ދުނިޔޭގެ ޞިނާޢީ 7 އަޖައިބު
ދުނިޔޭގެ ޞިނާޢީ 7 އަޖައިބު ކަމުގައި ބެލެވެނީ އިންސާނުންގެ އަމިއްލަ އަތުން ބިނާކޮށް މިޒަމާނަށް އައުމަށްފަހު އުފައްދައި ބިނާކޮށްފައިވާ ބައެއް ތަންތަނެވެ.
އަޖައިބުތައް
[އުނިއިތުރު ގެންނަވާ]ގްރޭޓް އީސްޓަން އާގުބޯޓް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ގްރޭޓް އީސްޓަން އާގުބޯޓް
ގްރޭޓް އީސްޓަން އާގުބޯޓް އަކީ ދަގަނޑުން ތައްޔާރުކޮށްފައިވާ ސްޓީމް ޝިޕް އެކެވެ. މިއާގުބޯޓް ފަރުމާކޮށްފައިވަނީ އިސާމްބަރޑް ކިންގްޑަމް ބުރޫނެލް އެވެ. 1858 ވަނަ އަހަރު މިބޯޓް ބޭނުންކުރަން ފެށުނު އިރު މިއީ އެވަގުތު ދުނިޔޭގައި އޮތް މިފަދަ އެންމެ ބޮޑު ބޯޓްކަމުގައި ބުނެވެއެވެ.
ގްރޭޓް އީސްޓަން އާގުބޯޓް އަކީ އެއްފަހަރާ 4 ހާސް މީހުން އުފުލުމުގެ ގާބިލިއްޔަތު ހުރި އާގުބޯޓެކެވެ. މިބޯޓްގެ ދިގުމިނުގައި ފުރަތަމަ ހުރީ 211 މީޓަރު ނަމަވެސް 1899 ވަނަ އަހަރު މިބޯޓްގެ ދިގުމިން 215 މީޓަރަށް އިތުރުކުރެވުނެވެ.
ބެލް ރޮކް ލައިޓް ހައުސް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބެލް ރޮކް ލައިޓް ހައުސް
ބެލް ރޮކް ލައިޓްހައުސް އަކީ ކަނޑުގެ ތެރޭގައި ހަރުކޮށްފައިވާ އެންމެ ދުވަސްވީ ލައިޓްހައުސް އެވެ. މިލައިޓްހައުސް ހުންނަނީ ސްކޮޓްލޭންޑްގެ އަންގަސްގެ އައްސޭރިފަށުން 12 މޭލު ބޭރުގައި އުތުރު ކަނޑުގެ ތެރޭގައެވެ. އުސްމިނުގެ 35 މީޓަރު ހުންނަ މިލައިޓްހައުސް އިން ފޮނުވާ އަލިކަން 55 ކިލޯމީޓަރު ދުރުން ފެންނަކަމަށް ވެއެވެ.
ބެލް ރޮކް ލައިޓްހައުސް އެއެއްޗެއްގެ މަތީގައި ހަރުކުރެވިފައިވާ ކޮންކްރީޓް ގަނޑު ހަދާފައިވަނީ ވަރަށް ފެންވަރު ރަގަޅުކޮށެވެ. ބުނެވޭގޮތުގައި އެބައި ހަދާފައިވަނީ 200 އަހަރުވަންދެން ވެސް ހަލާކު ނުވެ ހުންނާނެ ގޮތަށެވެ. ބޮކި ތަކާއި ރެފްލެކްޓަރސް ތައް، ވަނީ 1843 ވަނަ އަހަރު އަލުން ހަރުކުރެވިފައެވެ. 1998 ވަނަ އަހަރު ބެލް ރޮކް ލައިޓްހައުސް އަކީ އުޓޮމެޓިކުން މަސައްކަތްކުރާ ލައިޓްހައުސް އަކަށްވަނީ ބަދަލު ކުރެވިފައެވެ.
ބްރޫކްލީން ބްރިޖް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބްރޫކްލީން ބްރިޖް
ބްރޫކްލީން ބްރިޖް އަކީ އެމެރިކާގައި އޮތް އެންމެ ދުވަސްވީ ސަސްޕެންޝަން ބްރިޖް އެވެ. 1825 މީޓަރުގެ ދިގު މި ބްރިޖަކީ އިރުމަތީ ކޯރު ހުރަސްކޮށް ނިއުޔޯކް ސިޓީ އާއި، ބްރޫކްލީން އާއި ދެމެދު އަޅާފައިވާ ބްރިޖްއެކެވެ. މިބްރިޖް ހަދާނިމުނުއިރު މިބްރިޖްވެފައިވަނީ އޭރު ދުނިޔޭގައިވާ އެންމެ ބޮޑު ސަސްޕެންޝަން ބްރިޖްކަމުގައެވެ. އަދި ސްޓީލް ނަރުން ހަދާފައިވާ ފުރަތަމަ ސަސްޕެންޝަން ބްރިޖް ކަމުގައެވެ.
ކުރިން މިބްރިޖްއަށް ނިއުޔޯކް އެންޑް ބްރޫކްލީން ބްރިޖް ވެސް ކިޔާފައި ވެއެވެ. ނަމަވެސް ބްރޫކްލީން ބްރިޖް މިނަންދީފައިވަނީ 1867 ވަނަ އަހަރު ބްރޫކްލީންގައި ނެރޭ މަޖައްލާ އެއްކަމަށްވާ ބްރޫކްލީ ޑެއިލީ އީގަލް އިންނެވެ. އަދި ރަސްމީ ނަމެއްގެ ގޮތުގައި ބްރޫކްލީން ބްރިޖް ބޭނުންކުރަން ފަށާފައިވަނީ 1915 ވަނަ އަހަރުގައެވެ.
ލަންޑަންގެ ނަރުދަމާ ނިޒާމް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ލަންޑަންގެ ނަރުދަމާ ނިޒާމް
ލަންޑަންގެ ނަރުދަމާ ނިޒާމް އަކީ ލަންޑަންގައި ގާއިމްކުރެވިފައިވާ ފެނުގެ އިންފްސްޓްރަކްޗަރ ގެ ބައެކެވެ. މިނިޒާމް ފުރަތަމަ ގާއިމްކުރެވުނީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށްވިޔަސް ލަންޑަންގައި މީހުން ގިނަވެ، އާބާދީ އިތުރުވެ، ތަރައްގީވުމާއި ގުޅިގެން މިނިޒާމްވަނީ އެތައްގުނައެއް ބޮޑުކޮށް ފުޅާކުރެވިފައެވެ.
19 ވަނަ ގަރުނުގެ ތެރޭގައި ކޮލެރާ ފަދަ ބަލިތައް ލަންޑަންގައި އާންމުވުމާއި ގުޅިގެން 1856 ވަނަ އަހަރު ލަންޑަން ގައި ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކުރެވުނެވެ. އެކަމަކު ފަންޑު ނެތުމުގެ ސަބަބުން އެމަސައްކަތް ކުރިޔަށް ނުގޮސް ހުއްޓުނެވެ. ނަމަވެސް ބޮޑު ވަސް ގެ އުދަގުލަށްފަހު، 1858 ވަނަ އަހަރު މިޒަމާނުގެ ފެންވަރު ރަގަޅު ނަރުދަމާ ނިޒާމެއް ލަންޑަންގައި ގާއިމްކުރުމަށް އިގިރޭސި ވިލާތުގެ ޕާލަމެންޓުން ނިންމި އެވެ.
ބައްރުތައް ކަނޑަތުކޮށް ދަތުރުކުރާ ފުރަތަމަ ރޭލުމަގު
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ބައްރުތައް ކަނޑަތުކޮށް ދަތުރުކުރާ ފުރަތަމަ ރޭލުމަގު
ބައްރުތައް ކަނޑަތުކޮށް ދަތުރުކުރާ ފުރަތަމަ ރޭލުމަގު އަކީ އެމެރިކާގައި 1869 ވަނަ އަހަރު ބިނާކޮށްފައިވާ ރޭލު ދަތުރުކުރާ މަގެކެވެ. މިރޭލު ދަތުރުކުރާ މަގު ހަދާފައިވަނީ ލޯވާ ގެ ކައުންސިލް ބްލަފްސް، ނެބްރަސްކާގެ އޮމާހާ، އަދި ކެލިފޯނިޔާގެ އަލްމީޑާ މިސިޓީތައް ގުޅޭގޮތަށް އެރަށްތަކުގެ ދެމެދުގައި ދަތުރުކުރާ ގޮތަށެވެ. ރޭލު ދަތުރުތަކަށް މިމަގު ހުޅުވާލާފައިވަނީ 10 މެއި 1869 ގައެވެ.
މިރޭލު ދަތުރުކުރާ މަގު ހަދަން ފަށާފައިވަނީ އެމެރިކާގެ ކުރީ ރައީސް އަބްރަހަމް ލިންކަންގެ ރައީސްކަމުގެ ދުވަސްވަރުގައެވެ. ނަމަވެސް މިމަގު އެއްކޮށް ހަދާ ނިމިފައިވަނީ އަބްރަހަމް ލިންކަން އަވަހާރަވީތާ 4 އަހަރު ފަހުންނެވެ.
ޕެނަމާ ކެނަލް
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ޕެނަމާ ކެނަލް
މީލާދީން 1534 ވަނަ އަހަރު ސްޕޭން ގެ ރަސްގެފާނު ޗާރލްސް-1 ޕެނަމާގެ އިސްމަސް ހުރަސް ކޮށް ކެނަލް އެއް ހެދުމަށް އަމުރު ކުރެއްވި އެވެ. އިސްމަސްގެ މާނައަކީ ދެފަރާތުން ކަނޑު ނުވަތަ ކޯރު އޮވެފައި މެދުން އޮންނަ ބިމުގެ ހަނި ބައެކެވެ. މިބުނި ރަސްގެފާނު އެކަމަށް އަމުރު ނެރުނުތާ 3 ގަރުނު ފަހުން 1880 ވަނ އަހަރު ޕެނަމާ ކެނަލް ހެދުމުގެ މަސައްކަތް ފެށުނެވެ. ނަމަވެސް 20 އަހަރު ފަހުން ބައްޔާއި ފައިސާގެ މައްސަލަތަކާއި ހުރެ މަސައްކަތް ހުއްޓާލަން ޖެހުނެވެ. އެފަހަރު މިމަސައްކަތް ކޮށްފައިވަނީ ފަރަންސޭސި ވިލާތުގެ ކުންފުންޏަކުންނެވެ.
ހޫވަރ ޑޭމު
[އުނިއިތުރު ގެންނަވާ]- މި މައުޟޫޢާ ގުޅޭ ޚާއްޞަ މަޒުމޫނު: ހޫވަރ ޑޭމު
ހޫވަރ ޑޭމު އަކީ ކޮލޮރާޑޯ ކޯރު ގައިވާ ކަޅު ހޮހަޅަ ނުވަތަ ބްލެކް ކެންޔަން ހުރަސްކޮށް ހަދާފައިވާ ކޮންކްރީޓް އާރކް ގްރެވިޓީ ޑޭމް އެކެވެ. މިޑޭމު އޮންނަނީ އެމެރިކާގެ ދެސްޓޭޓް ކަމަށްވާ އެރިޒޯނާ އާއި، ނެވާޑާ ބައްދަލުވާ ބޯޑަރު މަތީގައެވެ. 1935 ގައި މިތަން ހަދައި ނިމުނު އިރު އެއީ ދުނިޔޭގައިހުރި އެންމެ ބޮޑު ކަރަންޓް އުފައްދާ މަޞްދަރުގެ އިތުރުން، ދުނިޔޭގައި އޭރު ހުރި އެންމެ ބޮޑު ކޮންކްރީޓް އޮނިގަނޑު ވެސް މެއެވެ. މިއަދު ހޫވަރ ޑޭމު އަކީ ދުނިޔޭގައި ހުރި 35 ވަނަ އަށް އެންމެ ބޮޑު ފެނުން ކަރަންޓް އުފައްދާ ސްޓޭޝަނެވެ.