އައިޝްވާރިޔާ ރާއީ

ވިކިޕީޑިއާ އިންވިކިޕީޑިއާ

މިއީ ހިންދީ ފިލްމީ ތަރިއެކެވެ.

އައިޝްވާރިޔާ ރާއީ
އައިޝްވާރިޔާ ރާއީ
އުފަން ތާރީޚް (1973-11-01) ނޮވެމްބަރ 1, 1973 (50 އަހަރު )
ކަރްނަޓަކާ، އިންޑިޔާ
ވަޒީފާ އެކްޓް ކުރުން

އައިޝްވާރިޔާ ރާއީ ބައްޗަން ( އުފަންވެފައިވަނީ 1 ނޮވެމްބަރު 1973،މެންގަލޯރު، ކަރްނަޓަކާ، އިންޑިޔާ ) އަކީ މަޝްހޫރު ހިންދީ ފިލްމީ ތަރިއެކެވެ. އަދި 1994 ވަނަ އަހަރުގެ ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބް ހޯދާފައިވާ ރީތީގެ ރާނީ ވެސް މެއެވެ. ބައެއް ފަހަރު ދުނިޔޭގެ އެންމެ ރީތި އަންހެނާގެ ގޮތުގައި ބެލެވޭ އައިޝްވާރިޔާ ރާއީ އަކީ ފިލްމީ ތަރި އަމީތާބް ބައްޗަން އަދި ޖަޔާ ބައްޗަން ގެ ފިރިހެން ދަރިފުޅު އަބީޝެކް ބައްޗަންގެ އަނބިމީހާ ވެސް މެއެވެ. އައިޝްވާރިޔާ ރާއީ އާންމު ނަންތަކުގެ ގޮތުގައި އޭޝް އަދި އައިޝޫ ފަދަ ނަންތައް ބޭނުން ކުރެއެވެ.


ފިލްމީ ޙަޔާތް[އުނިއިތުރު ގެންނަވާ]

އައިޝްވާރިޔާ ރާއީ ފުރަތަމަ ކުޅުނު ފިލްމަކީ 1997 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ މަނީ ރަތުނަމްގެ އިރުވަރު އެވެ. ވިޔަފާރީގެ ގޮތުން ބަލާއިރު އައިޝްވާރިޔާ ރާއީ ކުޅުނު ފުރަތަމަ ކާމިޔާބު ފިލްމަކީ 1998 ވަނަ އަހަރު ނިކުތް ތަމަޅަ ފިލްމް ޖީންސް އެވެ. މިފިލްމަށް ވަނީ ހިންދީ ބަހުން އަޑުއަޅައިގެން ހިންދީ ފިލްމެއްގެ ގޮތުގައި ނެރެފައެވެ. 1999 ވަނަ އަހަރު ނިކުތް ޑައިރެކްޓަރ ސަންޖޭ ލީލާ ބާންސަލީގެ ހަމް ދިލްދޭ ޗުކޭ ސަނަމް ވެގެންދިޔައީ އެފިލްމަކުން ބޮޑެތި ކާމިޔާބީ ތަކެއް އައިޝްވާރިޔާ ރާއީ ލިބިގެންދިޔަ ރީތި ފިލްމަކަށެވެ. އަދި އޭގެ ފަހުން 2002 ވަނަ އަހަރު ނިކުތް ސަންޖޭ ލީލާ ބާންސަލީގެ ދޭވްދާސް އަކީވެސް ކާމިޔާބުތައް އައިޝްވާރިޔާ ރާއީ އަށް ހޯދައި ދިން ފިލްމެކެވެ. މި ދެފިލްމުން ވެސް ފިލްމް ފެއަރ އެވޯޑް ބެސްޓް އެކްޓްރެސް ގެ މަގާމް އެޖެހިގެން އައި ފިލްމް ފެއަރ އެވޯޑް ތަކުގައި އައިޝްވާރިޔާ ރާއީ އަށް ލިބިފައި ވެއެވެ.

މިހާތަނަށް އައިޝްވާރިޔާ ރާއީ ވަނީ 40 އަށްވުރެ ގިނަ ފިލްމްގައި އިސްދައުރުތައް އަދާކޮށްފައެވެ. އޭގެ ތެރޭގައި ހިންދީ، ތަމަޅަ، ބެންގާލީ، އަދި އިގިރޭސި ފިލްމްތައް ހިމެނެއެވެ.

އަމިއްލަ ދިރިއުޅުން[އުނިއިތުރު ގެންނަވާ]

އައިޝްވާރިޔާ ރާއީ ބައްޗަން އުފަންވެފައިވަނީ 1 ނޮވެމްބަރު 1973،މެންގަލޯރު، ކަރްނަޓަކާ، އިންޑިޔާ ގައެވެ. މަންމައަކީ ލިޔުންތެރިއެއް ކަމުގައިވާ ވްރިންދާ ރާއީ އެވެ. ބައްޕަ އަކީ މެރިން ބަޔޮލޮޖިސްޓެއް ކަމަށްވާ ކްރިޝްނަރާޖް ރާއީ އެވެ. އައިޝްވާރިޔާ ރާއީ ގެ ބޭބެ އަދިތްޔާ ރާއީ އަކީ އިންޖިނޭރެކެވެ. އަދިތްޔާ ވަނީ އައިޝްވާރިޔާ ރާއީ ކުޅުނު ފިލްމެއް ކަމުގައިވާ ދިލްކާ ރިޝްތާ ގެ ކޯ ޕްރޮޑިއުސަރެއްގެ ގޮތުން މަސައްކަތް ކޮށްފައެވެ.

އައިޝްވާރިޔާ ރާއީ އުފަންވުމުން އޭނާގެ އާއިލާ ބޮމްބޭ އަށް ބަދަލު ވިއެވެ. އަދި ބޮމްބޭގެ ސަންޓާ ކްރޫޒްގައި ހުންނަ އަރްޔާ ވިދްޔާ މަންދިރު ހައިސުކޫލުން އައިޝްވާރިޔާ ރާއީ ތައުލީމް ޙާޞިލްކޮށްފައި ވެއެވެ. އެއަށްފަހު ޗާރގޭޓްގައި ހުންނަ ޖައި ހިންދު ކޮލެޖުގައި އެއް އަހަރު ކިޔެވުމަށްފަހު މަޓުންގާ ހުންނަ ރުޕަރެލް ކޮލެޖް އަށް ބަދަލުވެ އެތަނުގައި ކިޔެވުން ފުރިހަމަ ކުރިއެވެ. ސުކޫލް ދައުރުގައި އައިޝްވާރިޔާ ރާއީ ނިންމާފައި އޮތީ އާކިޓެކްޓް އަކަށް ވުމަށެވެ.

އައިޝްވާރިޔާ ރާއީ އަކީ ތޫލޫ، ތަމަޅަ، ހިންދީ، މަރަތީ، އަދި އިގިރޭސި ބަހުން ވާހަކަ ދައްކަން އެގޭ މީހެކެވެ. 1994 ގެ މިސް އިންޑިޔާ މުބާރާތުގައި އައިޝްވާރިޔާ ރާއީ އަށް ލިބުނީ 2 ވަނަ އެވެ. އަދި ދުނިޔޭގެ ރީތީގެ ރާނީ ހޮވުމުގެ މުބާރާތަށް ދިއުމަށް ފުރުޞަތު ލިބުނެވެ. އެފަހަރު މިސް އިންޑިޔާ އަކަށް ހޮވުނީ މަޝްހޫރު ހިންދީ ފިލްމީ ތަރި ސުޝްމިތާ ސެން އެވެ. ދުނިޔޭގެ ރީތީ ރާނީގެ މުބާރާތުގައި ވާދަކޮށް އެއަހަރު ރީތީގެ ރާނީ އަކަށް ހޮވުނެވެ. އަދި މިސް ފޮޓޯ ޖެނިކް ގެ އެވޯޑް ވެސް އެފަހަރު އެމުބާރާތުގައި ލިބިފައި ވެއެވެ. އައިޝްވާރިޔާ ރާއީ ވަނީ ކުރިން ސަލްމާން ޚާން އަދި ވިވެކް އޮބެރޯއީ އާއި ރައްޓަހިވެފައެވެ. އަބީޝެކް ބައްޗަން އާއި އައިޝްވާރިޔާ ރާއީ ގެ ކައިވެނި ކުރެވުނީ 20 އެޕްރީލް 2007 ގައެވެ.


ލިބިފައިވާ އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފިލްމް ފެއަރ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1998 - ބެސްޓް އެކްޓްރެސް - ދެކުނު ފިލްމް ތަކުން ( ޖީންސް )
  • 1999 - ބެސްޓް އެކްޓްރެސް ( ހަމްދިލްދޭ ޗުކޭ ސަނަމް )
  • 2002 - ބެސްޓް އެކްޓްރެސް ( ދޭވްދާސް )

އައިފާ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2000 - ބެސްޓް އެކްޓްރެސް ( ހަމްދިލްދޭ ޗުކޭ ސަނަމް )
  • 2003 - ބެސްޓް އެކްޓްރެސް ( ދޭވްދާސް )
  • 2005 - އައިފާ ގްލޯބަލް އިންޑިއަން މީޑިއާ ޕާސަނަލިޓީ
  • 2007 - އައިފާ ގްލޭމަރަސް ސްޓާރ އެވޯޑް
  • 2007 - މޮސްޓް ސާރޗްޑް ޕާސަނަލިޓީ އޮން އެމްއެސްއެން އިންޑިޔާ

ސްޓާރ ސްކްރީން އެވޯޑް[އުނިއިތުރު ގެންނަވާ]

  • 1997 - މޮސްޓް ޕްރޮމައިޒިންގ ނިއުކަމަރ ( އައުރު ޕިޔާރު ހޯގަޔާ )
  • 1999 - ބެސްޓް އެކްޓްރެސް ( ހަމްދިލްދޭ ޗުކޭ ސަނަމް )
  • 2002 - ބެސްޓް އެކްޓްރެސް ( ދޭވްދާސް )
  • 2002 - ޖޯޅީ ނަމްބަރ -1 ޝާހުރުކް ޚާން އާއެކު ( ދޭވްދާސް )

ޒީސިނެ އެވޯޑް[އުނިއިތުރު ގެންނަވާ]

  • 2000 - ލަކްސް ފޭސް އޮފް ދަ ޔިއަރ
  • 2000 - ބެސްޓް އެކްޓްރެސް ( ހަމްދިލްދޭ ޗުކޭ ސަނަމް )
  • 2003 - ބެސްޓް އެކްޓްރެސް ( ދޭވްދާސް )
  • 2003 - ޒީސިނެ ޓްރޫ އިންޑިއަން ބިއުޓީ އެވޯޑް
  • 2005 - ކްރިޓިކްސް ބެސްޓް އެކްޓްރެސް ( ރެއިންކޯޓް )

އެހެނިހެން އެވޯޑްތައް[އުނިއިތުރު ގެންނަވާ]

ފެމިނާ މިސް އިންޑިޔާ[އުނިއިތުރު ގެންނަވާ]

  • 1994 - މިސް ކެޓް ވާރކް
  • 1994 - މިސް މިރަކިއުލަސް
  • 1994 - މިސް ފޮޓޯ ޖެނިކް
  • 1994 - މިސް ޕާފެކްޓް ޓެން
  • 1994 - މިސް ޕޮޕިއުލަރ
  • 1994 - މިސް އިންޑިޔާ ވޯލްޑް

ގައުމީ ޝަރަފްތައް[އުނިއިތުރު ގެންނަވާ]

ބައިނަލް އަގުވާމީ ޝަރަފްތައް[އުނިއިތުރު ގެންނަވާ]

ކުޅެފައިވާ ފިލްމްތައް[އުނިއިތުރު ގެންނަވާ]