Jump to content

ބޭނަޒީރު ބުއްޓޫ

ވިކިޕީޑިއާ، މިނިވަން އެކުމާފާނުން
ބޭނަޒީރު ބުއްޓޫ
Benazir Bhutto
بینظیر بھٹو
Prime Minister of Pakistan
މަޤާމުގައި
19 October 1993  05 November 1996
ރައީސްWasim Sajjad
Farooq Leghari
ކުރިން ހުންނެވީMoeen Qureshi
ފަހުން ވަޑައިގަތީ
މަޤާމުގައި
02 December 1988  06 August 1990
ރައީސްGhulam Ishaq Khan
ކުރިން ހުންނެވީMuhammad Khan Junejo
ފަހުން ވަޑައިގަތީ
އުފަންވީ(1953-06-21)21 ޖޫން 1953
Karachi, Pakistan
އަވަހާރަވީޑިސެމްބަރ 27 2007 (54 އަހަރުގައި)
Rawalpindi, Pakistan
ސިޔާސީ ޕާޓީPakistan Peoples Party
އަނބި ނުވަތަ ފިރިAsif Ali Zardari

ބޭނަޒީރު ބުއްޓޫ ޖޫން 21, 1953 އިން ޑިސެމްބަރު 27, 2007 އަކީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ބޭނަޒީރު ބުއްޓޫ އަކީ މުސްލިމް ޤައުމެއްގެ ޒަޢާމަތަށް ވަޑައިގެންނެވި އެންމެ ފުރަތަމަ އަންހެން ބޭފުޅާއެވެ. އެކަމަނާ ވަނީ ޕާކިސްތާނުގެ ބޮޑުވަޒީރުކަން ދެފަހަރެއްގެ މަތިން ކުރައްވާފައެވެ. 1988 ވަނަ އަހަރު ޕާކިސްތާނުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ހޮވިވަޑައިގަތް އިރު އެކަމަނާގެ ޢުމުރުފުޅަކީ 35 އަހަރެވެ. އެހެންނަމަވެސް ޕާކިސްތާނުގެ ރައީސް ޣުލާމް އިސްޙާޤު ޚާން ގެ އޯޑަރަކަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެފައިވާތީ 20 މަސް ވީތަނާ އެކަމަނާ ބޮޑުވަޒީރުކަމުން ދުރުކުރެވުނެވެ. 1993 ވަނަ އަހރު ދެވަނަ ފަހަރަށް ބޮޑުވަޒީރުކަމަށް ބޭނަޒީރު ބުއްޓޫ އިންތިޚަބު ވެވަޑައިގަތެވެ. މިދައުރު ނިންމަވާލައްވަން އެކަމަނާއަށް ޖެހިވަޑައިގަތީ 1996 ވަނަ އަހރުގައެވެ. މިފަހަރުވެސް ކުރިއެކޭ އެއްގޮތަށް ޚިޔާނާތުގެ ތުހުމަތުތަކެއް ކުރިމަތިވެގެން ރައީސް ފާރޫޤު ލެގާރީގެ އޯޑަރަކަށެވެ.

ތަޢުލީމާއި ޙަޔާތްޕުޅު

[އުނިއިތުރު ގެންނަވާ]

ބޭނަޒީރު ބުއްޓޫ އުފަންވެވަޑައިގަތީ 21 ޖޫން 1953 ގައި ޕާކިސްތާނުގެ ކަރާޗީގައެވެ.

އަވަހާރަކޮށްލުން

[އުނިއިތުރު ގެންނަވާ]

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލެވުނީ އިންތިޚާބަށް ކެންޕޭން ކުރައްވަން އުޅުއްވުމުގެ ތެރޭގައި ރާވަލްޕިންޑީގައި އޮތް ބައްދަލުވުމެއް ނިންމެވުމަށްފަހު ވަޑައިގަންނަވަނިކޮށެވެ.


އަދި އިތުރަށް ބައްލަވާލައްވާ

[އުނިއިތުރު ގެންނަވާ]

އިތުރު ފާލަންތައް

[އުނިއިތުރު ގެންނަވާ]