަރަށް ތަފާތު ފިލްމެކެވެ. މިފިލްމުގައި މައިގަނޑު ގޮތެއްގައި ދައްކައިދޭނީ މަންމަނު މީހެއްގެ ދިރިއުޅުމެވެ. ގާތްގަނޑަކަށް 4 ލައްކަ ރުފިޔާގެ ބަޖެޓަކުން ތައްޔާރުކުރާ މިފިލްމުގައި ރާއްޖޭގެ ފުންނާބު އުސް ވަރަށް ގިނަ ތަރިންތަކެއް ހަރަކާތްތެރި ވެއެވެ
ދިވެހި ފިލްމް ޔޫސުފް ގައި ތަފާތު ހިންދީ 10 ރާގަށް ހަދާފައިވާ 10 ލަވަ ވެސް ހިމެނެއެވެ. މިފިލްމަކީ ފާތިމަތު ނަހުލާގެ ކާމިޔާބު އެތައް ފިލްމްތަކެއްގެ ތަޖުރިބާ އަށް ފަހު ހަދާ ފިލްމަކަށް ވުމުން މިއީ ހުރިހާ ގޮތަކުން ވެސް ފުރިހަމަ ރަގަޅު ފިލްމަކަށް ވާނޭކަމަށް ފާތިމަތު ނަހުލާ ބުނެފައި ވެއެވެ.
ދިވެހި ފިލްމު ޔޫސުފްގެ މަންޒަރުތައް ކުރިން ނެގުމަށް ހަމަޖެހިފައި އޮތީ ވ.ފެލިދޫ، ކ. ތުލުސްދޫ، އަދި ކ. މާލޭގައެވެ. ނަމަވެސް ފަހުން މިފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ރ. އަތޮޅު ބައެއް ރަށްތަކުގައެވެ. އަދި ބައެއް މަންޒަރުތައް މާލެ، އަދި ކ. މާފުށީގައި ވެސް ނަގާފައި ވެއެވެ. މިފިލްމުގެ ޝޫޓިން ފަށަައިފައިވަނީ 2007 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި މިފިލްމުގެ ޝޫޓިން އެއްކޮށް ނިންމާފައިވަނީ 2008 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. މިފިލްމު އާންމުންނާއި ހަމައަށް އަންނަވަރު ވާނީ މެއި 2008 ގައި ކަމަށް ލަފާކުރެވެއެވެ.
ފާތިމަތު ނަހުލާގެ އަމިއްލަ ފިލްމް ސްޓޫޑިއޯ ކްރިސްޓަލް އެންޓަޓެއިންމަންޓް ގެ ހިޔާވަހި ކަމުގެ ދަށުން ނެރޭ މިފިލްމަކީ އެސްޓޫޑިއޯގެ ފުރަތަމަ ފިލްމް ވެސް މެއެވެ. ކޮއްކޮ އަދި ޞަބާހްގެ މިއުޒިކަށް މިފިލްމްގައި ހިމަނާފައިވާ މަޝްހޫރު ހިންދީ ރާގުތަކުގެ ތެރޭގައި ހިންދީ ފިލްމު އަންވަރުގައި ހިމެނޭ މޯލާ މޭރީ މޯލާ މޭރީ، ބޭވަފާގައި ހިމެނޭ އެކް ދިއުރުބާހޭ، ތާރޭ ޒަމީން ޕަރު ގައި ހިމެނޭ ތާރޭ ޒަމީން ޕަރު، ފިޒާގައި ހިމެނޭ ތޫ ފިޒާހޭ، އަދި މައްޔާ މައްޔާ ޔާ ޙަބީބީ ފަދަ ލަވަތަކަށް ހަދާފައިވާ ރާގު ތައް ހިމެނެއެވެ.
ލިބިފައިވާ އެވޯޑްތައް
[އުނިއިތުރު ގެންނަވާ]- އެންމެ މޮޅު ބަތަލާ - ނިއުމާ މުހައްމަދު - ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- އެންމެ މޮޅު ސަޕޯޓިންގް ބަތަލާ - ޝީލާ ނަޖީބު - ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- އަލަށްނިކުތް އެންމެ މޮޅު ބަތަލް - އަހުމަދު ލައިސް އާސިމް - ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- އެންމެ މޮޅު ޗައިލްއާޓިސްޓް - އަހުމަދު ލައިސް އާސިމް - ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- އެންމެ މޮޅު ލިރިކްސް - މައުޞޫމް ޝާކިރު - ލަވަ : ޝަކުވާ - ފިލްމް : ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- އެންމެ މޮޅު ފިރިހެން ލަވަކިޔުންތެރިޔަ - މުހައްމަދު އަބުދުލްޣަނީ - ލަވަ: ހައިރާންވާހާ ޗާލޭ ފިލްމް : ޔޫސުފް (ފިލްމް) - ކްރިސްޓަލް އެންޓަޓެއިންމެންޓް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011
- ބެލުންތެރިންގެ އެންމެ މޮޅު ފިލްމް : ޔޫސުފް - މޯލްޑިވްސް ފިލްމް އެވޯޑް (އެންޝޯންޓާ) -2011