ލަންޑަންގެ ނަރުދަމާ ނިޒާމް

ވިކިޕީޑިއާ އިންވިކިޕީޑިއާ
ލަންޑަންގެ ނަރުދަމާ ނިޒާމްގެ ސްޓޭޝަނެއް

ލަންޑަންގެ ނަރުދަމާ ނިޒާމް އަކީ ލަންޑަންގައި ގާއިމްކުރެވިފައިވާ ފެނުގެ އިންފްސްޓްރަކްޗަރ ގެ ބައެކެވެ. މިނިޒާމް ފުރަތަމަ ގާއިމްކުރެވުނީ 19 ވަނަ ގަރުނުގެ ތެރޭގައި ކަމަށްވިޔަސް ލަންޑަންގައި މީހުން ގިނަވެ، އާބާދީ އިތުރުވެ، ތަރައްގީވުމާއި ގުޅިގެން މިނިޒާމްވަނީ އެތައްގުނައެއް ބޮޑުކޮށް ފުޅާކުރެވިފައެވެ.

19 ވަނަ ގަރުނުގެ ތެރޭގައި ކޮލެރާ ފަދަ ބަލިތައް ލަންޑަންގައި އާންމުވުމާއި ގުޅިގެން 1856 ވަނަ އަހަރު ލަންޑަން ގައި ނަރުދަމާ ނިޒާމެއް ގާއިމްކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިޢުލާން ކުރެވުނެވެ. އެކަމަކު ފަންޑު ނެތުމުގެ ސަބަބުން އެމަސައްކަތް ކުރިޔަށް ނުގޮސް ހުއްޓުނެވެ. ނަމަވެސް ބޮޑު ވަސް ގެ އުދަގުލަށްފަހު، 1858 ވަނަ އަހަރު މިޒަމާނުގެ ފެންވަރު ރަގަޅު ނަރުދަމާ ނިޒާމެއް ލަންޑަންގައި ގާއިމްކުރުމަށް އިގިރޭސި ވިލާތުގެ ޕާލަމެންޓުން ނިންމި އެވެ.