ބަނޑުގައި ރިހުން
ބަނޑުގައި ރިހުން (އިނގިރޭސި ބަހުން: abdominal pain)އަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލަ އެކެވެ. މިއީ ހަޖަމުކުރާ ނިޒާމް ނުވަތަ ކުޑަކަމުދާ ނިޒާމް ނުވަތަ ނަސްލު އުފައްދާ ނިޒާމް ފަދަ ބައިތަކަށް އަސަރުކުރުމުން ކުރިމަތިވެދާނެ އުދަގުލެކެވެ. ބައެއް ފަހަރު ބަނޑުގައި ރިހުމަކީ ވަގުތީ ކަމެއްގެ ސަބަބުން ކުރިމަތިވާ އުދަގުލަކަށް ވެސް ވެދާނެއެވެ. އަދި އަނެއް ބައި ފަހަރު މިއީ ނުރައްކާތެރި ބައްޔެއްގެ ސަބަބުން ކުރިމަތިވާ އުދަގުލެއް ކަމަށް ވެސް ވެދާނެއެވެ..
ސަބަބުތައް
[އުނިއިތުރު ގެންނަވާ]- ހަޖަމުކުރާ ނިޒާމްއާއި ގުޅުންހުރި ސަބަބުތައް
- އިންފްލެމޭޝަންތައް : މައިދާ ދުޅަވުން، އެޕެންޑިކްސް ދުޅަވުން، ބޭރަށް ހިންގުން، އަލްސެރޭޓިވް ކޮލައިޓިސް، ކާތަކެތި ހިގާ ހޮޅި ދުޅަވުން
- ބެދުންތައް : ހާނިޔާ އުފެދުން ، ބަނޑުހިކުން، ފުރަގަސް ފަރާތު ބަލި، ޓިއުމަރު އުފެދުން
- ލޭހޮޅި ތަކާއި ގުޅުންހުރި ބަލިތައް : ސިކްލް ސެލް ބަލި، އެމްބޮލިޒަމް، ތްރޮމްބޯސިސް
- ހަޖަމުކުރުމާއި ގުޅުންހުރި ބަލިތައް : ގޮހޮރުގެ ފާރު، ލެކްޓޯސް އަށް ތަޙައްމަލު ނުކުރެވުން
- ބިލިއަރީ ނިޒާމް އާއި ގުޅުން ހުރި ބަލިތައް
- އިންފްލެމޭޝަންތައް : ފިތް ދުޅަވުން، ފިތަށްލޭފޮނުވާ ލޭހޮޅި ދުޅަވުން
- ބެދުންތައް : ފިތުގައި ހިލައުފެދުން، ފިތުގައި ޓިއުމަރު އުފެދުން
- ފުރަމޭގެ ބަލިތައް : ފުރަމޭ ދުޅަވުން، ފުރަމޭގައި ދޮސްޖަމާވެ އެތެރޭގައި މުލިހި ހެދުން
- ޗިސްމޭގެ ބަލިތައް : ޗިސްމޭ ދުޅަވުން
ބަލިވެ އިނުމާއި ބަނޑުގައި ރިހުން
[އުނިއިތުރު ގެންނަވާ]ބަލިވެއިނުމާއި ވިދެގެން ރަހިމުބޮޑުވަމުން އަންނައިރު ރަހިމު ހިފެހެއްޓުމަށްޓަކައި އޭގެ ވަށައިގެންލެވިފައިވާ ލިގަމެންޓް(Ligament)ތައް ދެމި،ވާންވެ،ބާރުވާގޮތް ވެއެވެ. މިކަމުގެ ސަބަބުން މައިމީހާއަށް ދަށްބަނޑުގައި ރިހުން އިހްސާސް ކުރެވެއެވެ. އާންމުގޮތެއްގައި ރިހުން ހުންނަނީ ބަނޑުގެ އެއްފަރާތެއްގައެވެ. ގިނަމީހުންނަށް މިމައްސަލަ ކުރިމަތިވަނީ 24-18ވަނަ ހަފްތާއާއި ދޭތެރޭގެ މުއްދަތެއްގައެވެ.
ތިރީގައި މިބަޔާންކޮށްލަނީ މިކަމުން ސަލާމަތްވުމަށް ކުރެވިދާނެ ބައެއް ކަންތައްތަކެވެ.
- ބަނޑުގައި ރިއްސަށް ފެށުމުން ކުރިއަށް ލެބިލުން
- ވީވަރަކުން އަރާމުކުރުން
- ތަނެއްގައި އޮށޯވެ އޮންނައިރު އެއްގޮތަކަށް އަބަދު ނޯވެ، އޮންނަގޮތް ބަދަލުކުރުން
- ބަނޑުގައި ރިހުން މެދުނުކެޑި ހުރިނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުން