މެމްބަރު:MAL MALDIVE/sandbox
1945 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 6 އަދި 9 ވަނަ ދުވަހު، ޔުނައިޓެޑް ސްޓޭޓްސްއިން ޖަޕާނުގެ ހިރޯޝިމާ އަދި ނަގަސާކީ ސިޓީތަކުގެ މައްޗަށް ދެ އެޓޮމިކް ބޮމެއް ވައްޓާލިއެވެ. މި ބޮންގުޑުގެ ސަބަބުން 150،000 އާއި 246،000 އާ ދެމެދުގެ އަދަދެއްގެ މީހުން މަރުވިއެވެ. މި މީހުންގެ ތެރެއިން ގިނައީ އާންމު ރައްޔިތުންނެވެ. އަދި މިއީ ހަނގުރާމައެއްގައި ނިއުކްލިއަރ ހަތިޔާރު ބޭނުންކުރެވުނު ހަމައެކަނި ފަހަރެވެ. ނަގަސާކީއަށް ބޮން އެޅުމާއި ސޯވިއެޓް ޔޫނިއަންއިން ޖަޕާނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކުރުމާއި ޖަޕާނުގެ އޮކިއުޕޭޝަންގެ ދަށުގައި އޮތް މަންޗޫރިއާއަށް އެރުމާ ގުޅިގެން، 6 ދުވަސް ފަހުން، އޯގަސްޓް 15 ގައި ޖަޕާނުން އެލައިޑް ބާރުތަކަށް ދެރަވެއްޖެކަން އިއުލާނުކުރިއެވެ. ޖަޕާނު ސަރުކާރުން ދެރަވުމުގެ ލިޔުމުގައި ސޮއިކުރީ ސެޕްޓެމްބަރ 2 ގައެވެ. މިއާއެކު ހަނގުރާމަ ނިމުމަކަށް އައެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ އެންމެ ފަހު އަހަރު، އެލައިޑް ބާރުތަކުން ޖަޕާނުގެ މައި ސަރަޙައްދަށް ވަދެގަތުމަށް ޚަރަދު ބޮޑު ރޭވުމެއް ރާވަން ފެށިއެވެ. މި މަސައްކަތުގެ ކުރިން، އާންމު ބޮންގުޑާއި އަލިފާނުގެ ބޮންގުޑުގެ ސަބަބުން ޖަޕާނުގެ 64 ސިޓީ ހަލާކުވެގެން ދިޔައެވެ. ޔޫރަޕްގެ ހަނގުރާމަ ނިމުނީ 1945 ގެ މެއި 8 ގައި ޖަރުމަނުވިލާތުން ދެރަވެއްޖެކަން އިއުލާނުކުރުމުންނެވެ. އެއަށްފަހު އެލައިޑް ބާރުތަކުން ފުރިހަމައަށް ސަމާލުކަން ދިނީ ޕެސިފިކްގެ ހަނގުރާމައަށެވެ. 1945 ގެ ޖުލައި މަހާ ހަމައަށް އައިއިރު، އެލައިޑް ބާރުތަކުގެ މެންހެޓަން ޕްރޮޖެކްޓުން ދެ ބާވަތެއްގެ އެޓޮމިކް ބޮން އުފައްދާފައިވެއެވެ. އެއީ "ލިޓްލް ބޯއި" ކިޔާ ޔުރޭނިއަމް އެކުލެވޭ ފިޝަން ހަތިޔާރަކާއި "ފެޓް މޭން" ކިޔާ ޕްލޫޓޯނިއަމް އިމްޕްލޯޝަން ނިއުކްލިއަރ ހަތިޔާރެކެވެ. ޔުނައިޓެޑް ސްޓޭޓްސް އާމީ އެއަރ