މަސާނާގެ ކެންސަރު
މަސާނާގެ ކެންސަރު (އިނގިރޭސި ބަހުން: Bladder Cancer)ހެނުންނަށް ވަރަށް ގިނައިން ޖެހޭ ކެންސަރު ގެ ވައްތަރެކެވެ. މަސާނާ އަކީ އިންސާނާގެ ހަށިގަނޑުގައި ގުރުދާ އިން އުފައްދާ ކުޑަކަމުދާ ތަކެތި، ގުރުތާ ހުރަސްކޮށް، އައިސް ހަށިގަނޑުން ބޭރުކުރަން ވަންދެން ރައްކާކޮށްފައި ބަހައްޓަދޭ ގުދަނެވެ.
މަސާނާގެ ކެންސަރު ޖެހިއްޖެނަމަ ފެންނާނެ އަލާމާތްތަކުގެ ތެރޭގައި ކުޑަކަމުދާ ތަކެތީގައި ލޭހުރުން، މާގިނައިން ކުޑަކަމުދާން ޖެހުން، ކުޑަކަމުދާއިރު ތަދުވުން، އަދި ކުޑަކަމުދާން ބޭނުންވެ ކުޑަކަމުދެވޭގޮތް ނުވުން ފަދަ ކަންތައްތައް ހިމެނެއެވެ.
މަސާނާ އަކީ ގުރުދާއިން ފޮނުވާ ކުޑަކަމުދާ ނަޖިސް އެންމެ ފަހުން ޖަމާވާ މަންޒިލެވެ. މަސާނާގައި ޖަމާވާ ކުޑަކަމުދާ ނަޖިސް ހަށިގަނޑުން ބޭރުކުރެވެނީ ކުޑަކަމުދާހޮޅީގެ ޒަރީޢާއިންނެވެ. މަސާނާ އޮންނަނީ ދަށްބަނޑުކޮޅާއި ހަމައިގައި ބަނޑޭ މިކިޔާ ބައިގެ ތެރޭގައެވެ. އާންމުގޮެތެއްގައި މަސާނާއަށް ކެންސަރު ޖެހެނީ އުމުރުން ދުވަސްވާ މީހުންނަށެވެ.
ސަބަބު
[އުނިއިތުރު ގެންނަވާ]ވަކި ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ނަމަވެސް ބައެއް ކަހަލަ ކެމިކަލްގެ ސަބަބުން މަސާނާއަށް ކެންސަރުޖެހޭކަމަށް ވަނީ ފާހަގަ ކުރެވިފަ އެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނަށް މިބާވަތުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ދެގުނަ އިތުރެވެ
އަލާމާތްތައ
[އުނިއިތުރު ގެންނަވާ]ް
- ކުޑަކަމުދާ ނަޖިހުގައި ލޭހުރުން
- އަވަސް އަވަހަށް ކުޑަކަމުދިއުމާއި ކުޑަކަމުދާއިރު ތަދުވުން
- ކެންސަރުގެ އަސަރު ބޮޑަށް ފެތުރިފައިވާނަމަ ދަށްބަނޑުގައި ރިހުން
ފަރުވާ
[އުނިއިތުރު ގެންނަވާ]- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
[އުނިއިތުރު ގެންނަވާ]- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005