ކާނާ ވިހަވުން (ބޮޗޫލިޒަމް)

ވިކިޕީޑިއާ އިންވިކިޕީޑިއާ
Jump to navigation Jump to search

ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުން(އިނގިރޭސި ބަހުން: Botulism) އަކީ ކާނާ ވިހަވުމުގެ ވައްތަރެކެވެ. މިބަލި ޖައްސާ ޖަރާސީމް އަކީ ކްލޮސްޓްރިޑިއަމް ބޮޗޫލިނަމް އެވެ. ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުން ކުރިމަތިވަނީ ކުރިން ބުނި ޖަރާސީމް އާއި ތަޣައްޔަރުވެފައިވާ ކާތަކެތި ކެއުމުގެ ސަބަބުންނެވެ. މިފަދަ ކާތަކެތި ގިނަ ދުވަސްވެ، ހަލާކުވެ އޭގައި މިބަލި ޖައްސާ ބެކްޓީރިޔާ އުފެދި، އެއިން ދޫކުރާ ނިއުރޯޓޮކްސިން ގެ ސަބަބުން އުދަގޫތައް ކުރިމަތި ކުރުވަނީ އެވެ. ބޮޗޫލިޒަމްގެ ސަބަބުން ކާނާ ވިހަވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ލޮލުގެ މަސްތަކުގެ ބާރުނެތި ލޮލުގެ ފެނުމަށް ބަދަލުއައުން، އަވަރުވުން، އަނގަހިކުން، ކާތަކެތި ދިރުވަން އުދަގޫވުން، އަޑުފޮށި ބެދުން، ޝޮކުޖެހުން އަދި ހިތްހުއްޓުން ފަދަ ކަންތައްތައް ހިމެނެއެވެ.