ފަންވަތް:Did you know/2009-09

ވިކިޕީޑިއާ އިންވިކިޕީޑިއާ
  • ނާރިނގު (އިނގިރޭސި ބަހުން: Orange)އަކީ ހުތް މޭވާ އެކެވެ. ދިވެހި ބަހުން އޮރެންޖް، އަދި ފޮނި ލުނބޯ ވެސް ކިޔަނީ ހަމަ ނާރިނގު އަށް ނިސްބަތް ކޮށެވެ.
  • ނާރިނގު ފުރަތަމަ ފެނިފައިވަނީ ދެކުނު އޭޝިޔާގެ ގައުމު ތަކުންނެވެ. ދުނިޔޭގައި މިހާރު އެންމެ ގިނައިން ނާރިނގު ހައްދަނީ ބްރެޒިލްގައެވެ.
  • ނާރިނގު ޢާއިލާގައި ހިމެނޭ އެހެން މޭވާތަކުގެ ތެރޭގައި ބަނބުޅަބޮސް ،ލުނބޯ، ގޮމަށި އަދި ނިޔަނދުރު،ޔޫސުފް އަފަންދީ ފަދަ މޭވާތައް ހިމެނެއެވެ. މިހުރިހާ މޭވާތަކުން ވެސް ޖޫސް ހަދައިގެން ބޭނުން ކުރެއެވެ.
  • ދިވެހި ބަހަށް ނާރިނގު ނެގިފައިވަނީ ސާންސްކްރިތު، ފާރިސީ، ނުވަތަ އަރަބި ބަހުން ކަމަށް ލަފާކުރެވެއެވެ. ސަބަބަކީ މިދެންނެވި ބަސްތަކުން ނާރިނގު އަށް ކިޔާނަން ދިވެހި ބަހުން މިކިޔާ ނާރިނގު އާއި އެއްގޮތް ކަމެއް ހުންނާތީ އެވެ.
  • ނާރިނގު އަކީ ވިޓަމީން ސީ އިން މުއްސަދި ވެފައިވާ މޭވާއެކެވެ. މީގެ އިތުރުން ވިޓަމިން އޭ ވެސް މިމޭވާ ގައި އެކުލެވިގެން ވެއެވެ. މީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ތަފާތު 23 ވައްތަރެއްގެ މައުދަން މިމޭވާގައި އެކުލެވިގެން ވެއެވެ.