ޖޫން
Appearance
ޖޫން މަހަކީ މީލާދީ ކަލަންޑަރުގެ ހަވަނަ މަހެވެ.
ޙާދިސާތައް
[އުނިއިތުރު ގެންނަވާ]- ޖޫން 1 - 1979 - ދިވެހިރާއްޖެ:- މޯލްޑިވްސް ފިޝަރީޒް ކޯޕަރޭޝަން އުފެއްދެވުން
- ޖޫން 1 - 1982 - ދިވެހިރާއްޖެ:- ރާއްޖެތޭރޭގެ ޞިއްޙީ މަރުކަޒުތަކުގައި ޖަމާއަތުގެ ޞިއްޙީ އެހީތެރިންގެ ދެމީހުން ތިބޭގޮތަށް ހަމަޖެއްސުން
- ޖޫން 1 - 1980 - ދިވެހިރާއްޖެ:- އެޑިޔުކޭޝަނަލް ސެމިނަރ އެއް އީޑީސީ ހޯލްގައި ބޭއްވުން
- ޖޫން 2 - 1901 - ދިވެހިރާއްޖެ:- ސުލްޠާން މުޙައްމަދު ޢިމާދުއްދީނު (ހަވަނަ) ނުވަތަ ހާޖީ އިމާދުއްދީން ޙައްޖުން އެބުރި މާލެ ވަޑައިގަތުން
- ޖޫން 3 - 1974 – ދިވެހިރާއްޖެ:- ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ސެމިނަރ ނޭޝަނަލް ޕްލޭނިންގ އޮފް ވޮކޭޝަނަލް އެންޑް ޓެކްނިކަލް ޓްރޭނިންގ ހުޅުވުން
- ޖޫން 4 - 1909 - ދިވެހިރާއްޖެ:- މާފަންނު ވާރޭ ފެންތާނގީ ރޭނުން
- ޖޫން 4 - 1962 – ދިވެހިރާއްޖެ:- ބ.އަތޮޅު އޮފީސް، ބ.ދަރަވަންދޫ އިން ބ.އޭދަފުށިއަށް ބަދަލުކުރުން
- ޖޫން 4 - 1964 - ދިވެހިރާއްޖެ:- 84 މާއްދާގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖޭގެ ހަތަރުވަނަ ގާނޫނު އަސާސީ އިސްލާހުގެނެސް އަމަލުކުރަން ފެށުން
- ޖޫން 5 - 1934 - ދިވެހިރާއްޖެ:- ފުރަތަމަ ގާނޫނު އަސާސީއަށް ގެނައި އިޞްލާހުތައް އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (ތިންވަނަ) ތަޞްދީގު ކުރެއްވުން
- ޖޫން 6 - 1909 - ދިވެހިރާއްޖެ:- މުންނާރު ތިރީބައިގެ މަތިވަށައިގެން، 11 ދަގަނޑުޖަހައި ދަގަނޑު ނަރު ދެފަށަށް ދެމުން.
- ޖޫން 6 - 1928 - ދިވެހިރާއްޖެ:- ފަނޑިޔާރު ގޯތީގައި މަދަރުސަތުއް ސަނިއްޔާއަށް ޢިމާރާތެއް ހަދައި އެތާގައި ކިޔަވާދެން ފެއްޓުން
- ޖޫން 7 - 1099 - ފުރަތަމަ ޞަލީބީ ހަނގުރާމަ
- ޖޫން 7 - 1494 - ސްޕެއިން އާއި ފޯޗްގީޒް އާއި ދެމެދު ޓޯޑިސިލަސްގެ އެއްބަސްވުން ގައި ސޮއިކުރުން
- ޖޫން 7 - 1692 - ޖެމެއިކާ ގެ ޕޯޓް ރޯޔަލް ބަނދަރަށް ބިންހެލުމެއް އައިސް 3 މިނިޓްގެ ތެރޭގައި 1600 މީހުން މަރުވި
- ޖޫން 7 - 1776 - ރިޗަރޑް ހެންރީ ލީ އެމެރިކާގެ ކޮންޓިނެންޓަލް ކޮންގްރެސް އަށް ލީ ރިޒޮލިއުޝަން ހުށަހެޅި
- ޖޫން 7 - 1800 - ޑޭވިޑް ތޮމްސަން މެނިޓޯބާ ގައި އޮންނަ ސަސްކަޓިކިވަން ކޯރު ގެ ކޮޅަށް ވާޞިލްވި
- ޖޫން 7 - 1832 - އޭޝިއަން ކޮލެރާ ކިއުބެކް އަށް ވާޞިލްވެ، އޭގެ ސަބަބުން 6000 މީހުން މަރުވެދިޔަ
- ޖޫން 7 - 1862 - އިގިރޭސި ވިލާތާއި އެމެރިކާއިން އަޅުންގެ ވިޔަފާރި ކުޑަކުރުމަށް އެއްބަސްވި
- ޖޫން 7 - 1960 - ދިވެހިރާއްޖެ:- މަސްވެރިކަމުގެ ފުރަތަމަ މުބާރާތް ބޭއްވުން
- ޖޫން 7 - 1991 - ޕިނަޓޫބޯ ފަރުބަދަ އިން ދުމާއި އަލިފާން 7ކިލޯމީޓަރު އުސްމިނަށް މައްޗަށް އެރި
- ޖޫން 7 - 2001 - ޓޯނީ ބްލެއަރ ގެ ލޭބަރ ޕާޓީ އިން ޢާންމު އިންތިޚާބުގައި އިތުރު ކާމިޔާބީ އެއް ހޯދި
- ޖޫން 7 - 2006 - އިގިރޭސި ވިލާތުގެ ޕާލަމެންޓް ހައުސް ، އެންތްރެކްސްގެ އިންޒާރަކާއި ގުޅިގެން ވަގުތީ ގޮތުން ބަންދުކުރެވުނު
- ޖޫން 8 - 1906 - އެމެރިކާގެ ރައީސް ތިޔޮޑޯރ ރޫޒަވެލްޓް އެންޓިކްއިޓީޒް އެކްޓް ގައި ސޮއިކުރި.
- ޖޫން 8 - 1912 – ކާރލް ލާއޭމްލް ޔުނިވަރސަލް ޕިކްޗަރސް އާއި ގުޅުނު.
- ޖޫން 8 - 1960 - ދިވެހިރާއްޖެ:- 1959 ވަނަ އަހަރު ސަރުކާރުން ބޭއްވި ބޮއްޔާއި ރޯނުގެ މުބާރާތުގެ ނަތީޖާފާޅުކުރުން
- ޖޫން 8 - 1966 - އެފް5 ޓޯނޭޑޯ ގެ ނަންދީފައިވާ ތޫފާން އެމެރިކާގެ ކެންސަސް އަށް އަރައި 16 މީހުން މަރުވެ، 100މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ ގެއްލުން ލިބުނު.
- ޖޫން 8 - 1968 – ޖޭމްސް އާރލް ރޭ މާރޓިން ލޫތަރ ކިންގ މަރާލުމުގެ ކުށުގައި ހައްޔަރު ކުރެވުނު.
- ޖޫން 8 - 1968 - އެމެރިކާގައި މަރާލެވުނު އެގައުމުގެ ސެނެޓަރ އެއް ކަމަށްވާ ރޮބަރޓް އެފް ކެނެޑީ ގެ ހަށިގަނޑު އާރލިންގޓަން ނޭޝަނަލް ސިމެޓްރީ ގައި ބޭއްވުނު.
- ޖޫން 8 - 1974 - އޭ4 ޓޯނޭޑޯ ގެ ނަމުން ނަންދެވިފައިވާ ތޫފާން އެމެރިކާގެ ކެންސަސް އަދި އެމްޕޯރިއާ އަށްއެރި.
- ޖޫން 8 - 1984 – އެއް ޖިންސުން ޖިންސީ ގުޅުން ހިންގުން އެއީ ގާނޫނީ ކުށެއް ނޫންކަމަށްއޮސްޓަރުލިޔާ ގެ ނިއު ސަތުއު ވޭލްސްގައި ހަމަޖެހިގެން ދިޔަ.
- ޖޫން 8 - 1986 - އ.ދ ގެ ކުރީގެ ސެކްޓްރީ ޖެނެރަލް ކާރޓް ވަލްޑީމް އޮސްޓްރިއާ ގެ ރައީސް ކަމަށް އިންތިޚާބު ކުރެވުނު.
- ޖޫން 8 - 1992 - ދުނިޔޭގެ ކަނޑުގެ ދުވަސް ފުރަތަމަ ފަހަރަށް ފާހަގަ ކުރި. އެއީ ބްރެޒިލް ގެ ރިއޯޑި ޖެނެއިރޯ ގައި އޮތް ބިމުގެ ސަމިޓަށްފަހު.
- ޖޫން 8 - 1995 - [[ރަމްސަސް ލާރޑޯފް] ޕޮޕިއުލަރ ސްކްރިޕްޓް ލޭންގް އޭޖް ނުވަތަ ޕީއެޗްޕީގެ 1.0 ވާޝަން ނެރުނު.
- ޖޫން 8 - 1996 - ބާރން ކޮންވެންޝަން ކޮޕީރައިޓް ޓްރީޓީ މެންބަރަކަށް ޕެނަމާވި.
- ޖޫން 8 - 1999 - މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ ހަގުރާމަ: ކޮލަމްބިއާ ގައި ބައި ބިލިއަން އެމެރިކާ ޑޮލަރުގެ މަސްތުވާ ތަކެތީގެ ވަގު ވިޔަފާރި ކުރާކަމަށް ކޮލަމްބިއާ ސަރުކާރުން އިޢުލާންކުރި.
- ޖޫން 8 - 2004 - މިގަރުނު ގައި ފުރަތަމަ ފަހަރަށް ވީނަސް އަށް ދަތުރުކުރި.
- ޖޫން 9 - 68 - ރޯމަނުންގެ ރަސްގެފާނު ނީރޯ އަމިއްލަ އަށްމަރުވި.
- ޖޫން 9 - 1534 – އެސްޓީ ލުއިސް ކޯރު ޔޫރަޕް މީހެއްކަމަށްވާ ޖެކޫސް ކާރޓިއަރ ހޯދި.
- ޖޫން 9 - 1650 - ހާވަޑް އިދާރީ ބޯޑުގައި ހިމެނޭ ދެބައިގެ ތެރެއިން ހާވަރޑް ކޯޕަރޭޝަން އުފެދުނު.
- ޖޫން 9 - 1772 – ރޯޑް އައިލޭންޑް ގައި އިގިރޭސި އުޅަނދެއްކަމަށްވާ ގަސްޕީ އަދަނއިގެން ދިޔަ.
- ޖޫން 9 - 1790 - އެމެރިކާގައި ފުރަތަމަ ފަހަރަށް ކޮޕީރައިޓް ކުރެވުނު ފޮތަކަށް ޖޯން ބެރީ ނެރެފައިވާ ފިލަޑެލްފިޔާ ސްޕެލިންގ ބުކް ވެގެންދިޔަ.
- ޖޫން 9 - 1815 – ވިއެނާ ކޮންގްރެސް ނިމުން.
- ޖޫން 9 - 1863 – އެމެރިކާގެ ފިނި ހަގުރާމަ : ބްރޭންޑީ ސްޓޭޝަންގެ ހަގުރާމަ ވާޖީނިއާގައި ފެށުން.
- ޖޫން 9 - 1915 - އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް ވިލިއަމް ޖެނިންގްސް ބްރިއަން އިސްތިއުފާ ދެއްވި.
- ޖޫން 9 - 1922 – ޔޭލް ޔުނިވަސިޓީ ގައިވާ ހާރކްނަސް ހަދާނީ ރަގަބީލު ފުރަތަމަ ފަހަރަށް ޖެއްސި.
- ޖޫން 9 - 1923 – ބަލްގޭރިޔާ ސަރުކާރު ވައްޓާލައި އަސްކަރީން ވެރިކަމަށް އެރި.
- ޖޫން 9 - 1930 - ޗިކާގޯ ޓްރިބިއުން މަޖައްލާގެ ރިޕޯޓަރު ޖޭކް ލިންގްލް އިލިނޮއިސް ގެ މަރުކަޒީ ރޭލު ސްޓޭޝަން ގައި މަރާލި.
- ޖޫން 9 - 1934 – ކާޓޫނު ޝަޚްޞިއްޔަތު ޑޮނާލްޑް ޑަކް ފުރަތަމަ ފަހަރަށް ދި ވައިސް ލިޓްލް ހެން ކާޓޫން ފިލްމުން ފެނިގެންދިޔަ.
- ޖޫން 9 - 1944 – ދެވަނަ ބޮޑު ހަގުރާމަ : ސޯވިއެޓް ޔޫނިއަނުން އީސްޓް ކެރާލިއާ އަށް އަރައިގަތުން.
- ޖޫން 9 - 1946 - ތައިލޭންޑް ގެ ރަސްކަމަށް ބުމިބޯލް އަދުލްޔަދޭޖް އިސްވެ ވަޑައިގަތުން.
- ޖޫން 9 - 1953 – ފްލިންޓް- ވޯރސެސްޓަރ ގެ ނަންދީފައިވާ ޓޯނޭޑޯތައް އެމެރިކާގެ މާސަޗޫސެޓްސް އަށް އަރައި 94 މީހުން މަރުވެފައިވޭ.
- ޖޫން 9 - 1957 - ދުނިޔޭގެ 12 ވަަނަ އަށް އެންމެ އުސް ފަރުބަދަ ބްރޯޑް ޕީކް ގެ އެންމެ މައްޗަށް ފުރަތަމަ ފަހަރަށް އެރުން.
- 1959 - ބެލިސްޓިކް މިސައިލްސް އުފުލި އެންމެ ފުރަތަމަ ސަބްމެރިންގެ ގޮތުގައި ޔޫއެސްއެސް ޖޯޖް ވޮޝިންގޓަން ގެ ނަންދީފައިވާ ސަބްމެރިން އިފްތިތާޙް ކުރެވުން.
- ޖޫން 9 - 1967 - ހަދުވަހުގެ ހަގުރާމައިގައި އިސްރާއީލުން ސޫރިޔާގެ ގޯލާންގެ އުސްބިންތައް ހިފުން.
- ޖޫން 9 - 1968 - އެމެރިކާގެ ރައީސް ލިންޑަން ބީ ޖޯންސަން އެމެރިކާގެ ސެނެޓަރ ރޮބަރޓް އެފް ކެނެޑީ މަރާލުމާއި ގުޅިގެން އެމެރިކާގެ ގައުމީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި މިދުވަސް ހަމަޖެއްސި.
- ޖޫން 9 - 1983 - އިގިރޭސި ވިލާތުގެ ޢާންމު އިންތިޚާބު ދެވަނަ ފަހަރަށް މާގްރެޓް ތެޗަރ ކާމިޔާބު ކުރެއްވި.
- ޖޫން 9 - 1985 – ތޯމަސް ސައުތަރލޭންޑް ލުބުނާން ގައި ކިޑްނެޕްކުރުން.
- ޖޫން 9 - 1999 – ކޮސޯވޯ ހަގުރާމަ : ފެޑެރަލް ރިޕަބްލިކް އޮފް ޔޫގޮސްލާވިޔާ އަދި ނޯރތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން އާއި ދެމެދު ޞުލްޙައިގެ އެއްބަސް ވުމުގައި ސޮއިކުރުން
- ޖޫން 9 - 2007 - މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި، އެމީހުން ތިބި ޔުނިޓްތައް ސިފައިންނާއި، ފުލުހުން އަދި ޑިޕާޓް މަންޓް އޮފް ޕެނިޓެންޝަރީގެ މުއައްޒަފުން ގުޅިގެން، ނޫސްވެރިން ބައިތިއްބައިގެން ޗެކްކުރި. މިގޮތުން ޗެކްކުރެވުނީ އޭގެ ދެތިން ދުވަސްކުރިން ޖަލުގައި ހިގި ހާދިސާ ތަކަށްފަހު ކުށްވެރިން ތޫނު ހަތިޔާރު ފަދަ ތަކެތި ގެންގުޅޭކަމަށް ޝައްކު ކުރެވިގެން.
- ޖޫން 11 - 1961 - ދިވެހިރާއްޖެ:- މާލޭ ބޮޑުކޯއްޓޭ ބުރުޒު ތަޅާލުން
- ޖޫން 12 - 1980 - ދިވެހިރާއްޖެ:- ރޭގަނޑު ް1 ގެ ފަހުން ކުޅިވަރު ކުޅޭނަމަ ހޯމް އެފެއާރޒް ހުއްދަނަގަންޖެހޭ ގޮތަށް ހަމަޖެއްސުން
- ޖޫން 12 - 1381 - ޕީސަންޓްސް ރިވޯލްޓް: އިނގިރޭސިވިލާތުގައި ހަނގުރާމަވެރިން ބްލެކްހީތް އަށް ދިޔުން.
- ޖޫން 12 - 1560 - ބެޓްލް އޮފް އޮކަހަޒާމާ: އޮޑާ ނޮބުނަގާ އިމަގަވާ ޔޮޝިމޯޓޯ ބަލިކުރުން.
- ޖޫން 12 - 1653 - ފުރަތަމަ އޭންގްލޯ ޑަޗް ހަނގުރާމަ: ބެޓްލް އޮފް ދަ ގަބަރޑް –ޖޫން 13 އާއި ހަމަޔަށް ދިގު ދެމިގެން ދިޔަ.
- ޖޫން 12 - 2004 - 1.3 ކގ ގެ މީޓިއޯރައިޓެއް އެލަރސްލީ ގެ ގެއަކަށް ވެއްޓުމުގެ ސަބަބުން ތަނަށް ބޮޑެތި ގެއްލުން ތަކެއްވި. އެހެންނަމަވެސް އެއްވެސް ބަޔަކަށް ގެއްލުމެއް ނުވޭ
- ޖޫން 13 - 1974 – ދިވެހިރާއްޖެ:- ގުޅަކުޅޭ ފަސްގަނޑަށް މީހުން އެއްވެ ސަރުކާރުގެ ކަންތައްތަކާ ނުރުހޭ ކަން ފާޅުކުރުން. މިދުވަހަށް ބޮޑު ބުރާސްފަތި އޭ ކިޔައެވެ.
- ޖޫން 13 - 2014 – ވޯލްޑްކަޕް 2014 ފެށުން. މުބާރާތް ބޭއްވުނީ ބްރެޒިލްގައި.
- ޖޫން 14 - 1979 - ދިވެހިރާއްޖެ:- މަދަރުސަތުލް އަހުމަދިއްޔާގެ ބިންގާ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމް އަޅުއްވައިދެއްވުން
- ޖޫން 14 - 1980 - ދިވެހިރާއްޖެ:- ޝަހީދުންގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފާހަގަކުރުން
- ޖޫން 15 - 1961 - ދިވެހިރާއްޖެ:- ހުވަދު އަތޮޅު އިދާރީގޮތުން ދެބަޔަށް ފުރަތަމަ ފަހަރު ބައިކުރެއްވުން. ނަމަވެސް ތިނަދޫގައި ބަޣާވާތް ކުރުމުގެ ސަބަބުން އެކަން ކެންސަލްވެ، އޭގެ ފަހުން ދެވަނަ ފަހަރަށް ހުވަދު އަތޮޅު ސަރުކާރުގެ ބާރުގެ ދަށަށް ގެނެސް ދެވަނަ ފަހަރަށް ހުވަދު އަތޮޅު ބައިކުރެއްވި އެވެ. އެހާދިސާ ހިނގީ 7 ފެބުރުއަރީ 1962 ގައެވެ.
- ޖޫން 16 - 1959 - ދިވެހިރާއްޖެ:- ގަދަހުމާ ރޯގާއެއްގެ ސަބަބުން 9 ހާސް މީހުން ބަލިވެ، 9 ދުވަހަށް ސަރުކާރު ބަންދުކުރުން
- ޖޫން 18 - 1953 - މިޞްރު ގެ ރަސްކަން އުވާލައި ޖުމްހޫރިއްޔާ އިޢުލާން ކުރެވުނެވެ.
- ޖޫން 20 - 1959 - ދިވެހިރާއްޖެ:- ދިވެހިރާއްޖޭގެ ފުރަތަމަ ޔޮޓް ސިލްވަރ ކްރެސްޓް ބައްލަވައިގަތުން
- ޖޫން 24 - 1947 - ދިވެހިރާއްޖެ:- އިންފުލުއެންޒާގެ ވަރުގަދަ ހުމެއް މާލޭގައި ފެތުރެން ފެށުން
- ޖޫން 25 - 1961 - ދިވެހިރާއްޖެ:- އިގިރޭސި ދައުލަތުން ދެއްވި ފުރަތަމަ ހޮސްޕިޓަލް ލޯންޗް ގޯލްޑަން ރޭ މާލެ ގެނައުން
- ޖޫން 26 - 1960 - ދިވެހިރާއްޖެ:- އަމީނިއްޔާ ސުކޫލް އަދި މަޖީދިއްޔާ ސްކޫލްގެ ދަރިވަރުން އެދަރިވަރުންނަށް ޚާޢްޞަކުރެވުނު ޔުނީޕޯރމް ބޭނުންކުރަން ފެށުން
- ޖޫން 26 - 1979 - ދިވެހިރާއްޖެ:- ސަރުކާރުން ޝަހީދު ޢަލީ ހިނގުމުގައި ހަރުކުރި ފެންއިސްކުރުބަރިން އާންމުންނަށް ފެންދޫކުރަން ފެށުން
- ޖޫން 27 - 1979 - ދިވެހިރާއްޖެ:- ހަވަރު ތިނަދޫގެ ތިނަދޫ އަށް ބަދަލުވުން
- ޖޫން 28 - 1959 - ދިވެހިރާއްޖެ:- ހެންވޭރު ދޮރާއްޓާއި މާފަންނު ދޮރާށި ނެގުން
- ޖޫން 29 - 2010 - ދިވެހިރާއްޖެ:- ކެބިނެޓްގެ ހުރިހައި ވަޒީރުން އެކީގައި އިސްތިއުފާދިނުން
އުފަންވި މީހުން
[އުނިއިތުރު ގެންނަވާ]- ޖޫން 7 - 1940 - ޓޮމް ޖޯންސް، ވެލްޝް ލަވަކިޔުންތެރިޔާ.
- ޖޫން 7 - 1943 - ނިއްކީ ޖިއޮވައްނީ، އެމެރިކާގެ ޅެންވެރިޔާ.
- ޖޫން 7 - 1945 - ވޮލްފްގެންގ ސުކޫސެލް، އޮސްޓަރުލިޔާ ގެ ޗާންސެލަރު .
- ޖޫން 8 - 1625 - ޖިއޮވަނީ ޑޮމެނިކޯ ކަސީނީ ، އިޓަލީގެ ސައިންޓިސްޓް ( 1712.މ )
- ޖޫން 9 - 1984 - މަސްޢޫދު ޝުޖާޢީ، އީރާނުގެ ފުޓުބޯޅަ ކުޅުންތެރިޔާ.
- ޖޫން 18 - 1981 - ޢިޔާޟް ޖާދުﷲ ނަސީމް، ދިވެހި ލިޔުންތެރިއެއް
- ޖޫން 18 - 1964 - ޢުދައްޔު ޞައްދާމް ޙުސައިން، ޢިރާޤުގެ ޒަޢީމެއް (މ. 2003)
- ޖޫން 27 - 1953 - ބޭނަޒީރު ބުއްޓޫ. ޕާކިސްތާނުގެ ކުރީގެ ރައީސް
- ޖޫން 14 - ޝައުފާ އަލީ ޝައުގީ . ގދ ތިނަދޫ
މަރުވި މީހުން
[އުނިއިތުރު ގެންނަވާ]- ޖޫން 7 - 2006 - އަބޫ މުޞްޢަބް އައްޒަރްޤާވީ، އުރުދުންގެ ހަނގުރާމަ ވެރިޔާ (އ. 1966)
- ޖޫން 9 - 630 - ޝަހެންޝާހު ޝަހްރުބަރާޒް، ފާރިސްކަރައިގެ ރަސްގެފާނު.
- ޖޫން 18 - 2005 ސައްޔިދު މުޝްތާޤު ޢަލީ، ހިންދުސްތާނުގެ ކުރިކެޓް ކުޅުންތެރިޔާ. (އ. 1914)