ކާނާ ވިހަވުން

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ކާނާ ވިހަވުން (އިނގިރޭސި ބަހުން: Food Poisoning) އަކީ ކާނާ އާއި ނުގުޅުމެވެ. ކާނާ ވިހަވަނީ ބެކްޓީރިޔާ އާއި ތަޣައްޔަރުވެފައި ހުންނަ ކާބޯތަކެތި ބޭނުން ކުރުމުންނެވެ. ތަޣައްޔަރު ވެފައި ހުންނަ ކާބޯތަކެތި ކެއުމުން ހަށިގަނޑުގެ ތެރެއަށް ދާއިރު އޭގައިވާ ޖަރާސީމް ގެ ސަބަބުން ބޭރަށް ހިންގުން، ހޮނޑުލުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ކާނާވިހަވުމުގެ ވައްތަރުތައް[އުނިއިތުރު ގެންނަވާ]

ކާނާ ވިހަވުން (ސަލްމޮނެއްލާ)[އުނިއިތުރު ގެންނަވާ]

ކާނާ ވިހަވުން (ސަލްމޮނެއްލާ) ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުން އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސަލްމޮނެއްލާ ޓައިފިމިޔުރިއަމް އެވެ. ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ މަސް، ކިރު، ބިސް، އަދި އެހެނިހެން ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސަލްމޮނެއްލާގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ކުއްލިއަކަށް މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ހުންއައުން، އަދި އެންމެ ފަހުން ޝޮކުޖެހުން ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

ކާނާ ވިހަވުން (ސްޓެފައިލޮކޮކަސް)[އުނިއިތުރު ގެންނަވާ]

ކާނާ ވިހަވުން (ސްޓެފައިލޮކޮކަސް) ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ސްޓެފައިލޮކޮކަސް އޫރިއަސް އެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. ސްޓެފައިލޮކޮކަސްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި މޭނުބައިކުރުން، ހޮނޑުލުން، ބޭރަށް ހިންގުން، ބަނޑުގައި ރިހުން، ފަދަ ކަންތައްތައް ދިމާވުން ހިމެނެއެވެ.

ކާނާ ވިހަވުން (ބޮޗޫލިޒަމް)[އުނިއިތުރު ގެންނަވާ]

ކާނާ ވިހަވުން (ބޮޗޫލިޒަމް) ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުން އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ކްލޮސްޓްރިޑިއަމް ބޮޗޫލިނަމް އެވެ. ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. މިފަދަ ކާތަކެތި ގިނަ ދުވަސްވެ، ހަލާކުވެ އޭގައި މިބަލި ޖައްސާ ބެކްޓީރިޔާ އުފެދި، އެއިން ދޫކުރާ ނިއުރޯޓޮކްސިން ގެ ސަބަބުން އުދަގޫތައް ކުރިމަތި ކުރުވަނީ އެވެ. ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގެ ބާރުނެތި ލޮލުގެ ފެނުމަށް ބަދަލުއައުން، އަވަރުވުން، އަނގަހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، އަޑުފޮށި ބެދުން، ޝޮކުޖެހުން އަދި ހިތްހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.

އަލާމާތްތައް[އުނިއިތުރު ގެންނަވާ]

ކާނާ ވިހަވުމުން ފެންނަ އަލާމާތްތައް ފެންނަން ފަށަނީ އެފަދަ ކާބޯތަކެތި ހަށިގަނޑުގެ ތެރެއަށް ދާތާ 24-8 ގަޑިއިރާއި ދެމެދުގެ މުއްދަތެއްގެ ތެރޭގައެވެ. މިގޮތުން ފެނިދާނެ އަލާމާތް ތަކުގެ ތެރޭގައި ހޮނޑުލުން، ބޭރަށް ހިންގުން، މޭނުބައިކުރުން، ކާހިތްނުވުން، ބަނޑުގައި ރިހުން، ހުންއައުން އަދި ވަރުދެރަވުން ހިމެނެއެވެ. މީގެ ތެރެއިން މާގިނައިން ބޭރަށް ހިންގުމަކީ ފުރާނަ އަށް ވެސް ނުރައްކާތެރި ވެދާނެ ކަމެކެވެ. ބޭރަށް ހިންގުމާއެކު މާގިނައިން ބޮޑު ކަމުދާ ތަކެތީގައި ލޭހުރިކަމުގައިވާ ނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ބުއްދިވެރި ކަމެކެވެ.


ގޭގައި ފަރުވާ ކުރާނެ ގޮތް[އުނިއިތުރު ގެންނަވާ]